Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް

ހިންނަވަރުގައި މިއަދު ކުޅޭ ފައިނަލް މެޗަށް އުއްޗުގެ ފައިސާގެ އިނާމެއް

9 ސެޕްޓެމްބަރު 2022 | ހުކުރު 04:49

ޗަމްޕާ ބްރަދާސް އިން ވަނީ ޗެމްޕިއަން ޓީމަށް 75،000 ރުފިޔާ ހުށަހަޅައިފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 ސެޕްޓެމްބަރު 2022 | ހުކުރު 04:49
ވިޔަފާރިވެރިޔާ އުއްޗު

ވިޔަފާރިވެރިޔާ އުއްޗު

ހިންނަވަރުގައި މިއަދު ހަވީރު ކުޅޭ ފުޓްބޯޅަ މެޗަށް ޗަމްޕާ ބްރަދާސްގެ ފަރާތުން ފައިސާގެ ބޮޑު އެހީއެއް ދީފިއެވެ.

ހިންވަރުގައި ކުރިއަށްދާ ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕްގައި މިއަދު ކުޅޭނީ ފައިނަލް މެޗެވެ. މި މެޗުގައި ބައްދަލު ކުރަނީ ހިންނަވަރު ސްޕޯޓްސް ކްލަބާއި ނައިފަރު ޗެލްސީއެވެ. ހިންނަވަރު ސްޕޯޓްސް ކްލަބުގައި ރާއްޖޭގެ މަގުބޫލު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނެއެވެ.

މި ދެޓީމު ކުޅޭ މެޗު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށާއި ރައީސް މިހާރުވެސް ހުންނެވީ އެ ރަށުގައި ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މި މުބާރާތަކީ ހިންނަވަރު އިނޮވޭޓިވް ޔޫތު އެސޯސިއޭޝަން (ހިރިޔާ) ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގެ ފައިނަލް މިއަދު ހަވީރު ކުޅޭއިރު ފައިނަލުގައި ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ. ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 15،000 ރުފިޔާއެވެ.

މި އިނާމުގެ އިތުރުން ވިޔަފާރިވެރިޔާ މުޙައްމަދު މޫސާ (އުއްޗު) ވަނީ އޭނާގެ ވިޔަފާރި، ޗަމްޕާ ބްރަދާސްގެ ނަމުގައި ޗެމްޕިއަން ޓީމަށް 75،000 ރުފިޔާ ހުށަހަޅާފައެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ އިސް ބޭފުޅަކު "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވި ގޮތުގައި އުއްޗު އަކީ އެކި ކަންކަމުގައި އެ ފަރާތްތަކަަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން، ތަފާތު ކުޅިވަރުތަކުގެ އިތުރުން އިޖުތިމާއީ ކަންކަމުގައްޔާއި ރަށުގެ އިދާރާތަކަށް ވެސް އޭނާގެ އެހީތެރިކަން ލިބޭކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ މެޗު އޮންނާނީ ހަވީރު 4:00ގައެވެ.

ޅ. ހިންނަވަރުިހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2023

ހިންނަވަރު ކައުންސިލުގެ ރައީސް ވިދާޅުވެދެއްވީ ރަށު ރައީސް ދެކެ ލޯބިވާ ސަބަބުތައް

01 ސެޕްޓެމްބަރު 2023
ހިންނަވަރު ކައުންސިލުގެ ރައީސް ވިދާޅުވެދެއްވީ ރަށު ރައީސް ދެކެ ލޯބިވާ ސަބަބުތައް
01 ސެޕްޓެމްބަރު 2023

ރައީސްގެ އުފަން ރަށަށް ދެއްވީ އުއްމީދު: ވިދާޅުވީ ބާކީކޮށްނުލާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށް

01 ސެޕްޓެމްބަރު 2023
ރައީސްގެ އުފަން ރަށަށް ދެއްވީ އުއްމީދު: ވިދާޅުވީ ބާކީކޮށްނުލާ ތަރައްޤީ ގެނެސްދެއްވާނެ ކަމަށް
31 އޯގަސްޓު 2023

ރަށު ރައީސަށް މަރުހަބާ ދެންނެވުމުގައި 45 މިނެޓް!

31 އޯގަސްޓު 2023
ރަށު ރައީސަށް މަރުހަބާ ދެންނެވުމުގައި 45 މިނެޓް!
18 މާރިޗު 2023

ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހިންނަވަރަށް!

18 މާރިޗު 2023
ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހިންނަވަރަށް!
09 ސެޕްޓެމްބަރު 2022

ޗެމްޕިއަންކަން ހޯދީ ނައިފަރު ޗެލްސީ

09 ސެޕްޓެމްބަރު 2022
ޗެމްޕިއަންކަން ހޯދީ ނައިފަރު ޗެލްސީ
07 ސެޕްޓެމްބަރު 2022

ޕެނަލްޓީގައި އޭދަފުށި ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ހިންނަވަރަށް

07 ސެޕްޓެމްބަރު 2022
ޕެނަލްޓީގައި އޭދަފުށި ބަލިކޮށް، ފައިނަލްގެ ދެވަނަ ޖާގަ ހިންނަވަރަށް
03 ސެޕްޓެމްބަރު 2022

ލީގު ބުރުގެ އެއްވަނަ ނައިފަރު ޗެލްސީއަށް، ދެވަނަ ކްލަބް އޭދަފުއްޓަށް!

03 ސެޕްޓެމްބަރު 2022
ލީގު ބުރުގެ އެއްވަނަ ނައިފަރު ޗެލްސީއަށް، ދެވަނަ ކްލަބް އޭދަފުއްޓަށް!
31 އޯގަސްޓު 2022

ނައިފަރުން ކްލަބް އޭދަފުށި ބަލިކޮށްފި

31 އޯގަސްޓު 2022
ނައިފަރުން ކްލަބް އޭދަފުށި ބަލިކޮށްފި
30 އޯގަސްޓު 2022

އަޝްފާޤު ދެ ލަނޑު ޖެހި، އެކަމަކު ބަކޫޒާ އަތުން ޓީމަށް މޮޅެއް ނުވެވުނު

30 އޯގަސްޓު 2022
އަޝްފާޤު ދެ ލަނޑު ޖެހި، އެކަމަކު ބަކޫޒާ އަތުން ޓީމަށް މޮޅެއް ނުވެވުނު
06 ޖުލައި 2022

ޅ. ހިންނަވަރުގައި އިމާރަތްކުރާ 100 ހައުސިންގ ޔުނިޓުގެ މަޝްރޫއުގައި ސޮއިކޮށްފި

06 ޖުލައި 2022
ޅ. ހިންނަވަރުގައި އިމާރަތްކުރާ 100 ހައުސިންގ ޔުނިޓުގެ މަޝްރޫއުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް