Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ކަންބޮޑުވާންޖެހޭ ވަރުގެ އަނިޔާއެއް މި ވަގުތަށް ބެންޒެމާގެ ނެތް: އަންޗެލޮޓީ

އަންޗެލޮޓީ ބުނީ އަނިޔާވުމުގެ ސަބަބުން ހެދި ފުރަތަމަ އިވަލުއޭޝަނުން ވެސް ސީރިއަސް ކަމެއް ފެންނަން ނެތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ސެޕްޓެމްބަރު 2022 | ބުދަ 03:24
ބެންޒެމާ އަދި އަންޗެލޮޓީ

ބެންޒެމާ އަދި އަންޗެލޮޓީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސެލްޓިކާ ދެކޮޅަށް ކުޅުނު މެޗުގައި ކަރިމް ބެންޒެމާއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ކޯޗު ކާލޯ އަންޗެލޮޓޯ ބުނެފިއެވެ.

ރެއާލްގެ ކެޕްޓަން ބެންޒެމާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗުގެ 30 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. ބެންޒެމާގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ އެޑެން ހަޒާޑްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ މި ވަގުތަށް ބަލާއިރު، ބެންޒެމާގެ އަނިޔާގައި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ. އަންޗެލޮޓީ ބުނީ އަނިޔާވުމުގެ ސަބަބުން ހެދި ފުރަތަމަ އިވަލުއޭޝަނުން ވެސް ސީރިއަސް ކަމެއް ފެންނަން ނެތް ކަމަށެވެ. މީގެ އިތުރުން އަންޗެލޮޓީ ބުނީ އިތުުރު އެއްޗެއް ދެން ބުނަން އެނގޭނީ ބުދަ ދުވަހުގެ ހެނދުނު ހަދާ މެޑިކަލް ޓެސްޓުތަކަށް ފަހު ކަމަށެވެ. ބެންޒެމާ އަށް ލިބުނީ މަސްކިޔުލާ އަނިޔާއެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ބުނަން ނޭންގޭ ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފައެވެ.

ބެންޒެމާއަކީ ނިމުނު ސީޒަންގައި ރެއާލުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔާއެވެ. މި ސީޒަންގައި ވެސް އޭނާ ވަނީ ސްޕެނިޝް ލީގުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިވަގުތަށް ބަލާއިރު، ބެންޒެމާ ހުރީ ވަރަށް ރަނގަޅު ފޯމެއްގައެވެ.

އިތުރަށް ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ މެޗުން މޮޅުވުމުގައި ބައިވަރު ކުޅުންތެރިންގެ ދައުރު އޮތް ކަމަށެވެ. ޚާއްސަކޮށް އަންޗެލޮޓީ ވަނީ ހަޒާޑުގެ ނަން ފާހަގަކޮށްފައެވެ. އޭނާ ބުނީ ހަޒާޑް ލަނޑެއް ޖަހައި އަދި ލަނޑެއް ޖެހުމަށް އެހީތެރިވެދިން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އެއީ ހަޒާޑަށް ވެސް ފަސޭހަކަމަކަށް ނުވާނެ ކަމަށާއި، ފުރަތަމަ ހާފުގައި ދަތިތަކެއް ހުރި ކަމަށެވެ. ނަމަވެސް ދެ ވަނަ ހާފުގައި ޓީމުގެ ކުޅުން ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި ދެން ރެއާލަށް އޮތީ މި މަހުގެ 15 ވަނަ ދުވަހު އަމިއްލަ ދަނޑުގައި އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ކުރިން މި މަހުގެ 11 ވަނަ ދުވަހު އެ ޓީމުން ސްޕެނިޝް ލީގުގެ މެޗެއް ކުޅޭނެއެވެ.

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2019

ސްޕެނިޝް ލަލީގާ: ބެންޒެމާގެ ދެ ލަނޑުން ރެއާލް މޮޅުވެއްޖެ

15 ސެޕްޓެމްބަރު 2019
ސްޕެނިޝް ލަލީގާ: ބެންޒެމާގެ ދެ ލަނޑުން ރެއާލް މޮޅުވެއްޖެ
01 އެޕްރީލު 2019

ސްޕެނިޝް ލީގު: ބެންޒެމާގެ ލަނޑާއެކު ރިއާލްއަށް މޮޅެއް

01 އެޕްރީލު 2019
ސްޕެނިޝް ލީގު: ބެންޒެމާގެ ލަނޑާއެކު ރިއާލްއަށް މޮޅެއް
29 ޑިސެމްބަރު 2018

ކުޅިވަރުގައި ނުފޫޒު ގަދަވަނީ ކުޅިވަރުގެ ވަޒީރުކަން ވަރަށް އަވަހަށް ސާފުވާނެ: ސުޒެއިން

29 ޑިސެމްބަރު 2018
ކުޅިވަރުގައި ނުފޫޒު ގަދަވަނީ ކުޅިވަރުގެ ވަޒީރުކަން ވަރަށް އަވަހަށް ސާފުވާނެ: ސުޒެއިން
18 މާރިޗު 2018

ސަލާހުއަކީ މެސީ ފެންވަރުގެ ކުޅުންތެރިޔެއް ނޫން: ކްލޮޕް

18 މާރިޗު 2018
ސަލާހުއަކީ މެސީ ފެންވަރުގެ ކުޅުންތެރިޔެއް ނޫން: ކްލޮޕް
17 ފެބުރުއަރީ 2018

ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވާހަރަވެއްޖެ

17 ފެބުރުއަރީ 2018
ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވާހަރަވެއްޖެ
16 އޮކްޓޯބަރު 2017

ދަނޑު މަތީގައި ލިބުނު އަނިޔާއެއްގައި އިންޑޮނޭޝިއާގައި ކުޅުންތެރިޔަކު މަރުވެއްޖެ

16 އޮކްޓޯބަރު 2017
ދަނޑު މަތީގައި ލިބުނު އަނިޔާއެއްގައި އިންޑޮނޭޝިއާގައި ކުޅުންތެރިޔަކު މަރުވެއްޖެ
23 މާރިޗު 2017

ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި

23 މާރިޗު 2017
ގައުމީ ފެންވަރުގެ އަތޮޅު މުބާރާތެއް ހިމަނައި، ހޭންޑްބޯޅައިގެ މިއަހަރުގެ ބަޖެޓް ފާސްކޮށްފި
16 މާރިޗު 2017

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު