Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަންތާ އެއަރއިން ހޯރަފުއްޓަށް ދަތުރުތައް ފެށުން

މަންތާ އެއަރގެ ދަތުރުތަކާއެކު ހޯރަފުށީގެ ފަތުރުވެރިކަމަށް އައު އުންމީދެއް

ދަތުރުތައް ފަށާފައިވަނީ ގިނަ މަޝްވަރާތަކަކަށްފަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2022 | ހޯމަ 16:37
މަންތާ އެއަރގެ ދަތުރުތައް ހޯރަފުއްޓަށް ފެށުން

މަންތާ އެއަރގެ ދަތުރުތައް ހޯރަފުއްޓަށް ފެށުން

މަންތާ އެއަރއިން ހއ. ހޯރަފުއްޓަށް ޗާޓަރޑް ޝެޑިއުލް ދަތުރުކުރަން ފެށުމަކީ ހޯރަފުއްޓާއި އެ ސަރަހައްދުގެ ފަތުރުވެރިކަމަށް އިތުރު އުންމީދެއް ގެނެސްދިންކަމެއް ކަަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު "ރާއްޖެއެމްވީ"އަަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މަންތާ އެއަރގެ ދަތުރުތައް އެރަށަށް ފެށުމަކީ، އެ ސަރަހައްދުގެ ރިސޯޓްތަކާއި، ހޯމްސްޓޭ ވިޔަފާރިއާއި ގެސްޓް ހައުސް ވިޔަފާރިތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި ހޯރަފުއްޓަށް ދަތުރުތައް ފެށުމަކީ އެ ރަށަށް ދަތުރުކުރާ ފްލައިޓްތައް މަދުވުމުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހޯމަ ދުވަހު މަންތާ އެއަރއިން ހޯރަފުއްޓަށް ދަތުރުތައް ފަށާފައިވަނީ ޖޭއޭ މަނަފަރާއި، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އަދި މަންތާ އެއަރއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މި ކަމާގުޅޭގޮތުން "ރާއްޖެ އެމްވީ"އަށް މައުލޫމާތުދެއްވަމުން އާރްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޮމަރޝަލް މުޙައްމަދު މަޢުރޫފް ވަނީ، މަންތާއިން ހޯރަފުއްޓަށް ދުވާލަކު 2 ދަތުރުކުރުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. މިއީ އެއަރޕޯޓުން ޚިދުމަތް ހޯދަމުންދާ ފަސިންޖަރުންނަށް އުފާވެރި ޚަބަރެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާގުޅޭގޮތުން މަންތާ އެއަރގެ ސީއީއޯ މުޙައްމަދު ޚަލީލް "ރާއްޖެ އެމްވީ"އަށް ވިދާޅުވީ، މިވަގުތު މަންތާއިން ހޯރަފުއްޓަށް ދުވާލަކު ދެ ދަތުރު ކުރިނަމަވެސް، ޑިމާންޑް އޮންނަ ވަރަކަށް ބެލުމަށްފަހު އެ އަދަދަށް ބަދަލުގެންނަވާނެކަމަށެވެ. އަދި ހޯރަފުއްޓަށް އެ އެއަރލައިންގެ ދަތުރުތައް ފަށާފައިވަނީ ކަމާބެހޭ ފަރާތްތަކާއެކު މަހެއްހާދުވަސް ވަންދެން ކުރި މަޝްވަރާތަކަށް ފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަންތާ އެއަރއިން ވަނީ ހޯރަފުށީގައި އެ އެއާލައިންގެ ޚިދުމަތްތައް ވީ އެންމެ ފުރިހަމައަަށް ދިނުމަށް މަސައްކަތްކުރާނެކަން ފާހަގަކޮށްފައެވެ. އަދި މިއީ ރާއްޖެއަށް އެ އެއަރލައިންގެ ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް ލިބުނު ރަނގަޅު ކުރިއެރުމެއްކަމަށްވެސް އެ އެއަރލައިނުން ވަނީ ފާހަގަކޮށްފައެވެ. ޖޭއޭ މަނަފަރުން ވަނީ މަންތާ އެއަރއާއެކު ހޯރަފުއްޓަށް ދަތުރުކުރުމަށްޓަކައި، އެ ކުންފުންޏާއި މަންތާއާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް ގާއިމުވެފައިވާކަން ފާހަގަކޮށްފައެވެ.

މަންތާ އެއަރއިން ހޯރަފުއްޓަށް ދަތުރުތައް ފަށާފައިވަނީ ޖޭއޭ މަނަފަރާއި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް)، އަދި މަންތާ އެއަރއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ޚިދުމަތް ފަށާފައި ވަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ޖޭއޭ މަނަފަރާއި، އާރްއޭސީއެލް އަދި މަންތާ އެއަރއާއެކު މަހެއްހާ ދުވަސް ވަންދެން ކުރި މަޝްވަރާތަކަކަށް ފަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަށްތަކުގައި ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް

ރަށްތަކުގައި ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު އައްޑޫ އަދި ފުވައްމުލަކު ސިޓީ އަށް

08 ޖެނުއަރީ 2019
ރާއްޖޭގެ ފުރަތަމަ މަންތާ ފެސްޓިވަލް ރައީސް ނަޝީދު އިފްތިތާހު ކޮށްދެއްވައިފި

ރާއްޖޭގެ ފުރަތަމަ މަންތާ ފެސްޓިވަލް ރައީސް ނަޝީދު އިފްތިތާހު ކޮށްދެއްވައިފި

24 ނޮވެމްބަރު 2018
ފަތުރުވެރިކަމަށް ތައްޔާރުކުރުމަށް ޓްރޭނިން ސެންޓަރުތަކެއް ގާއިމު ކުރާނަން: ފައިސަލް

ފަތުރުވެރިކަމަށް ތައްޔާރުކުރުމަށް ޓްރޭނިން ސެންޓަރުތަކެއް ގާއިމު ކުރާނަން: ފައިސަލް

10 އޯގަސްޓު 2018
ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރޭ: ގެސްޓް ހައުސް އެސޯޝިއޭޝަން

ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރޭ: ގެސްޓް ހައުސް އެސޯޝިއޭޝަން

21 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަތުރުވެރިކަމަށް ވަރަށް ބޮޑު ހީނަރުކަމެއް!

ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަތުރުވެރިކަމަށް ވަރަށް ބޮޑު ހީނަރުކަމެއް!

11 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު