Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރާނީ އެލިޒަބަތުގެ ހަޔާތްޕުޅު

ތާރީޚުތަކުން ރާނީ އެލިޒަބަތު

9 ސެޕްޓެމްބަރު 2022 | ހުކުރު 02:21

ރާނީ ތަހުތުގައި އިންނަވަނިކޮށް އިނގިރޭސިވިލާތުގައި 15 ބޮޑުވަޒީރުން ބޮޑުވަޒީރުކަންކުރައްވާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ސެޕްޓެމްބަރު 2022 | ހުކުރު 02:21
އިނގިރޭސި ރާނީ އެލިޒަބަތު

އިނގިރޭސި ރާނީ އެލިޒަބަތު

މިލިޔުމުގައި މިބަލާލަނީ އަވަހާރަވި ރާނީ އެލިޒަބަތު ދެވަނައިގެ ހަޔާތްޕުޅުގައި ހިނގާފައިވާ މުހިންމު ކަންކަމަށެވެ. ރާނީ އެލިޒަބަތަކީ އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ބޭފުޅާއެވެ.

ރާނީ އެލިޒަބަތު އުފަންވެވަޑައިގެންނެވީ 1926 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންޑަންގައެވެ. އެކަމަނާއަށް ރަސްކަމުގެ ތަހުތު ވާރުތަވީ އުމުރުފުޅުން 10 އަހަރުގައި 1936 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ އޭރު ރަސްކަމުގައި ހުންނެވި އެކަމަނާގެ ބޮޑުބޭބޭފުޅު އެޑްވާޑް އަށްވަނަ ތަހުތު ދޫކޮށްލެއްވުމުންނެވެ. ބޮޑުބޭބޭފުޅު ތަހުތު ދޫކޮށްލެއްވުމުން ރަސްކަމަށް ވަޑައިގެންނެވީ އެކަމަނާގެ ބައްޕާފުޅު ޖޯރޖް ހަވަނަ އެވެ.

ރާނީ އެލިޒަބަތު ކައިވެނި ބައްލަވައިގަތީ 1947 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ ގްރީސް އަމީރެއް ކަމުގައިވާ ފިލިޕް މައުންޓްބެޓަންއާ އެވެ. އެދެބޭފުޅުންގެ ހަތަރު ބޭފުޅުން ތިއްބަވައެވެ. އެއީ 1948 ވަނަ އަހަރު އުފަންވެ ވަޑައިގެންނެވި ޕްރިންސް ޗާލްސް އާއި 1950 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ޕްރިންސެސް އޭން އާއި 1960 ވަނަ އަހަރު އުފަންވެ ވަޑައިގެންނެވި ޕްރިންސް އެންޑްރޫ އަދި 1964 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ޕްރިންސް އެޑްވާޑްއެވެ.

ރާނީގެ ފިރިކަލުން ފިލިޕް ވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އުމުރުފުޅުން 99 އަހަރުގައި އަވަހާރަވެފައެވެ.

ރާނީ ތަހުތަށް ވަޑައިގެންނެވީ 1952 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެންނެވެ. އޭރު އެކަމަނާއި އުޅުއްވަނީ ޝާހީ ދަތުރުފުޅެއްގައި ކެންޔާގައެވެ. އޭގެފަހުން އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒީލޭންޑް، ދެކުނު އެފްރިކާ، ޕާކިސްތާން އަދި ސިލޯންގެ ރާނީކަމަށް ރަސްމީކޮށް ވަޑައިގެންނެވީ ޖޫން 1953 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ. މިއީ ރަސްކަމަށް ހަވާލުވެވަޑައިގެންނެވިތަން ޓީވީން ދެއްކި ފުރަތަމަ ފަހަރުވެސްމެއެވެ.

ރާނީ ތަހުތަށް ވަޑައިގެންނެވިއިރު ޖޯސެފް ސްޓާލިން އާއި، މާއޯ ޒެޑޮންގ އަދި ހެރީ ޓްރޫމަން އަކީ ސޯވިއެޓް ޔޫނިއަން އާއި ޗައިނާ އާއި އެމެރިކާގެ ވެރިންނެވެ. އޭރު އިނގިރޭސި ބޮޑުވަޒީރުކަމުގައި ހުންނެވީ ވިންސްޓަން ޗަރޗިލްއެވެ.

ރާނީ ތަހުތުގައި އިންނަވަނިކޮށް އިނގިރޭސިވިލާތުގައި 15 ބޮޑުވަޒީރުން ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. އެކަމަނާގެ ރާނީކަމުގައި އެމެރިކާގައި 14 ރައީސުން ރައީސްކަން ކުރައްވާފައިވެއެވެ.

2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހަކީ ރާނީ ތަހުތުގައި އިންނަވާތާ 63 އަހަރާއި 7 މަހާއި ދެ ދުވަހާއި ސޯޅަގަޑިއިރާއި 23 މިނެޓް ހިނގި ދުވަހެވެ. އެއީ އެކަމަނާގެ ހޫރު މާމަ ރާނީ ވިކްޓޯރިއާ ތަހުތުގައި އިންނެވި މުއްދަތު ކަޑައްތުކުރެއްވި ދުވަހެވެ. ރާނީ ވިކްޓޯރިއާ އަކީ ރާނީ އެލިޒަބަތުގެ ކުރިން އެންމެ ގިނަ ދުވަހު ތަހުތުގައި އިންނެވި ބޭފުޅާއެވެ.

އެކަމަނާވަނީ ތަހުތުގައި އިންނަވާތާ 70 އަހަރުފުރުން މިއަހަރުގެ ފެބްރުއަރީ މަހުގެ 6 ގައި ކުލަގަދަކޮށް ފާހަގަކުރައްވާފައެވެ.

އިނގިރޭސިވިލާތްރާނީ އެލިޒަބަތު 2

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

18 އޮކްޓޯބަރު 2025
އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި
23 މާރިޗު 2024

ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި

23 މާރިޗު 2024
ޣައްޒާއަށް ދޭ އެހީ އަށް ހުރަސް އެޅުމުން އިނގިރޭސިވިލާތުން އިސްރާއީލަށް ފާޑުކިޔައިފި
28 ޑިސެމްބަރު 2023

6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!

28 ޑިސެމްބަރު 2023
6 އަހަރުން ކުރިން 'ގެއްލުނު' ކުއްޖާ، ޑެލިވަރީ ޑްރައިވަރަކަށް ފެނުނީ އެހެން ޤައުމެއްގެ ޖަންގައްޔެއްގެ މެދުން!
11 އޮކްޓޯބަރު 2023

އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް

11 އޮކްޓޯބަރު 2023
އެހެން ޤައުމުތަކަށްވުރެ ފެންވަރު ރަނގަނޅުކޮން އިނގިރޭސިވިލާތަށް މުބާރާތް ބޭއްވޭނެ: ރިޝީ ސުނާކް
11 އޮކްޓޯބަރު 2023

އިނގިރޭސިވިލާތާއި އަޔަލޭންޑުގައި ޔޫރޯ 2028 ބާއްވަން ނިންމައިފި

11 އޮކްޓޯބަރު 2023
 އިނގިރޭސިވިލާތާއި އަޔަލޭންޑުގައި ޔޫރޯ 2028 ބާއްވަން ނިންމައިފި
15 ސެޕްޓެމްބަރު 2023

އިނގިރޭސި ވިލާތުގެ އޮފިޝަލުންނަށް ޗައިނާއިން ޖާސޫސްކުރާކަމަށް ތުހުމަތު ކޮށްފި

15 ސެޕްޓެމްބަރު 2023
އިނގިރޭސި ވިލާތުގެ އޮފިޝަލުންނަށް ޗައިނާއިން ޖާސޫސްކުރާކަމަށް ތުހުމަތު ކޮށްފި
26 މެއި 2023

އިންގްލެންޑް ފުޓުބޯޅަ ޓީމުން އެޒޭއަށް ފުރަތަމަ ފަހަރަށް ޖާގަދީފި

26 މެއި 2023
އިންގްލެންޑް ފުޓުބޯޅަ ޓީމުން އެޒޭއަށް ފުރަތަމަ ފަހަރަށް ޖާގަދީފި
25 މެއި 2023

6 ބަދަލަކާއެކު އިންގްލެންޑުގެ ސްކޮޑް އިއުލާނުކޮށްފި

25 މެއި 2023
6 ބަދަލަކާއެކު އިންގްލެންޑުގެ ސްކޮޑް އިއުލާނުކޮށްފި
24 މާރިޗު 2023

ސަލާމަތީ ސަބަބުތަކަށްޓަކައި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ޓިކްޓޮކް ބްލޮކްކުރަނީ

24 މާރިޗު 2023
ސަލާމަތީ ސަބަބުތަކަށްޓަކައި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ޓިކްޓޮކް ބްލޮކްކުރަނީ
11 ޑިސެމްބަރު 2022

މުސްތަޤުބަލާމެދު ސައުތުގޭޓް ގޮތެއް ނިންމާނީ މަޝްވަރާ ތަކަށްފަހު

11 ޑިސެމްބަރު 2022
މުސްތަޤުބަލާމެދު ސައުތުގޭޓް ގޮތެއް ނިންމާނީ މަޝްވަރާ ތަކަށްފަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް