Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބައިނަލްއަގުވާމީ ފޮޓޯ މުބާރާތް

ބައިނަލްއަގުވާމީ ފޮޓޯ މުބާރާތުގެ ވެބްސައިޓް ލޯންޗުކޮށް، ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ 50 ޑައިވް ސައިޓެއް މުބާރާތުން ހޮވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2022 | ހޯމަ 10:43
މި ހަރަކާތުގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމާއި އަދި ހިތްގައިމު ތަންތަނުގެ ހާލަތު ދެނެގަނެގަތުން

މި ހަރަކާތުގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމާއި އަދި ހިތްގައިމު ތަންތަނުގެ ހާލަތު ދެނެގަނެގަތުން

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޓޫރިޒަމް މިނިސްޓްރީއާއި އޯޝަން ޖިއޯގްރަފިކް އަދި މޯލްޑިވްސް އެލަޔަންސް ފޯރ ޑައިވް އޮޕަރޭޓަރސް (މޯޑޯ) ގުޅިގެން ބޭއްވުމަށް ނިންމާފައިވާ، ބައިނަލްއަގުވާމީ ފޮޓޯ މުބާރާތުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ވަރޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައި، މި ފޮޓޯ މުބާރާތުގެ ރަޖިސްޓްރޭޝަނަށް ހުޅުވާލީ 40 އަހަރު މިދާއިރާގައި މަސައްކަތްކޮށްފައިވާ ޙުސައިން ރަޝީދު (ސެންޑި)އެވެ. މި ބައްދަލުވުމުގައި ފޮޓޯ މުބާރާތުގެ ވެބްސައިޓްވެސް ވަނީ ލޯންޗުކޮށްފައެވެ.

Advertisement - newsAdvertisement

ޙުސައިން ރަޝީދު ބުނީ މިއީ މިނިސްޓްރީން ފަށައިގަތް ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. ކުރިން ރާއްޖެ ޑައިވިންގ ޑެސްޓިނޭޝަނެއްގެ ގޮތުގައި މަޝްހޫރުވެގެންދިޔަކަން ފާހަކޮށް އޭނާ ބުނީ، އުންމީދަކީ ރާއްޖޭގައި ކަނޑުއަޑީގެ ފޮޓޯ ނަގާ ގިނަ މީހުންތަކެއް އުފެދިގެން ދިޔުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރ ޢަބްދުﷲ މަޢުޞޫމް ވިދާޅުވީ، މިއީ ވަރަށް ކުޑަ ގޮތަކަށް ފަށައިގަތް ކަމެއް ނަމަވެސް މިހާރު ވަރަށް ބޮޑު ކަމަށް ބަދަލުވެއްޖެކަމަށެވެ. މިއަހަރު މި މުބާރާތް ފަށައިގަތްނަމަވެސް، ކޮންމެ އަހަރަކުވެސް ފޮޓޯ މުބާރާތް ބާއްވާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިކަމުގެ ސަބަބުން ފަރުތަކަށް އަންނަ ބަދަލުތައް އެނގިގެންދާނެކަމަށެވެ.

1 ދުވަހުގެ މުއްދަތައް ކުރިއަށްދާ ފޮޓޯ ނެގުމުގެ މި މުބާރާތް ކުރިއަށްދާނީ މުޅި ރާއްޖެއިން ފާހަގަކޮށްލެވޭ 50 ޑައިވް ސައިޓެއްގައި، ހެނދުނު 7:30ން ހަވީރު 17:30އަށެވެ. އިވެންޓްގެ ވެބްސައިޓުން، މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ޕޯޓަލްއާއި، އިވެންޓާގުޅޭ އިތުރު މައުލޫމާތާއި، އަދި މުބާރާތުގެ ޝަރުތުތައް ބެލެންހުންނާނެއެވެ.

މި ހަރަކާތް ކުރިއަށްގެންދިއުމުގެ މައިގަނޑު އެއް މަގުސަދަކީ ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމާއި އަދި ހިތްގައިމު ތަންތަނުގެ ހާލަތު ދެނެގަނެ، މުސްތަގުބަލުގައި މިފަދަތަންތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއެކު، ފަތުރުވެރިމަކުގެ ރަން އަހަރު ކުލަގަދަކޮށް ފާހަގަކުރުމެވެ. ފޮޓޯ ނެގުމުގެ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރާތެއްގެ ގޮތުގައި، ޑައިވްސައިޓް ތަކުގެ ފޮޓޯ ނެގުމާއެކު މިފަދަ ތަންތަނުގެ ހާލަތު ދެނެގަނެވޭފަދަ ހަރުދަނާ ޕްލެޓް ފޯމެއް ގާއިމްކުރެވޭނެފަދަ ގޮތަކަށެވެ.

މި މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސެޓްފިކެޓް ދޭން ހަމަޖެހިފައިވާއިރު، ވަނަތައް ހޮވުމުގައި ހަރަކާތްތެރިވާނީ ބައިނަލްއަގުވާމީ ޓީމަކުންނެވެ. އެއްވަނައާއި ދެވަނަ ހޮވުމަށް ހަޖެހިފައިވާއިރު، ކޮންމެ ޑައިވް ސައިޓަކުން ފާހަގަކޮށްލެވޭ އިތުރު 3 ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ ވަނަތައް އިއުލާންކުރުމަށް ހަމަޖެހިފައިވަނީ 5 އޮކްޓޯބަރ 2022ގައެވެ. ޑައިވްގެ ތެރެއިން ކުރިއަށްގެންދާ ފޮޓޯ މުބާރާތުގައި، ދިވެހި ފޮޓޯގްރާފަރުންނާއި ބައިނަލްއަގުވާމީ ފޮޓޯގްރާފަރުންނަށްވެސް ބައިވެރިވެވޭނެއެވެ. މި މުބާރާތުގައި ދިވެހި ފޮޓޯގްރާފަރުންނަށް ހިލޭ ބައިވެރިވެވޭއިރު، ބޭރުގެ ފޮޓޯގްރާފަރުން 10 ޑޮލަރުގެ ފީއެއް ދައްކަންޖެހެއެވެ. މުބާރާތުގައި ނަގާ ފޮޓޯތަކުގެ ތެރެއިން އެންމެ ރީތި 3 ފޮޓޯ، އެ ޑައިވްއަށް ޚާއްސަ ފޮތުގައި ހިމަނާނެއެވެ.

އަދި މޮޅު ފޮޓޯތައް އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ އަންޑަރވޯޓަރ އެގްޒެބިޝަނުގައި، ފޮޓޯގްރާފަރުގެ ނަމާއެކު ހިމަނާނެއެވެ. މިއީ ދިވެހި ފޮޓޯގްރާފަރުންނަށް، އެހެން ގައުމުތަކުގެ ފޮޓޯގްރާފަރުންނާ ވާދަކޮށްލުމަށް ލިބޭ ފަހި ފުރުސަތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ މަރާގުޅިގެން ދެމީހަކު ހޯދަން ފޮޓޯ އާއްމުކޮށް، މައުލޫމާތު އެނގޭ ފަރާތެއްނަމަ ހިއްސާކުރުމަށް އެދިއްޖެ

ޔާމީންގެ މަރާގުޅިގެން ދެމީހަކު ހޯދަން ފޮޓޯ އާއްމުކޮށް، މައުލޫމާތު އެނގޭ ފަރާތެއްނަމަ ހިއްސާކުރުމަށް އެދިއްޖެ

25 އެޕްރީލު 2017
ޕޮލިހަށް ހާޒިރުކޮށް ގާސިމް އަޑާއި ފޮޓޯ ނަގައިފި

ޕޮލިހަށް ހާޒިރުކޮށް ގާސިމް އަޑާއި ފޮޓޯ ނަގައިފި

02 އެޕްރީލު 2017
ކެޓީ ޕްރައިސްގެ ބަރަހަނާ ފޮޓޯއާ ބެހޭ ގޮތުން އެއްވެސް މީޑިއާއަކާ ވާހަކަ ދައްކާފައެއް ނުވާނެ: ފުލުހުން

ކެޓީ ޕްރައިސްގެ ބަރަހަނާ ފޮޓޯއާ ބެހޭ ގޮތުން އެއްވެސް މީޑިއާއަކާ ވާހަކަ ދައްކާފައެއް ނުވާނެ: ފުލުހުން

01 އެޕްރީލު 2017
ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި

ހދ އަތޮޅު ޤުރުއާން މުބާރާތުގެ އެއްވަނަ ވިދިވިދިގެން ވައިކަރަދޫ 4 ވަނަ ފަހަަރށް ހޯދައިފި

13 މާރިޗު 2017
ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

02 މާރިޗު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު