Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. އިޔާޒް

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

ފުވައްމުލަކު ފެނަށް ޖެހި ރައްޔިތުން އުޅެމުން ދަނީ ވަރަށް ދަތީގައި

އަލީ ޝާހީން
އަލީ ޝާހީން | 14 ނޮވެމްބަރު 2025 | ހުކުރު 01:23
ޑރ އިޔާޒް އާއި ރައީސް މުޢިއްޒު

ޑރ އިޔާޒް އާއި ރައީސް މުޢިއްޒު

ފުވައްމުލަކު ސިޓީގައި ފެނުގެ ދަތިކަމުގެ ޝަކުވާތައް އިތުރުވެ، ރައްޔިތުން ބިކަ ވެފައިވާ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންދާ "ބޭކާރު ކަންތައްތައް" ހުއްޓުވުމަށް އެމަނިކުފާނުގެ ޅިޔަނުން އެއްވެސް ނަޞޭޙަތެއް ނުދެއްވަނީތޯ ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ސުވާލު އުފައްދަވައިފި އެވެ.

އެކްސް ގައި ކުރި ޕޯސްޓެއްގައި ޑރ. އިޔާޒް ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފެނުގެ ދަތިކަމުގެ ޝަކުވާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރައީސް ޑރ. މުއިއްޒު ޢަމަލު ކުރައްވަމުން ގެންދަވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ޑރ. އިޔާޒް ވިދާޅުވީ، ރައީސް މުއިއްޒު ގެންދަވަނީ، ރައްޔިތުން ފެނަށް ޖެހި، ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިކަން ކުރިމަތިވެފައި ވާއިރު ވެސް، ތިމާ އަށް ތާއީދު އޮތްކަން ދެއްކުމަށް ބޭކާރު ކަންތައްތައް ކުރައްވަމުން ކަމަށެވެ.

Advertisement - newsAdvertisement

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު، މިހާރު ފުވައްމުލަކު ރައްޔިތުން ފެނަށްޖެހި ބިކަވުމުން، އެ ސިޓީއަށް ބޯފެން ގެންދިޔުމަށް މޯލްޑިވިއަނުން އެ ރަށަށް ޗާޓަރ ކޮށްގެން އަޅަމުންދާ ފްލައިޓުތަކުން، ހުކުރު ދުވަހު ވެރިކަންކުރާ ޕީއެންސީއިން މާލޭގައި ބާއްވާ ޖަލްސާއަށް މީހުން ގެނެސްފައިވާކަން ވަނީ އެނގިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް ހައެއްކަ ފްލައިޓުގައި ފުވައްމުލަކުން މާލެއަށް މީހުން ގެނެސްފައިވާކަން ފާހަގަކުރެވެ އެވެ. މި ދަތުރުތަކުގައި ގެނައި ފަރާތްތަކުގެ ތެރޭގައި ޕީއެންސީގެ ސަޕޯޓަރުންނާއި، ސަރުކާރުގެ ކުންފުނިތަކާއި ސިޔާސީ މަޤާމުތަކުގައި ތިބި މީހުން ހިމެނެ އެވެ. ފުވައްމުލަކުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން އެސްއޯއީތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ މުވައްޒަފުން ވެސް ޕީއެންސީ ޖަލްސާއަށް މާލެ ގެންނަން ވަނީ ފަށާފަ އެވެ. އެމީހުންގެ ހުރުމާއި ކެއުން އަދި ދަތުރުގެ ހަރަދު ވެސް ހަމަޖައްސަނީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިންނެވެ. އޭގެ އިތުރުން ޕޮކެޓް މަނީ ދޭކަން ވެސް ވަނީ އެނގިފަ އެވެ. ބައެއް ފަރާތްތަކުން ހާމަ ކޮށްފައިވާ ގޮތުގައި ޕީއެންސީ އިން ބާއްވާ ޖަލްސާ އަށް މީހުން ގެނައުމަށް ނުފޫޒު އާއި ބާރު ބޭނުން ކުރުމުގެ އިތުރުން 50 މިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ.

ޑރ. މުހައްމަދު އިޔާޒްފުވައްމުލައް ސިޓީޕީއެންސީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ވާނުވާ ބަންދަކީ ރައްޔިތުން ނިޒާމުން ގެއްލުވާލުމަށް ސަރުކާރުން ބޭނުންކުރާ ޓޫލެއް: ޝެއިޚް އިޔާޒް

06 ޑިސެމްބަރު 2025
ވާނުވާ ބަންދަކީ ރައްޔިތުން ނިޒާމުން ގެއްލުވާލުމަށް ސަރުކާރުން ބޭނުންކުރާ ޓޫލެއް: ޝެއިޚް އިޔާޒް
04 ޑިސެމްބަރު 2025

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި
30 ނޮވެމްބަރު 2025

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް
26 ނޮވެމްބަރު 2025

މުއިއްޒަށް މުއިއްޒު ކުރުދޮށިން

26 ނޮވެމްބަރު 2025
މުއިއްޒަށް މުއިއްޒު ކުރުދޮށިން
26 ނޮވެމްބަރު 2025

ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން

26 ނޮވެމްބަރު 2025
ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު