Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލައް ސިޓީ ފެނަށް ޖެހުން

ފެނުގެ މައްސަލަ ވީހާ ވެސް އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި

އެޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ބަޖެޓުން ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓް ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާތަން ދަނީ ފެންނަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 13 ނޮވެމްބަރު 2025 | ބުރާސްފަތި 14:32
ފުވައްމުލައް ސިޓީގެ ރައްޔިތުން ފިހާރަތައް ކުރިމަތީގައި ފެން ގަންނަން ކިއު ހަދާލާފައި

ފުވައްމުލައް ސިޓީގެ ރައްޔިތުން ފިހާރަތައް ކުރިމަތީގައި ފެން ގަންނަން ކިއު ހަދާލާފައި

ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ނުލިބި، އެތައް ދުވަހެއް ވެގެން ދިޔުމަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި ފެނުގެ މައްސަލަ ވީހާ އަވަހަކަށް ހައްލުކޮށް ދޭން އެމްޑީޕީ އިން ސަރުކާރަށް ގޮވާލައިފި އެވެ.

އެ ޕާޓީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުލަކުގެ ރައްޔިތުންނަށް ސާފު ފެން ނުލިބި، އެތައް ދުވަހެއް ވެގެން ދިޔުމަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެމްޑީޕީން ބުނީ ސާފު ފެން ލިބުމަކީ އަސާސީ، އިންސާނީ ހައްޤަކަށް ވީ ހިނދު، ރަށުގެ ފެނުގެ މައްސަލަ ޖެހެމުންދާކަން ރައްޔިތުންނާއި ސިޓީ ކައުންސިލުން ތަކުރާރުކޮށް ފާހަގަކުރަމުން ދިޔަ ނަމަވެސް، އެފަދަ ހައްސާސް މައްސަލައަކަށް ދޭން ޖެހޭ ސަމާލުކަން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭން ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަނުން ދީފައި ނުވާކަމީ ކަންބޮޑުވާ ކަމެއް ކަަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުގެ އަމަލުތަކުން ފެންނަނީ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމުގެ ބަދަލުގައި، އެޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނިތަކުގެ ބަޖެޓުން ސަރުކާރު ހިންގާ ޕާޓީ ޕްރޮމޯޓް ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާ ތަން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

މިކަމުގެ ސަބަބުން ރައްޔިތުން ތަޙައްމަލު ކުރަން ޖެހޭ ދަތިތަކަކީ ކުރިއާލައި އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުނު ނަމަ ތަޙައްމަލު ނުކޮށް ވާނެ ދަތިތަތަކެއް ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ބުނީ ފުވައްމުލަކުގެ ފެނުގެ ޚިދުމަތް ހުއްޓި، އަސާސީ އެތައް ކަމަކުން އެ ސިޓީގެ ރައްޔިތުން މަޙްރޫމުވެފައި ތިބި ދަނޑިވަޅެއްގައި ފެނުގެ ޚިދުމަތް ވަކި ވަގުތެއްގައި ލިބޭނެ ކަމަށް ސަރުކާރުން ބުނެ، އެ ވަގުތައް ޚިދުމަތް ނުލިބުމަކީ ސަރުކާރުގެ ނާޤާބިލްކަން ހާމަވާ، އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް މިހާރު ވެސް ދިމާވެފައިވާ ދަތިޙާލު އިތުރަށް ބޮޑުވާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ވީހާވެސް އަވަހަކަށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ސާފު ފެން ލިބޭނެ އިންތިޒާމު ހަމައްޖައްސައިދީ، ފެނުގެ ޚިދުމަތް މެދުނުކެނޑޭނެކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް އެ ޕާޓީން ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.

ފުވައްމުލައް ސިޓީފުވައްމުލައް ސިޓީ ފެނަށް ޖެހުން

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
18 ނޮވެމްބަރު 2025

ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ

18 ނޮވެމްބަރު 2025
ބަހާލި ޕްރޮޖެކްޓްތަކުގެ މައްސަލަ އާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ބަލައިދޭން އިދާރާތަކަށް ހުށަހެޅުމުން ރައީސް ރުޅިގަދަވެއްޖެ
14 ނޮވެމްބަރު 2025

"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް

14 ނޮވެމްބަރު 2025
"ރައީސް ބޭކާރު ކަންތައްތައް ކުރައްވާއިރު ޅިޔަނުން ނަސޭހަތް ނުދެއްވަނީތޯ؟": ޑރ އިޔާޒް
12 ނޮވެމްބަރު 2025

އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި

12 ނޮވެމްބަރު 2025
އަސާސީ ހިދުމަތެއް ވެސް ދޭން ނުކުޅެދިފައި
12 ނޮވެމްބަރު 2025

"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"

12 ނޮވެމްބަރު 2025
"ފުވައްމުލަކުގެ އަސާސީ ޚިދުމަތްތައް ހައްލުކޮށް ނުދޭހާ ހިނދަކު މުޒާހަރާ ކުރުން ހުއްޓައެއް ނުލާނަން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު