Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

ސަރުކާރަށް ދެ އަހަރު ވީއިރު، ބަޖެޓް ބޭނުން ގޮތަކަށް މޮޑެން ލިބިފައިވާއިރު، ފުވައްމުލަކު ސިޓީ ފަދަ ބޮޑު ސިޓީއެއްގައި ވެސް ފެންފޯރުވުން ކެނޑުނު މައްސަލަ ހައްލު ނުކުރެވި އަސާސީ ހިދުމަތުން ރައްޔިތުން މަހުރޫމުވެ، ސަރުކާރުން ދިން ކަށަވަރުތައް ވީ އިބިލީހުގެ ކައިވެންޏަށް ވެފަ އެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2025 | ބުދަ 14:32
ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ނުކުޅެދިފައި

ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ ނުކުޅެދިފައި

މި ސަރުކާރަށް ދެ އަހަރު ވާނީ މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. 2 އަހަރު ދުވަހުގެ ދައުލަތުގެ ބަޖެޓް މި ސަރުކާރަށް ބޭނުން ގޮތަކަށް މޮޑެން އޮތީ ލިބިފަ އެވެ. ވަކިން ހާއްސަކޮށް މި ނިމިގެންދާ އަހަރުގެ ބަޖެޓެވެ. ރައީސް ބޭނުންފުޅުވީމާ ބޭނުންވާ މީހަކަށް ޕްރޮޖެކްޓް ދެވޭ ގޮތަށް ބޭނުން އަދަދެއް ދެވޭ ގޮތަށެވެ. ތަފްސީލެއް ނެތި ކޮރަޕްޝަނާއި ވައްކަމަށް ކޮށާލެވިފައި އޮތް މަގެކެވެ. ނަމަވެސް މިހާތަނަށް ހައްލު ކުރެވުނު ކަމެއް ފެށުނު ބޮޑު މަސައްކަތެއް ނެތެވެ.

ކަމެއް ދިމާވާ އިރަށް އޮތީ އަދިވެސް ކުރީ ސަރުކާރު ކިޔުމެވެ. އެނޫން ބަހަނާއެއް ދެއްކޭކަށް ވެސް ނެތީ އެވެ. މިއަދު ގައުމު އޮތް ހާލަތަކީ އަސާސީ ހިދުމަތުން ރައްޔިތުން މަހުރޫމު ވަނީ އެވެ. އަސާސީ ހިދުމަތެއް ހޯދަން އެދި އާދޭސް ކުރަން ޖެހެނީ އެވެ. ފުވައްމުލަކު ސިޓީ ފަދަ ބޮޑު ސިޓީއެއްގައި ދިރިއުޅޭ އެތައް ބަޔަކު މިއަދު އެވަނީ ފެނަށް ޖެހިފަ އެވެ. މައްސަލައަކީ ނާގާބިލު ވެރިންނެވެ. ސިޔާސީ މަގާމްތައް އިތުރުކޮށް ރައްޔިތުންނަށް ފައިދާވާނެ ކަންކަން ނުވާތީ އެވެ.

ފުވައްމުލައް ސިޓީ އިން ފެން ކެނޑުނުތާ 3 ދުވަސް ވެގެން ދިޔައީ އެވެ. އަދިވެސް އެކަން ހައްލު ކުރެވޭނެގޮތެއް ހޯދައި ނުދެވެ އެވެ. ސަރުކާރުން ދައްކާ ވާހަކައާއި އަމަލާއި ދިމާ ނުވެ އެވެ. ފުވައްމުލަކު ސިޓީ ފަދަ ބޮޑު ސިޓީއެއްގައި ދިރިއުޅޭ އެތައް ބަޔަކު މިއަދު އެވަނީ ފެނަށް ޖެހިފަ އެވެ. އަންގާރަ ދުވަހުގެ މެންދުރު 2:51 ގައި ސަރުކާރުން ބުނީ ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަންފަށާނެ އެވެ.

ނަމަވެސް އަންގާރަ ދުވަހުގެ ރޭ 8:51 ވި އިރު ވެސް މައްސަލަ ހައްލެއް ނުވެ އެވެ. ސަރުކާރުން ބޭނުންވީ އަވަސް އަރުވާލައިގެން މައްސަލަ ހައްލު ކުރުމުގެ ނަމުގައި އިހުމާލު ފޮރުވާށެވެ. ނަމަވެސް މިއީ އެތައް ހާސް ރައްޔިތުންނާއި ގުޅިފައި އޮތް މައްސަލަ އެކެވެ. އަސާސީ ހިދުމަތަކުން މަހުރޫމުވެފައި ތިބި ރައްޔިތުންނަށް މި ސަރުކާރުން ދިން ކަށަވަރު ވެސް ވީ އިބިލީހުގެ ކައިވެންޏަށެވެ.

ސަރުކާރުން ހުރިހާ ކަމެއް އަމިއްލައަށް ކުރަން ނަހަދާ ފުވައްމުލައް ސިޓީ ކައުންސިލުން އެދެމުން ދިޔަ ކަންކަމަށް މިއަދު އަޑުއެހިނަމަ މި މައްސަލަ ނުޖެހުނީހެވެ. ކުރީ ސަރުކާރުން ކޮށް ނުދިނީ އެވެ. އެއީ އެކަން އޮތްގޮތްނަމަ އެކަން ވެސް ކުށްވެރިކުރަންޖެހެ އެވެ. ނަމަވެސް ކުރީ ސަރުކާރުގެ ހަޑި ފިލުވަން އައި ބަޔަކަށް 2 އަހަރު ވި އިރު ފެންޕްލާންޓެއްގެ މައްސަލަ އެއް ހައްލެއް ނުވީ އެވެ. ހައްލު ނުކުރިތާ އެމްޑީޕީގެ މެޖޯރިޓީ އޮންނާތީ ސިޓީ ކައުންސިލުން ހުށަހަޅަމުން ދިޔަ ކަންބޮޑުވުންތަކަށް ވެސް ދިނީ ބީރު ކަންފަތެކެވެ. މިއަދު ކުރީ ސަރުކާރޭ ދެން ކިޔޭކަށް ނެތެވެ.

މީގެ އެތައް އެތައް ދުވަހެއް ކުރިން ސިޓީ ކައުންސިލުން ދިޔައީ ކެނޑިނޭޅި މި ވާހަކަ ދައްކަމުންނެވެ. ނަމަވެސް މި ސަރުކާރުން ދިޔައީ ރެކޯޑަކަށްފަހު ރެކޯޑެއް ހަދަމުންނެވެ. މި ސަރުކާރުގައި ތިބީ ރައްޔިތުންނަށް ހިދުމަތް ކުރުމަށްވުރެ ސީވީ ރީތިކުރަން އުޅޭ ބައެކެވެ. ފެންޕްލާންޓުގެ މައްސަލަ ހައްލުކުރަން ސްޕެއަރ ހޯދަން އާދޭސްކުރާތާ އެތަކެއް މަހެއްވެއްޖެ އެވެ. ނަމަވެސް މިހާތަނަށް ކަހާލިތަން ހިރުވާ ވެސް ނުލި އެވެ.

ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލައިގައި ގެއްލުން ލިބެނީ އެރަށުގެ އާންމު ރައްޔިތުންނަށް ވެސް އެކަންޏެއް ނޫނެވެ. އެރަށަކީ އެތަކެއް ވިޔަފާރިއެއް ހިންގަމުން އަންނަ ތަނެކެވެ. ބޮޑެތި ގެސްޓް ހައުސްތަކާއި ފަތުރުވެރިކަމުގެ އެތައް ހިދުމަތެއް ދެމުން އަންނަ ތަނެކެވެ. ނަމަވެސް ސަރުކާރަކަށް މިކަން ވިސްނޭނަމަތާ އެވެ.

ދެން އޮތީ މައްސަލަ ހައްލު ކުރުމުގެ ވާހަކަ އެވެ. މިހާތަނަށް މި ސަރުކާރަށް ހައްލު ކުރެވުނު މައްސަލަ އެއް ނެތެވެ. މުޅިން ވެސް އޮތީ ވަގުތީ ދާއިމީ އަށް ވެފަ އެވެ. ފުވައްމުލަކު ރައްޔިތުންނަށް 6 ގަޑި އިރު ތެރޭގައި ފެން ލިބޭނެކަމަށް ބުނެ ހަދާލީ ބޮޑު ބުހުތާނު ދޮގެކެވެ. ފެނަށް ޖެހިފައި ތިބި ރައްޔިތުން މަގުތަކުގައި ކިއު ހަދުވާފައި ފިހާރަތައް ކައިރީގައި އެތައް އިރަކު ތިބި ފަހުން ސަރުކާރުން ނިދިން ހޭލާ ފެން ފޯރުކޮށްދޭން ފެށީ ފުވައްމުލަކު ރައްޔިތުންނަކީ ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައި ހަދާފަ އެވެ.

މި ސަރުކާރުން މިކަމުގައި އިސްކޮށް އުޅޭ ސިޓީސް މިނިސްޓްރީން އަމިއްލަ އަމިއްލައަށް ކަންކަން ކުރަން ހަދައިގެން ފެން ވެސް ބެހުމުގެ މަސައްކަތް ނުވެގެން އެންމެ ފަހުން އެމްއެންޑީއެފުން އެކަން ކުރަން ފެށީ އެވެ. ފުވައްމުލައް ސިޓީގެ ބެލެނިވެރި ފަރާތްކަމުގައިވާ ސިޓީ ކައުންސިލާއި މަޝަވަރާއެއް ވެސް ނުކުރަނީ އެވެ. ނަމަވެސް ސަރުކާރުން މިކަމުގައި ވެސް މެޑަލް ޖަހާލަން އަވަދިވަނީ އެވެ.

ފުވައްމުލައް ސިޓީފެން ޕްލާންޓްސިޓީސް މިނިސްޓްރީސަރުކާރުފުވައްމުލައް ސިޓީ ފެނަށް ޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025
ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

ތަސްވީރު ބަލާނީ، ތަސްވީރު ބުނާހެން! މި ތަސްވީރު ބުނަނީ ކީކޭ؟

04 ޑިސެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު