Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޢިރާޤުގެ ސިޔާސީ މަސްރަހް

ޤައުމަށްޓަކާ މަރުވާން ތައްޔާރު: ޞަދްރުގެ އިސްތިއުފާއާއެކު ލޭ ކެކުނު ޒުވާނުން، ގަނޑުވަރުގެ ފަތާ ފެންގަނޑަށް!

1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 07:01

ވެރިރަށް ބަޣްދާދްގެ އެކި ހިސާބުތަކުން ބަޑީގެ އަޑުފަށްގަނޑު ހުންނަނީ އިވިއިވި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 07:01
 ޞަދްރުގެ ސަޕޯރޓަރުންނާއި، އީރާނުގެ ތާއީދާއެކު ހަރަކާތްތެރިވާ ގުރޫޕުތަކާ ދެމެދު ހަމަލާ ބަދަލު ކުރި މަންޒަރުވެސް ސިލްސިލާ ގޮތެއްގައި ވަނީ ފެނިފައި

ޞަދްރުގެ ސަޕޯރޓަރުންނާއި، އީރާނުގެ ތާއީދާއެކު ހަރަކާތްތެރިވާ ގުރޫޕުތަކާ ދެމެދު ހަމަލާ ބަދަލު ކުރި މަންޒަރުވެސް ސިލްސިލާ ގޮތެއްގައި ވަނީ ފެނިފައި

ޢިރާޤުގެ ނުފޫޒުގަދަ ޝީޢީ އިމާމް އަދި ސިޔާސީ ޝަޚްސު، މުޤްތަދާ އަލް-ޞަދްރުއަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ޒުވާނުން، އެ ޤައުމުގެ ގްރީންޒޯންގެ ސަލާމަތީ ފިޔަވަޅުތަކަށް ބެލުމެއް ނެތި ރިޕަބްލިކަން ގަނޑުވަރު ވަދެގަނެ، އެ ގަނޑުވަރުގެ ގޯތި ތެރޭގައި އޮންނަ ސްވިމިންގް ޕޫލަށް އެރިއްޖެއެވެ.

ރިޕަބްލިކަން ގަނޑުވަރު ނުވަތަ އަލް-ޤަޞްރު އަލް ޖުމްހޫރީއަކީ ފައިސަލް ރަސްގެފާނު 2 ވަނައިގެ ޢަމުރުފުޅަށް ބިނާ ކުރި ގަނޑުވަރެކެވެ. އެ ގަނޑުވަރަކީ ޢިރާޤުގެ ކުރީގެ ރައިސް އަލް-މަރްޙޫމް ސައްދާމް ޙުސައިންގެ ވެރިކަމުގެ ދުވަސްވަރު އެ ޤައުމަށް ޒިޔާރަތް ކުރައްވާ ޢިއްޒަތްތެރިންނާ ބައްދަލު ކުރެއްވުމަށް އެންމެ އިސްކުރެވުނު މާލަމެވެ. 2003 ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤަށް އަރާ، ކުރި ވަރުގަދަ ހަނގުރާމައިގެ ތެރޭގައިވެސް ރިޕަބްލިކަން ގަނޑުވަރަށް ހަމަލާ ދީ، ސުންނާފަތިކޮށް ހަދާފައެއް ނުވެއެވެ. އެއީ އެތަނުގައި މުހިންމު ލިޔެކިއުންތަކެއް ހުރި ކަމަށް ބަލައިގެންނެވެ. ފަހުން، އެ ގަނޑުވަރަކީ، އެމެރިކާގެ މުހިންމު މިޝަން ކޮންޓްރޯލްއަކަށްވެސް ވިއެވެ.

ސިޔާސީ ގޮތުން ޤައުމުގެ މަސްރަހު އިންތިހާއަށް ހަލަބޮލިވެ، ސުލްޙަވެރި ހައްލެއް ނުލިބުމުގެ ސަބަބުން އޭނާގެ ސިޔާސީ ކެރިއަރު ނިންމަވާލެއްވުމަށް ޞަދްރު ނިންމެވުމާއެކު، އެ ޤައުމުގެ ހާލަތު މިހާރު ދަނީ ގޯހުން ގޯހަށް ބަދަލު ވަމުންނެވެ. ޞަދްރުގެ ސަޕޯރޓަރުންނާއި، އީރާނުގެ ތާއީދާއެކު ހަރަކާތްތެރިވާ ގުރޫޕުތަކާ ދެމެދު ހަމަލާ ބަދަލު ކުރި މަންޒަރުވެސް ސިލްސިލާ ގޮތެއްގައި ވަނީ ފެނިފައެވެ.

ގިނަ ޢަދަދެއްގެ ވުޒާރާތަކާއި ބޭރު ޤައުމުތަކުގެ އެމްބަސީތައް ހުންނަ ގްރީން ޒޯންގައިވެސް ހަމަލާތައް ބަދަލު ކޮށްފައި ވެއެއެވެ.

ޢިރާޤުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ޢަދަދު 19 އަށް އަރާފައި ވާ އިރު، ޞަދްރުގެ ސަޕޯޓަރުން ބުނަމުން ދަނީ ޤައުމަށްޓަކާ މަރުވާންވެސް ތައްޔާރު ކަމަށެވެ.

ރޮއިޓަރޒްއިން ރިޕޯޓްކޮށްފައި ވާ ގޮތުގައި، ވެރިރަށް ބަޣްދާދްގެ އެކި ހިސާބުތަކުން ބަޑީގެ އަޑުފަށްގަނޑު ހުންނަނީ އިވިއިވިއެވެ. ނަމަވެސް އެއީ ކޮން ބަޔަކު ދޭ ހަމަލާތަކެއް ކަން އަދި ކަށަވަރު ވެފައެއް ނުވެއެވެ.

ޢިރާޤުގެ މަޞްރަހު އިންތިހާއަށް ހޫނުވެގެން ދިޔައީ ޞަދްރު، ސިޔާސީ ކެރިއަރުން އިސްތިއުފާ ދެއްވާކަން އިއުލާން ކުރެއްވިތާ ކުޑަ ވަގުތެއް ކޮޅެއް ފަހުންނެވެ. ޞަދްރުގެ އިސްތިއުފާގެ ޚަބަރާއެކު، މުޒާހަރާ ކުރަމުން ދިޔަ އޭނާގެ ސަޕޯރޓަރުން ވަނީ ވަޒީރުންގެ މަޖިލީސް ކުރާ މައި އިދާރާ ފަޅާލާ، އެ ތަނަށް ވަދެގަތުމަށް މަސައްކަތް ކޮށްފައެވެ. ހޯމަ ދުވަހުގެ މެންދުރު، ޢިރާޤު ގަޑިން 03:30 އިން ފެށިގެން އެ ޤައުމުގައި ވަނީ ކާފިއުވެސް އިއުލާން ކޮށްފައެވެ.

ޢިރާޤުގައި ފުރިހަމަ ސަރުކާރެއް އެކުލަވާ ނުލެވިގެން އުޅޭ މައްސަލާގައި ޞަދްރުގެ ސަޕޯޓަރުން، މަގުމަތީގައި އެކި ކަހަލަ ސިޔާސީ ހަރަކާތްތައް ހިންގާތާ މިހާރު އެތައް ހަފުތާއެއް ވެއްޖެއެވެ. ޞަދްރުއަށް ތާޢީދު ކުރާ ގިނަ ބަޔަކު ވަނީ، ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަ ކޮށްފައި ވާ ސަރަހައްދު ހުރަސްކޮށް، އެ ގައުމުގެ އެތައް ސަތޭކަ އާންމުންނެއް، ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށްވެސް ޖުލައި ފަހުކޮޅު ވަދެގެންފައެވެ.

ޝީއީ އިމާމެއް ކަމަށް ވާ ޞަދްރުއަކީ އެމެރިކާއިން ޢިރާޤަށް އެރި އެރުމާ ދެކޮޅު ފިކުރުގެ ސިޔާސީ ޝަޚްސެކެވެ. އޮކްޓޯބަރުގެ އިންތިހާބުގައި ކާމިޔާބު ހޯދިއްޖެ ކަމަށް ވަކާލާތު ކުރެއްވި ނަމަވެސް، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވަން ސޮދްރު ދެކޮޅު ހެއްދެވުމުގެ ނަތީޖާއެއްގެ ގޮތުން ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭ ގޮތް އޮތީ ނުވެފައެވެ. އޮކްޓޯބަރު 2021 ގައި އިރާގުގައި ކުރިއަށް ގެންދިޔަ އާންމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ގެންދިޔައީ ޞަދްރު ސިޔާސީ އިއްތިހާދުންނެވެ. ނަމަވެސް ވޯޓަށް ފަހު އިރާގުގައި އުފެދުނު ސިޔާސީ ދެބަސްވުންތަކާ ހެދި، ޞަދްރުއަށް ވެރިކަމަށް ވަޑައިގެންނެވޭ ގޮތް އޮތީ ނުވެފައެވެ.

އިމާމް މުޤްޠަދާ އައްޞަދްރުއިރާގުރިޕަބްލިކަން ގަނޑުވަރު

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2024

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް
27 އެޕްރީލު 2024

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!
02 އެޕްރީލު 2024

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!
21 މާރިޗު 2024

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."
03 ފެބުރުއަރީ 2024

އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ

03 ފެބުރުއަރީ 2024
އިރާގާއި ސީރިއާގެ އަމާޒުތަކަށް އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއްގައި 18 މީހުން މަރުވެއްޖެ
04 އޮކްޓޯބަރު 2023

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!
17 ޖުލައި 2023

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

17 ޖުލައި 2023
ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!
11 މެއި 2023

މާމުއިގެ ފޮނި މީރުކަން ގެއްލި، އެތައް ބަޔަކު ހާސްކަމުގެ ތެރެއަށް!

11 މެއި 2023
މާމުއިގެ ފޮނި މީރުކަން ގެއްލި، އެތައް ބަޔަކު ހާސްކަމުގެ ތެރެއަށް!
14 ޖެނުއަރީ 2023

އިރާގޭ ބުނުމުން ބޮލުގައި ކުރެހޭ ތަސްވީރު ބަދަލުކޮށްލި ބަސްރާ!

14 ޖެނުއަރީ 2023
އިރާގޭ ބުނުމުން ބޮލުގައި ކުރެހޭ ތަސްވީރު ބަދަލުކޮށްލި ބަސްރާ!
11 ޖެނުއަރީ 2023

ބަޞްރާގެ މަގުތަކުން އަނެއްކާވެސް 'ސިންދުބާދު' ފެންނަން ފަށައިފި: ކީއްވެ ކަން އެނގޭތަ؟

11 ޖެނުއަރީ 2023
ބަޞްރާގެ މަގުތަކުން އަނެއްކާވެސް 'ސިންދުބާދު' ފެންނަން ފަށައިފި: ކީއްވެ ކަން އެނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް