Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަންޓާ އެއަރ

ދިވެހި ރުފިޔާ އިން މުސާރަ ދޭތީ، މަންޓާ އެއަރގެ މުވައްޒަފުން ވެސް އިހުތިޖާޖަށް ނުކުމެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ!

އެއަރލައިނެއްގެ މުވައްޒަފުން އިހުތިޖާޖު ކުރުމަކީ އެއީ ކަންބޮޑުވާ ކަމެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް އެންޑް ޓުއަރ އޮޕަރޭޓާރސް (މަޓާޓޯ)އިން ވަނީ މީގެ ކުރިން ބުނެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ޖުލައި 2025 | ހޯމަ 17:57
މަންޓާ އެއަރގެ ބައެއް މުވައްޒަފުން

މަންޓާ އެއަރގެ ބައެއް މުވައްޒަފުން

ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން މުސާރަ ދިނުމަށް ނިންމުމާއި ގުޅިގެން މަންޓާ އެއަރގެ މުވައްޒަފުން ވެސް އިހުތިޖާޖަށް ނުކުމެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަންޓާ އެއަރގެ މުވައްޒަފުން ވަނީ މިކަމާއި ގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުން ބާއްވާފައި މި ވަނީ ޖުލައި 26 ގައި ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)ގެ މުވައްޒަފުން އިހުތިޖާޖު ކުރަން ނިންމާފައިވާކަމަށް ބުނުމާއި އެކު އެ މުވައްޒަފުންނަށް އަލުން ޑޮލަރުން ފައިސާ ދޭން ޓީއެމްއޭ އިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީ އަށް އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މަންޓާ އެއަރގެ މުވައްޒަފުން ވަނީ މި މައްސަލަ އާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މުވައްޒަފުން ޤަބޫލު ކުރާ ގޮތުން މި ބަދަލަކީ މުވައްޒަފުންނަށް ލިބެމުން އައި މުސާރަ ވެސް ކުޑަ ވާނެ ކަމެކެވެ. އަދި މި ކަމަށް ވަގުތުން ވަގުތަށް ހައްލެއް ހޯދާދިނުމަކީ މުވައްޒަފުންގެ ޑިމާންޑެކެވެ. ޚާއްސަކޮށް ތަކެތީގެ އަގު އުފުލެމުންދާ އިރު މިފަދަ ބަދަލެއް މުސާރަ އަށް ގެނައުން ގިނަ މުވައްޒަފުން ބަލަ އެއް ނުގަނެއެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުވުން ބާއްވާފައިވާކަން މަންޓާ އެއަރގެ މެނޭޖްމެންޓުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. މީގެ ކުރިން މަންޓާ އެއަރ އިން ބުނީ ޑޮލަރުން މުސާރަ ދިނުމުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭން ނިންމަން ޖެހުނީ އެ ނޫން ގޮތެއް ނެތުމުން ކަމަށެވެ. މިވަގުތުގެ ހާލަތަށް ބަލާ އިރު މި މައްސަލަ ހައްލު ނުކޮށްފި ނަމަ މަންޓާ އެއަރގެ މުވައްޒަފުން ވެސް އިހުތިޖާޖްކުރުމުގެ ފުރުސަތު ބޮޑެވެ.

މަންޓާ އެއަރގެ މުވައްޒަފުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، އެއަރލައިނެއްގެ މުވައްޒަފުން އިހުތިޖާޖު ކުރުމަކީ އެއީ ކަންބޮޑުވާ ކަމެއް ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް އެންޓް ޓުއަ އޮޕަރޭޓާސް (މަޓާޓޯ)އިން ވަނީ ބުނެފައެވެ. އެގޮތުން ޓީއެމްއޭގެ މުވައްޒަފުން އިހުތިޖާޖު ކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ނެރުނު ބަޔާނެއްގައި، ފަތުރުވެރިން ކުރާ ދަތުރުތަކަށް އަސަރު ކުރުމަކީ ރާއްޖޭގެ މުޅި ޓޫރިޒަމްގެ އަގު ވެއްޓިދާނެ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެއެވެ.

މިފަދަ އިހުތިޖާޖެއް ކުރުމަކީ، ފަތުރުވެރިންގެ ފްލައިޓުތައް މަޑުޖެހި، ރިސޯޓުތަކަށާއި އެ އެއަރލައިންތަކަށް ވެސް އޭގެ ގެއްލުން ކުރާނެ ކަމެއް ކަމަށާއި އެއީ ރާއްޖޭގެ ރީތި ނަމަށް ލިބޭ ހުތުރު ނަމެއް ކަމަށް ބުނެފައިވެއެވެ. އެހެންކަމުން ކަމާއި ބެހޭ ފަރާތްތަކުން މިކަމަށް ހައްލު ހޯދާދިނުމަށް އެ ޖަމިއްޔާ އިން ވަނީ ކުރިން ވެސް ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު