Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބު

ރިޔާސީ އިންތިޚާބަށް އެމްއާރްއެމްއިން ނެރޭނެ ކެންޑިޑޭޓަކާ މެދު އަދި މަޝްވަރާނުކުރޭ: ރައީސް މަޢުމޫން

އެމްއާރްއެމް އިން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ބައްދަލުވުމެއް ބޭއްވުމަށްފަހު، ވޯޓަކަށް އަހައިގެން މެމްބަރުން ބޭނުންވާ ގޮތަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ސެޕްޓެމްބަރު 2022 | ހުކުރު 08:03
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން

އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ރިޔާސީ އިންތިޚާބުގައި ނެރޭނެ ކެންޑިޑޭޓަކާމެދު އަދި މަޝްވަރާ ނުކުރައްވާ ކަމަށް ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވީޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއެއް ވެސް އުފެއްދުމުގެ މަޤްސަދަކީ ވެރިކަމަށް އައިސް ރައްޔިތުންނަށް ޚިދުމަތްކޮށްދިނުން ކަމުގައެވެ.

ސިޔާސީ ޕާޓީ ވެރިކަމުގައި ނެތްނަމަ އެޕާޓީއަކުން ބޭނުންވާ ކަންތައްތަކާއި ބަދަލުތައް ނުގެނެވޭނެ ކަމަށާއި ކޮންމެ ޕާޓީއެއްގެ ވެސް ދުރު ރާސްތާ ޕްލޭނަކީ ވެރިކަމަށް އައުން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެމްއާރްއެމްއަށް ވެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް އެމްއާރްއެމް އިން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ބައްދަލުވުމެއް ބޭއްވުމަށްފަހު، ވޯޓަކަށް އަހައިގެން މެމްބަރުން ބޭނުންވާ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު ހިންގަމުން އަންނަ ގޮތާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ އެއްވެސް ސަރުކާރަކަށް ހުރިހާ ކަމެއް ރަނގަޅަކަށް ނުކުރެވޭނެ ކަމަށާއި އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ގިނަ ކަންތައްތައް ދަނީ ރަނގަޅަށް ކަމަށެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއިދުކުރައްވާނެތޯ ނުވަތަ ނޫންތޯ އެއީ ކުރިއަތް އޮތް ތާނގައި މަޝްވަރާ ކުރަން ހުރި ކަންތައްތައް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އެކި ޕާޓީތަކުން ފަށާފައިވާއިރު ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަ ކުރާނެ ކަމަށާއި ނަމަވެސް ކުރާނެ ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް އެ ޕާޓީން ވެސް ވަނީ ބުނެފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކު ކަނޑައަޅަން ބާއްވާ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި ނިންމާފައި ނުވާ ކަމަށް އެމްޑީޕީ ބުނެފައިވާއިރު ރިޔާސީ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓް ވަނީ އަރުވާފައެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް 120 މިލިއަން ރުފިޔާގެ ބަޖެޓެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ބަޖެޓް ކަނޑައަޅާފައިވަނީ ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ކަމަށެވެ.

އިލެކްޝަނުން ބަޖެޓް ކަނޑައަޅާފައިވަނީ އިންތިޚާބުގައި ދެ ބުރު ބާއްވަންޖެހިއްޖެ ހާލަތުގައި އެކަމަށްވެސް ބެލުމަށްފަހު ކަމަށާއި އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިއަން ރުފިޔާ، އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ 25 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބެވެ. މި އިންތިޚާބުގެ ވޯޓު ފޮށިތައް ރިސޯޓުތަކާއި ރާއްޖޭން ބޭރުގެ ގައުމުތަކާއި އިންޑަސްޓްރިއަލް ރަށްތަކުގައި ވެސް ބަހައްޓަންޖެހޭއިރު، ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންވެސް އިތުރުވާނެއެވެ.

ރިޔާސީ އިންތިޚާބު 2023މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ރައީސް މައުމޫން އަބްދުލް ގައްޔޫމް

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2025

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ
03 ނޮވެމްބަރު 2024

ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން

03 ނޮވެމްބަރު 2024
ސިޔާސީ ކަންކަމަށް ވުރެ ޤައުމީ އުސޫލުތަކަށް އަބަދުވެސް އިސްކަން ދޭން ވާނެ - ރައީސް މައުމޫން
03 ނޮވެމްބަރު 2024

ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"

03 ނޮވެމްބަރު 2024
ކާމިޔާބު ކައިވެންޏަކަށް ރައީސް މައުމޫނުގެ ލަފާ "އެހެން ދިމަދިމާލަށް ނުބަލާ"
03 ނޮވެމްބަރު 2024

ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު

03 ނޮވެމްބަރު 2024
ދިވެހި ރާއްޖެ ދިފާއު ކުރުމަށްޓަކައި އިންޑިއާ ސިފައިން ބޭނުންވާ ވާހަކަ ރަޖީވް ގާނދީ އަށް ދެންނެވިން: ރައީސް މައުމޫނު
25 ޑިސެމްބަރު 2023

ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

25 ޑިސެމްބަރު 2023
ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި
11 ނޮވެމްބަރު 2023

ދިގު 30 އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަފާތު ކުރިއެރުންތަކާއި ތަރައްޤީ ޙާސިލުކުރެވުނު: ރައީސް މައުމޫން

11 ނޮވެމްބަރު 2023
ދިގު 30 އަހަރު ދިވެހި ޤައުމާއި ރައްޔިތުންނަށް އިޤްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަފާތު ކުރިއެރުންތަކާއި ތަރައްޤީ ޙާސިލުކުރެވުނު: ރައީސް މައުމޫން
03 ނޮވެމްބަރު 2023

ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއަކީ ދިވެހިރާއްޖޭގެ ތާރީހުގަައި ވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް - ކުރީގެ ރައީސް މައުމޫން

03 ނޮވެމްބަރު 2023
ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާއަކީ ދިވެހިރާއްޖޭގެ ތާރީހުގަައި ވެސް ކުރިމަތިވި އެންމެ ބިރުވެރި ދުވަސް - ކުރީގެ ރައީސް މައުމޫން
29 އޮކްޓޯބަރު 2023

އަރަބި ޤައުމުތަކުން ފަލަސްޠީނަށް އެހީނުވާތީ ކުރީގެ ރައީސް މަޢުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

29 އޮކްޓޯބަރު 2023
އަރަބި ޤައުމުތަކުން ފަލަސްޠީނަށް އެހީނުވާތީ ކުރީގެ ރައީސް މަޢުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
05 އޮކްޓޯބަރު 2023

ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި

05 އޮކްޓޯބަރު 2023
ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި
05 އޮކްޓޯބަރު 2023

ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ

05 އޮކްޓޯބަރު 2023
ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް