Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލައް ސިޓީ

ރައީސް މުއިއްޒަކީ މިހާތަނަށް އެންމެ އަވަހަށް އޮފް ކެނޑުނު ވެރިޔާ: ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު

މިއަދު މި ގައުމުގައި ރައީސްއަކު ހުންނަ ކަމުގެ އިހުސާސެއް ނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 12 ނޮވެމްބަރު 2025 | ބުދަ 08:58
ފަށާއިރު ޕްރޮގްރާމްގައި ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވާހަކަ ދައްކަވަނީ

ފަށާއިރު ޕްރޮގްރާމްގައި ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވާހަކަ ދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒަކީ މިހާތަނަށް އެންމެ އަވަހަށް އޮފް ކެނޑުނު ވެރިޔާ ކަމަށް ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ފުވައްމުލަކުގެ ކުރީގެ މޭޔަރު ފަލާހު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މިއަދު މި ގައުމުގައި ރައީސްއަކު ހުންނަ ކަމުގެ އިހުސާސް ނުވާ ކަމަށާއި، ރައްޔިތުންނަށް ދިމާވަމުންދާ ތަކުލީފުތަކާ އުދަނގޫތައް ރައީސް އަށް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާތަނަށް ރައީސް މުއިއްޒު ވިދާޅުވާ ކޮންމެ ވާހަކައެއް ދަނީ ދިމާ އިދިކޮޅަށްކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ މި ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތަކާއެކު ހަރަދު އިންތިހާ އަށް ބޮޑުވި ކަމަށެވެ. ސިޔާސީ މީހުންގެ އަދަދު ނޭނގޭ މިންވަރަށް އިތުރުކޮށް ރައްޔިތުންނަށް ދަތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ ޑޮލަރުގެ އަގު ދަށް ކުރުމަށް އައި މި ސަރުކާރުގައި ޑޮލަރުގެ އަގު މަތިކޮށް ކަޅު ބާޒާރު ފުޅާ ކޮށްފައިވާ ކަމަށާއި، ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތު ތައާރަފްކޮށް ސިނގިރޭޓާއި، ވޭޕްގެ ކަޅު ބާޒާރެއް ވެސް އުފައްދާފައިވާ ކަމަށެވެ.

ފަލާހު ވިދާޅުވީ ޖުމްހޫރީ ވެރިކަމުގައި މިހާތަނަށް މިހައި އަވަހަށް އޮފް ކެނޑިގެން ދިޔަ ވެރިއަކީ ރައީސް މުއިއްޒު ކަމަށާއި، އެމަނިކުފާނަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

މިއަށްވުރެ އަވަހަށް އޮފް ކެނޑުނު ވެރިއަކު ރައީސްއަކު ނާދޭ. މިއަށްވުރެ އަވަހަށް އޮފް ކެނޑުނު ވެރިކަމެއް އަޅުގަނޑުމެންގެ ހަޔާތުގައި އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުމެން ދުނިޔެއަށް އައިރުގައި މައުމޫން އޭގެފަހުން ރައީސް ނަޝީދު، ރައީސް ނަޝީދުގެ ވެރިކަން ބަގާވާތަކުން ވެރިކަން ނިންމި ނަމަވެސް އޮފް ނުކެނޑޭ. ގައުމެއްގައި ކަންކަން ހިނގާ ކަމުގެ އިހުސާސް ކޮންމެ ރައްޔިތަކަށް ކުރެވޭނުންތޯ. ރައީސް ޔާމީނަށް ފަހު ރައީސް އިބޫ. މިއިން އެއްވެސް ބޭފުޅެއްގެ އޮފް ނުކެނޑޭނުންތޯ.
ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ކަމަށް އަބްދުﷲ ފަލާހު ޝަރީފް

މީގެ އިތުރުން ފަލާހު ވަނީ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ކެނޑިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފަ އެވެ.

ފަލާހު ވިދާޅުވީ ފެނުގެ މައްސަލަ ދިމާވަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި، އެސިޓީގެ ރައްޔިތުން ފެނަށް ޖެއްސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އެ ބޭފުޅުން ޒިންމާ ނުނަގާ ކަމަށާއި، ސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށެވެ.

ފަލާހު ވިދާޅުވީ ފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ އިރެއް ނޭނގޭ ކަމަށާއި، އެކަމުގެ ފުރިހަމަ މައުލޫމާތު ކަމާކުޅޭ އިދާރާތަކުން ދެމުން ނުދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއަބްދުﷲ ފަލާހު ޝަރީފްފުވައްމުލައް ސިޓީ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު