Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަންތަނަށް އެއްވުން

"ތަންތަނަށް އެއްވަންޏާ ހައްޖަށް ދާންވީނޫންތޯ"އޭ ވިދާޅުވެވުނު ހަނދުމަފުޅެއް ރައީސް ޔާމީން ނުވޭ

ރައީސް ޔާމީންގެ ސަރުކާރުގައި މީޑިއާތަކަށް މާ ބޮޑަށް މިނިވަންކަން ދީފައިވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 ސެޕްޓެމްބަރު 2022 | ހޮނިހިރު 04:53
ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ

ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ

"ތަންތަނަށް އެއްވަންޏާ ހައްޖަށް ދާންވީނޫންތޯ"އޭ ވިދާޅުވެވުނު ހަނދުމަފުޅެއް ނުވާކަމަށް، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީންވަނީ ތަންތަނަށް އެއްވުމާ ދެކޮޅަށް ވާހަކަފުޅުދައްކަވާފައެވެ. އަދި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ "ތަންތަނަށް އެއްވަންޏާ ހައްޖަށް ދާންވީނުންތޯ"އޭ ވިދާޅުވެފައެވެ.

އެހެންނަމަވެސް ހުކުރު ދުވަހުގެ ރޭ ސަންގު ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ، އެފަދައިން ވިދާޅުވެވުނުކަމުގެ ހަނދުމަފުޅު ނެތްކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ، ތަނަކަށް އެއްވާނަމަ އެއްވާނެ ތަންތަން ކަނޑައަޅުއްވައިދެއްވިކަމަށާއި، އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން އެތަންތަނަށް އެއްވެފައިވޭނޫންތޯއޭ ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ މީހުން އެއްވާ ސަރަހައްދުތަކަށް ފުލުހުން ދަނީ އެތަނެއްގެ ހަމަޖެހުން ނަގާލައިފިކަމަށްވާނަމަ ކަމަށެވެ. އަދި ގާނޫނާ ޚިލާފު ކަންތައްތަކެއް ނުހިނގާނަމަ ފުލުހުން އެ އެއްވުން ހުއްޓުވައެއް ނުހަދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން މުޒާހަރާކުރަން ޖާގަ ދޭ މިންވަރަށްވުރެ ބޮޑަށް އެމަނިކުފާނުގެ ސަރުކާރުން މުޒާހަރާކުރުމަށް ފުރުސަތު ދީފައިވާނެކަމަށް ޔާމީން ވިދާޅުވިއެވެ. އޭރު ރައީސް އޮފީސް ކައިރީގައި މުޒާހަރާކުރުމުގެ ފުރުސަތުވެސް ދީފައިވާނެ ކަމަށާއި، އެހެންނަވެސް މިހާރު އެ ފުރުސަތުވެސް ނޯންނަކަމަށް ވިދާޅުވިއެވެ.

މީޑިއާގެ މިނިވަންކަން ބޮޑަށް އޮތީ މިހާރުތޯ ނޫނީ ކުރީ ސަރުކާރުގައިތޯ އެމަނިކުފާނު ވަނީ ސުވާލުކުރައްވާފައެވެ. މަސްދަރު ހާމަކުރަންޖެހޭގޮތަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ކުރީ ސަރުކާރުގައި ނޫސްވެރިންނަށް ވަކި ވާހަކައެއް ލިޔުން މަނާކޮށްފައިނުވާނެކަމަށެވެ.

ކުރީ ސަރުކާރުގައި ޓީވީ ޗެނަލްތަކުން ބްރޯޑްކާސްޓުކުރާ އެއްޗެއްގެ ސަބަބުން އެ ޓީވީ ޗެނަލްތަކާއިމެދު ފިޔަވަޅު އަޅާފައިވާތީ، އެކަމާގުޅިގެން ދެންނެވުނު ސުވާލުގެ ޖަވާބުގައި ޔާމީން ވިދާޅުވީ، އެގޮތަށް ޖޫރިމަނާކޮށްފައި ހުރެދާނެ ކަމަށެވެ. ރީބްރޯޑްކާސްޓުކުރާއިރު ލައިވްކޮށް އެކަން ކުރާނަމަ އެކަމާމެދު ފިޔަވަޅު އަޅާފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުން ބަޔާންތަކެއް ނެރެފައިވަނިކޮށް އަނެއްކާވެސް ބްރޯޑްކާސްޓުކޮށްފިނަމަ ފިޔަވަޅު އަޅާފާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސަރުކާރުގައި އަބުރުގެ ގާނޫނު ހަދަންޖެހުނީ އެއްވެސް ވަރަކަށް ބަލާލުމެއްނެތި ބޭނުންހާ އެއްޗެއް ކިޔަމުންދާތީ ކަމަށާއި، އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ދައުވާކުރެވޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
30 ޖެނުއަރީ 2025

"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"

30 ޖެނުއަރީ 2025
"އީސީގެ ޒިންމާ އަދާ ނުކުރެވޭ ކަމަށް އާއްމުން ޤަބޫލުކުރޭ، ވަގު ފޯމް ހުށަހެޅެނީ އީސީން އެކަން ފަހިކޮށްދޭތީ"
21 ޑިސެމްބަރު 2024

ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން

21 ޑިސެމްބަރު 2024
ރައީސް މުއިއްޒު އާއި ވަޒީރުންނަށް ވެސް ފަޒުލްގެ ކޮރަޕްޝަންގެ ކަންކަން އެނގޭނެ، މައްސަލަ އެއް ނުބެލޭނެ - ރައީސް ޔާމީން
10 ޑިސެމްބަރު 2024

ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން

10 ޑިސެމްބަރު 2024
ރައްޔިތުން ތިބީ ހާލުގައި، ސަރުކާރުން ފިކުރިއްޔާތުގެ ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެ - ޔާމީން
31 އޮކްޓޯބަރު 2024

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް
29 އޮކްޓޯބަރު 2024

މިވަރުން ދަންޏާ މަޖިލީހަށް ވެސް ރައީސް މުއިއްޒުގެ މެމްބަރުން އައްޔަންކުރާނެ - ރައީސް ޔާމީން

29 އޮކްޓޯބަރު 2024
މިވަރުން ދަންޏާ މަޖިލީހަށް ވެސް ރައީސް މުއިއްޒުގެ މެމްބަރުން އައްޔަންކުރާނެ - ރައީސް ޔާމީން
29 އޯގަސްޓު 2024

ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރުމުގެ ވިސްނުން އަބްދުއްރަހީމްގެ އެބަ ހުރި - ކުރީގެ ރައީސް ޔާމީން

29 އޯގަސްޓު 2024
ސަރުކާރާއި ދެކޮޅަށް ބަޣާވާތްކުރުމުގެ ވިސްނުން އަބްދުއްރަހީމްގެ އެބަ ހުރި - ކުރީގެ ރައީސް ޔާމީން
28 އޯގަސްޓު 2024

ސިނަމާލެ ބްރިޖުން ލޭނެއް މަދުވެއްޖެ، ޒިންމާ ނަގާނެ މީހަކު ނެތަސް ކަންހިނގި ގޮތް މިއޮތީ!

28 އޯގަސްޓު 2024
ސިނަމާލެ ބްރިޖުން ލޭނެއް މަދުވެއްޖެ، ޒިންމާ ނަގާނެ މީހަކު ނެތަސް ކަންހިނގި ގޮތް މިއޮތީ!
26 އޯގަސްޓު 2024

ކުރީގެ ރައީސް ޔާމީނަށް ޖާސޫސްކުރުމަށް އަދީބުގެ އަތުން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނެންގެވިކަމަށް ތުހުމަތުކޮށްފި

26 އޯގަސްޓު 2024
ކުރީގެ ރައީސް ޔާމީނަށް ޖާސޫސްކުރުމަށް އަދީބުގެ އަތުން ރައީސް މުއިއްޒު 14 މިލިއަން ރުފިޔާ ނެންގެވިކަމަށް ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު