Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ރެއާލް މެޑްރިޑްގެ ރަނގަޅު ފެށުން ކުރިއަށް، ބާސާ ދެވަނައަށް!

ތިންވަނާގައި އޮތީ ރެއާލް ބެޓިސް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 4 ސެޕްޓެމްބަރު 2022 | އާދީއްތަ 02:26
ލެވާންޑޯސްކީގެ ލަނޑަށްފަހު ބާސެލޯނާއިން އުފާ ފާޅުކުރަނީ

ލެވާންޑޯސްކީގެ ލަނޑަށްފަހު ބާސެލޯނާއިން އުފާ ފާޅުކުރަނީ

ޗެމްޕިއަން ރެއާލް މެޑްރިޑްގެ އާސީޒަންގެ ރަނގަޅު ފެށުން ދަމަހައްޓައިފިއެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ވަނީ ކުޅުނު ހަތަރު ވަނަ މެޗުވެސް ކާމިޔާބުކޮށް އެއްވަނަ މަޤާމް ދަމަހައްޓާފައެވެ. ހަތަރު ވަނަ މެޗުގައި ރެއާލް ބެޓިސް އަތުން މޮޅުވީ 2-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ރެއާލްއަށް ކުރި ހޯދައިދިނީ ވިނީޝިއުސް ޖޫނިއަރއެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ހޯދި ލީޑް ގެއްލުނީ 17 ވަނަ މިނެޓުގައި ކަނާލެސް ޖެހި ލަނޑުން ބެޓިސްއިން ނަތީޖާ ހަމަހަމަކުރުމުންނެވެ. ރެއާލް މެޗުން މޮޅުކޮށްދިން ލަނޑު ޖެހީ ރޮޑްރީގޯއެވެ. އޭނާ ލަނޑު ޖެހީ 65 ވަނަ މިނެޓުގައެވެ. މިއީ ހަތަރު މެޗުގެ ތެރެއިން ރެއާލް ބެޓިސް ބަލިވި ފުރަތަމަ މެޗެވެ. އެޓީމް އޮތީ ތިންވަނާގައެވެ.

ވާދަވެރި ބާސެލޯނާ ވަނީ 3-0 ން ސެވިއްޔާ ބަލިކޮށް ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. ބާސާގެ ފުރަތަމަ ލަނޑު ޖެހީ ބްރެޒިލް ފޯވާޑް ރަފީނިއާއެވެ. ދެވަނަ ލަނޑު ޖެހީ ޕޮލެންޑް ފޯވާޑް ލެވާންޑޯސްކީއެވެ. އަދި ތިންވަނަ ލަނޑު ޖެހީ އެރިކް ގާސިއާއެވެ. ބާސާ ދެވަނާގައި އޮތީ 10 ޕޮއިންޓާއެކުއެވެ. ލީގުގެ ފުރަތަމަ ހަތަރު މެޗުން ބާސާވެސް ބައްޔެއް ނުވެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު