Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އުފާވެރި އަމާން ރާއްޖެ ހިންނަވަރު ޖަލްސާ

ހިންނަވަރު ކައުންސިލުގެ ރައީސް ވިދާޅުވެދެއްވީ ރަށު ރައީސް ދެކެ ލޯބިވާ ސަބަބުތައް

ރައީސްގެ ދުރުވިސްނުންފުޅާއެކު ހިންނަވަރުގައި ހަމައެކަނި ހައްދަވައިދެއްވީ ބަނދަރެއް ނޫންކަމަށާއި ޕޯޓެއްވެސް ހައްދަވައި ދެއްވިކަމަށް ޝާފިއު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2023 | ހުކުރު 01:43
ހިންވަރު ކައުންސިލުގެ ރައީސް ހަސަން ޝާފިއު

ހިންވަރު ކައުންސިލުގެ ރައީސް ހަސަން ޝާފިއު

ހިންނަވަރު ރައްޔިތުން ތިބީ ރަށު ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާއެކު ކަމަށާއި ރަށު ރައީސް ދެކެ ހިންނަވަރު ރައްޔިތުންވާ ލޯބި އެރަށު ކައުންސިލުގެ ރައީސް ހަސަން ޝާފިއު ވިދާޅުވެދެއްވައިފިއެވެ.

ރައީސް ޞާލިހުގެ އުފަންރަށް ހިންނަވަރުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާފިއު ވަނީ ރައީސް ޞާލިހުގެ ފަސް އަހަރު ތެރޭގައި ހިންނަވަރަށް ކޮށްދެއްވާފައިވާކަންކަން ވިދާޅުވެދެއްވާފައެވެ. ވާހަކަފައްޓަވަމުން ޝާފިއު ވިދާޅުވީ ހިންނަވަރު ރައްޔިތުން ތިބީ ރައީސް ޞާލިހު އާއެކުކަމަށެވެ. ހިންނަވަރުގައި އެހެން ފިކުރަކަށް ޖާގައެއް ނެތްކަމަށާއި އެހެން ބޭފުޅަކަށް ވޯޓު ދެވެން ނެތްކަމަށް ޝާފިއު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާފިއު ވިދާޅުވީ އޮޅިގެންވެސް ހިންނަވަރުގެ ރައްޔިތުންނަށް ކެންޑިޑޭޓް ނަންބަރު 3 ގައި ނޫނީ ފާހަގަނުޖެހޭނެކަމަށެވެ.

ޝާފިއު ވިދާޅުވީ ހިންނަވަރުގެ ބަނދަރު އެއްކޮށް ހަލާކުވެގެންދިޔުމާއެކު ބަނދަރު ބޭނުންކުރަން ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިވަމުންދިޔަކަމަށެވެ. އެގޮތުން ފަޅުތެރެ ގަދަވެއްޖިއްޔާ ދޯންޏަކަށް ފަޅުގައި ނޯވެވޭ ކަމަށާއި ވާރޭވެހޭނަމަވެސް އުޅެން ޖެހެނީ އެފަދަ ހާލެއްގައި ކަމަށް ޝާފިއު ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުން ރައީސް އަރިހުގައި އެދުނީ ބަނދަރެއް ހެދުމަށްކަމަށާއި ނަމަވެސް ރައީސްގެ ދުރުވިސްނުންފުޅާއެކު ހިންނަވަރުގައި ހަމައެކަނި ހައްދަވައިދެއްވީ ބަނދަރެއް ނޫންކަމަށާއި ޕޯޓެއްވެސް ހައްދަވައިދެއްވިކަމަށް ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ދެން ވިދާޅުވީ ވާރޭކޮޅެއް ވެހިލާއިރު ރަށުގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުން އުޅެންޖެހޭ ހާލުގެ ވާހަކައެވެ. އެކަން ހައްލުކުރުމަށް މިސަރުކާރުން ހިންނަވަރުގެ މަގުތައް ހައްދަވާ ސްޓޯމް ވޯޓަރ އެޅުމުގެ ކަންކަން ކުރަމުންދާކަމަށް ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ އަހަރު ހިންނަވަރުގައި ޒުވާނުންނަށް ބޭނުންވާނެ ފުޓް ބޯޅަ ދަނޑެއް ހެދުމުގެ މަސައްކަތް ފެށިކަމަށާއި މިހާރު ޒުވާނުން ކުޅެމުންދަނީ އެދަނޑުގައި ކަމަށެވެ. މީގެއިތުރުން ހޮސްޕިޓަލު އެޅުމަށް މިހާރު ސައިޓް ހަމަޖެހިފައިވާކަމަށާއި ކުރިޔަށް އޮތްތަނުގައި ރަށުގައި ތިބެގެން ސިއްހީ ޚިދުމަތްތައް ލިބެމުންދާނެކަމަށެވެ.

މީގެއިތުރުން ހިންނަވަރުން ގޯތި ނުދީ އޮންނަތާ 20 އަހަރު ފަހުން މިސަރުކާރުގައި ގޯތި ދޭން ފަށާފައިވާކަމަށް ޝާފިއު ވިދާޅުވިއެވެ. މިހާރުވެސް 229 ގޯތި ދޫކުރެވިފައިވާކަމަށާއި އިތުރު 180 ގޯތި ދޫކުރުމަށް އިއުލާންކޮށްފައިވާކަމަށް ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ އިރާދަފުޅުން އެއްބުރުން ރައީސް ޞާލިހު އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށާއި ދެވަނަ ދައުރަށް ހޮވޭ ފުރަތަމަ ރައީސަކަށް ވެގެންދާނީ ހިންނަވަރަށް އުފަން ރައީސް ޞާލިހުކަމަށެވެ.

އުފާވެރި އަމާން ރާއްޖެޅ. ހިންނަވަރުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރިޔާސީ އިންތިޚާބު 2023

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު