Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވ އާރަށު ހިޔާނަތުގެ މައްސަލަ

އާރަށު މައްސަލައިގެ އަޑުއެހުމެއް ހޮނިހިރު ދުވަހަށް ތާވަލުކޮށްފި

ކްރިމިނަލް ކޯޓުން ވަނީ މިމައްސަލައިގެ އަޑުއެހުމެއް ހޮނިހިރު ދުވަހުގެ ހެނދުނު 10 ޖަހާއިރަށް ތާވަލުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 20:18
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

އެމައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ށް ތާވަލުކުރިއެވެ. އެހެންނަމަވެސް އަޑުއެހުން ކެންސަލްވިކަން 09:21 ގައި ކްރިމިނަލް ކޯޓުން ވަނީ މީޑިއާތަކަށް އަންގާފައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ބުނީ، ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބަލި ހާލަތު ހުރި ގޮތުން މި އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެދި ސިޓީއެއް ހުށައަޅުއްވާފައިވާތީ ބުރާސްފަތި ދުވަހު ތާވަލުކުރެވިފައިވާ އަޑުއެހުން ކެންސަލް ކުރެވިފައިވާ ކަމަށެވެ.

އޭގެފަހުން ކްރިމިނަލް ކޯޓުން ވަނީ މިމައްސަލައިގެ އަޑުއެހުމެއް ހޮނިހިރު ދުވަހުގެ ހެނދުނު 10 ޖަހާއިރަށް ތާވަލުކޮށްފައިވާކަން ހާމަކޮށްފައެވެ. އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާކުރާއިރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތުގެ ދައުވާ ކުރެއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ އަޑުއެހުމަކީވެސް މި މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމަށް ތާވަލުކުރި އަޑުއެހުމެކެވެ. ޔާމީންގެ ފަރާތުން ހަތް ހެއްކެއް ދިފާއީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވެއެވެ.

މިހަފްތާގެ ބުދަ ދުވަހުވެސް މި މައްސަލައިގެއަޑުއެހުމެއްބޭއްވިއެވެ. މި އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މިހާރުގެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

އަޑުއެހުމުގައި ނަރީޝް ވިދާޅުވީ، ބޮޑު ކަމެއް ކޮށްދެއްވަން އެބަޖެހޭ ކަމަށް ވިދާޅުވެ ރައީސް ޔާމީނު އޭނާ ގ. ދޫވެއްސަށް ގެންދިޔަ ކަމަށެވެ. އަދި ގެންދިއުމަށްފަހު، ޔޫސުފް ނައީމް އަތުން ޑޮލަރުތަކެއް ބައްލަވައިގެންފައިވާ ކަމަށާއި، އެއަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމާ ޙަވާލުކުރަން އެބަޖެހޭ ކަމަށް ރައީސް ޔާމީނު ވިދާޅުވިކަމަށް ނަރީޝްގެ ހެކިބަހުގައި ފާހަގަ ކުރެއްވިއެވެ. ނަރީޝް ވިދާޅުވި ގޮތުގައި އެއީ 1 މިލިއަން ޑޮލަރަށްވާ ފައިސާއެވެ.

އެ ދުވަހު އެ ފައިސާ ޙަވާލު ކުރެއްވުމަށްފަހު އެކަމާ ގުޅޭ ލިއުމުގައި އޭނާގެ ކުރިމަތީގައި ރައީސް ޔާމީނު ސޮއިވެސް ކުރެއްވި ކަމަށާއި، އޭނާ ޔޫސުފް ނައީމްއާ ބައްދަލު ކުރައްވަން ޖެހުނީ އެކަމުގައި ކަމަށް ނަރީޝް ވިދާޅުވިއެވެ. ނަރީޝް ވިދާޅުވި ގޮތުގައި އެ ފައިސާ ދުވަހުން ދުވަހަށް އޭނާ ވާނީ ޔޫސުފް ނައީމާ ޙަވާލު ކުރައްވާފައެވެ. އެއީ 500 ރުފިޔާގެ ބޮނޑިތަކެއްކަމަށް ނަރީޝް ވިދާޅުވިއެވެ.

ގ. ދޫވެހިން އެ ފައިސާ ގެންދިއުމުގެ ކުރިން ރައީސް ޔާމީނުގެ ހާޒިރުގައި އެ ފައިސާ ގުނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އާރަށު ޚިޔާނާތްރައީސް ޔާމީންކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު