Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރްޓީއެލް ފެރީގެ ޚިދުމަތް

ށ އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

6 ސެޕްޓެމްބަރު 2022 | އަންގާރަ 11:14

ނުރަސްމީ ދަތުރުތައް ފެށީ 30 އޮގަސްޓްގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ސެޕްޓެމްބަރު 2022 | އަންގާރަ 11:14
އާރްޓީއެލް ފެރީ

އާރްޓީއެލް ފެރީ

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން ށ އަތޮޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ށ އަތޮޅުގައި މި ޚިދުމަތް ފެށީ އޮގަސްޓް 30ގައެވެ. ނަމަވެސް މި ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް އެ ޚިދުމަތް ދެމުން އައީ ޓެސްޓް ދަތުރުތަކުގެ ގޮތުގައެވެ. މި ދަތުރުތައް އެ ކުންފުނިން ކޮށްފައިވަނީ ހިލެއެވެ. މިއީ އެ ކުންފުނިން އާރްޓީއެލްގެ ހުރިހާ ޚިދުމަތެއްވެސް ފެށުމުގެގޮތުން، ރޫޓުތަކާއި ޝެޑިއުލްތަކަށް އަހުލުވެރިކުރުމުގެގޮތުން ކުރަމުން އަންނަ ދަތުރުތަކެކެވެ.

Advertisement - newsAdvertisement

ރަސްމީކޮށް މިޚިދުމަތް ފެށުމާއެކު، ދެން ށ އަތޮޅުގައި ކުރާ ދަތުރުތަކަށް އަގު ނަގާނެއެވެ. ނަމަވެސް 65 އަހަރުން މަތީގެ މީހުންނާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ދަފްތަރުގައި ހިމެނޭ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަދިވެސް ހިލޭ ދަތުރުކުރެވޭނެއެވެ.

އާރްޓީއެލްއިން ށ އަތޮޅުގެ 7 ރޫޓެއްގައި ފެރީގެ ޚިދުމަތް ދޭނެއެވެ. އެއީ ބިލެތްފަހި-ކުޅުދުއްފުށި ސިޓީ ރޫޓާއި، ބިލެތްފަހި-ފުނަދޫ ރޫޓާއި، ނޫމަރާ-ބިލެތްފަހި ރޫޓާއި، ކަނޑިތީމު-ބިލެތްފަހި ރޫޓާއި، ފީވަށް-ފުނަދޫ ރޫޓާއި، ފުނަދޫ-ކުޅުދުއްފުށި ސިޓީ ރޫޓާއި، މަރޮށި-ފުނަދޫ ރޫޓެވެ. މި ދަތުރުތަކުގައި 4 ފެރީއެއް ބޭނުންކުރާނެއެވެ.

އެމްޓީސީސީން ބުނީ، ރަސްމީކޮށް މި ދަތުރުތައް ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރުން ހުއްޓާލާފައިވާކަމަށެވެ. މި ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ދެން ޓިކެޓް ބުކްކުރަންޖެހޭނީ އެމްޓީސީސީން އެކަމަށް ޚާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ. ކިޔުއާރް ޓިކެޓް ނަގާނެގޮތުގެ މައުލޫމާތު އާރުޓީއެލްގެ ޔޫޓިއުބް ޗެނަލާއި ސޯޝަލް މީޑިއާއިން ލިބޭނެއެވެ.

ށ އަތޮޅުގައި އާރްޓީއެލް ފެރީ ދަތުރުތައް ރަސްމީކޮށް ފެށުމާއެކު "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް"ގެ ދަށުން، ޒޯން 1ގައި ހިމެނޭ ހުރިހާ ރަށެއްގައި މި ޚިދުމަތް ދޭންފެށުނީއެވެ. މިހާތަނަށް މިޚިދުމަތް ފަށާފައިވަނީ ހއ އާއި ހދ އަތޮޅުގައެވެ.

މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ޚިދުމަތް ފަށާފައިވާއިރު ދެވަނަ ފިޔަވަހީގައި ނ، ރ، ބ، ޅ، ގއ، ގދ، ޏ، އަދި ސ ގުޅާލާނެއެވެ. އަދި ތިންވަނަ ފިޔަވަހީގައި ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ ގުޅާލުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 188 ރަށް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރުގެ އޮގަސްޓް މަހު، ފެރީގެ ނިޒާމުން އިތުރު 5 އަތޮޅު ގުޅާލެވޭނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް