Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

ކޮންޓޭގެ ތައުރީފު ރިޗާލިސަންއަށް

8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:37

ކޮންޓޭ ބުނީ ރިޗާލިސަންގެ ސޮއި ހޯދި އެންމެ ބޮޑު ސަބަބަކީ ތަފާތު ތިން މަގާމަކަށް ކުޅެވޭ ކުޅުންތެރިޔަކު ޓީމަށް ބޭނުންވުމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:37
ކޮންޓޭ އަދި ރިޗާލިސަން

ކޮންޓޭ އަދި ރިޗާލިސަން

ޓޮޓެންހަމްގެ ފޯވާޑް ރިޗާލިސަން އަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ފުޓުބޯޅަ މެޗުގައި މާސޭއާ ބައްދަލުކުރި މެޗުން ޓޮޓެންހަމް މޮޅުވޯ ރިޗާލިސަން ޖެހި ދެ ލަނޑުންނެވެ. މެޗަށްފަހު ކޮންޓޭ ބުނީ ރިޗާލިސަންއާ މެދު އޭނާ ނުހަނު އުފާވާ ކަމަށާއި، ރެޔަކީ ރިޗާލިސަން އަށް ހައްގު ރެޔެއް ކަމަށެވެ.

މީގެ އިތުރުން ކޮންޓޭ ބުނީ ޓޮޓެންހަމުން ރިޗާލިސަންގެ ސޮއި ހޯދި ދުވަހު އޭނާ ދެއްކި ވާހަކަ އަދިވެސް ހަނދާނުގައި ހުންނަ ކަމަށެވެ. ޗެމްޕިއަންސް ލީގުގައި ކުޅުމާއި، މުބާރާތުގެ މިއުސިކް އަޑު އެހުމަށް ކެތްމަދުވެފައި ހުރި ކަމަށް އެދުވަހު ރިޗާލިސަން ބުނު ކަމަށް ކޮންޓޭ ބުންޏެވެ. އޭނާ ބުނީ އެއީ މާ ބޮޑު ވާހަކައަކަށް ނުވި ނަމަވެސް، އެއީ އޭނާ އަށް މުހިންމު ބަސްތަކެއް ކަމަށެވެ.

ކޮންޓޭ ބުނީ މެޗުގެ ކުރިން ރިޗާލިސަންއާ އޭނާ ވާހަކަ ދެއްކި ކަމަށެވެ. އެވަގުތު ރިޗާލިސަން ކުރި ބުނި ވާހަކަ ހަނދާން ކޮށްދިން ކަމަށް ކޮންޓޭ ބުންޏެވެ. އަދި މާސޭއާ ދެކޮޅަށް ކުޅޭ މެޗަކީ ރިޗާލިސަންއަށް އޮތް ވަަރަށް ރަނގަޅު ފުރުސަތެއް ކަމުގައި ބުނި ކަމަށެވެ. މެޗުގައި އެންމެ މޮޅު ކުޅުން ދައްކައިދިނުމަށް ރިޗާލިސަން ކިބައިން އެދުނު ކަން ފާހަގަކުރަމުން ކޮންޓޭ ބުނީ، އުނދަގޫ މެޗެއްގައި ރިޗާލިސަން ބޮޑު އެހީއެއް ވެދީފިކަމަށެވެ.

މީގެ އިތުރުން ކޮންޓޭ ބުނީ ރިޗާލިސަންގެ ސޮއި ހޯދި އެންމެ ބޮޑު ސަބަބަކީ ތަފާތު ތިން މަގާމަކަށް ކުޅެވޭ ކުޅުންތެރިޔަކު ޓީމަށް ބޭނުންވުމުން ކަމަށެވެ. ކޮންޓޭ ބުނީ އެކަމާ ހުރެ ނިންމުނީ ރަނގަޅު ނިންމުމެއް ކަމަށާއި، ރިޗާލިސަން އަކީ ލިބުނު ރަނގަޅު ކުޅުންތެރިޔެއް ކަމަށެވެ.

އެވަޓަން ދޫކޮށް ރިޗާލިސަން ޓޮޓެންހަމަށް ބަދަލުވީ މިއަހަރުއެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން ހަ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

ރިޗާލިސަންޓޮޓްނަމް ހޮޓްސްޕަރއެންޓޯނިއޯ ކޮންޓޭ

އިތުރަށް ކިޔާލަން

07 ޖޫން 2025

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި
20 މާރިޗު 2025

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި
17 ފެބުރުއަރީ 2025

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ
03 ފެބުރުއަރީ 2025

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
23 ޑިސެމްބަރު 2024

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް
10 ޑިސެމްބަރު 2024

ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ

10 ޑިސެމްބަރު 2024
ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ
09 ޑިސެމްބަރު 2024

ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް، ޗެލްސީގެ މޮޅުވުން ކުރިއަށް

09 ޑިސެމްބަރު 2024
ފަހަތުން އަރައި ޓޮޓެންހަމް ބަލިކޮށް، ޗެލްސީގެ މޮޅުވުން ކުރިއަށް
24 ނޮވެމްބަރު 2024

ޓޮޓެންހަމް އަތުން ބަލިވެ، ސިޓީ ޕްރެޝަރަށް

24 ނޮވެމްބަރު 2024
ޓޮޓެންހަމް އަތުން ބަލިވެ، ސިޓީ ޕްރެޝަރަށް
04 ނޮވެމްބަރު 2024

އެސްޓަން ވިލާ ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

04 ނޮވެމްބަރު 2024
އެސްޓަން ވިލާ ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
31 އޮކްޓޯބަރު 2024

ސިޓީ ބަލިކޮށް، ޓޮޓެންހަމް ކުއާޓާ ފައިނަލަށް

31 އޮކްޓޯބަރު 2024
ސިޓީ ބަލިކޮށް، ޓޮޓެންހަމް ކުއާޓާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް