Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީން ކޯޗަކު ހޯދުން

ޓުޗެލް ވަކިކުރުމަށްފަހު ޗެލްސީގެ ކޯޗަކަށް ގްރަހަމް ޕޮޓާ ގެންނަން މަސައްކަތް ކުރަނީ

ޗެލްސީ އާއި ބްރައިޓަންއާ ދެމެދު ކުރިއަށް ދާ މަޝްވަރާތަކުގެ ނަތީޖާ ޕޮސިޓިވްކަމާއި، ޗެލްސީގެ ކޯޗުކަމަށް ޕޮޓާ ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ރިޕޯޓުތައް ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 03:27
ގްރަހަމް ޕޮޓާ

ގްރަހަމް ޕޮޓާ

ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމުގެ މަގާމަށް އިންގްލެންޑުގެ ގްރަހަމް ޕޮޓާ ގެންނަން މަސައްކަތް ކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުރި ތޯމަސް ޓުޗެލް ވަކިކުރުމުންނެވެ. ޓުޗެލް ވަކިކޮށްފައިވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީއަށް ލިބުނު ލަދުވެތި ބައްޔަށްފަހުއެވެ. އުމުރުން 47 އަހަރުގެ ޕޮޓާ މި ވަގުތު ހުރީ ބްރައިޓަންގެ ކޯޗުކަމުގެ މަގާމުގައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން ކޯޗުކަށް ގެންނަން ބޭނުންވާ މީހުންގެ ލިސްޓުގައި ހަތަރު މީހެއްގެ ނަން އޮތް ކަމަށް ބޭރުގެ މީޑިއާތަކުގައި ވެއެވެ. އޭގެ ތެރޭގައި ޕޮޓާގެ އިތުރުން ކުރިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކޯޗުކަން ކޮށްދިން މައިރީސިއޯ ޕޮޗެޓީނޯ އާއި ރެއާލް މެޑްރިޑަށް ކޯޗުކަން ކޯށްދިން ޒިނެދީން ޒިދާން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން އިސްކަމެއް ދެނީ ޕޮޓާ އަށެވެ. އަދި ޗެލްސީއާއި ބްރައިޓަންއާ ދެމެދު އެކަމުގެ މަޝްވަރާތައް ކުރެވެމުންދާއިރު، ޕޮޗެޓީނޯގެ ނަން ވެސް ވަނީ ޗެލްސީގެ އޯނަރު ޓޮޑް ބޮއެލީއާ ހަމައަށް ގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެެސް ރިޕޯޓުތަކުގައިވާ ގޮތުން ޗެލްސީން ހަމައެކަނި އިސްކަމެއް ދޭ ކެންޑިޑޭޓަކީ ޕޮޓާއެވެ. މީގެ އިތުރުން ޗެލްސީން އަންނަނީ ޕޮޓާ އަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ހުށަހެޅުމަށް ތައްޔާރުވަމުން ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ. ޗެލްސީ އާއި ބްރައިޓަންއާ ދެމެދު ކުރިއަށް ދާ މަޝްވަރާތަކުގެ ނަތީޖާ ޕޮސިޓިވްކަމާއި، ޗެލްސީގެ ކޯޗުކަމަށް ޕޮޓާ ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޓުޗެލް ވަކިކުރިކަން ހާމަކޮށް ޗެލްސީން ނެރުނު ބަޔާނެއްގައި ބުނީ ކުލަބުގެ އައު އޯނަރޝިޕުން ކުލަބާ ހަވާލުވިތާ 100 ދުވަސް ވެގެންދާއިރު، ކުލަބުގެ ކުރިމަގަށް މިއީ މި ނިންމުން ނިންމަން ޖެހުނު އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

ޗެލްސީގްރަހަމް ޕޮޓާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު