Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕަލަސްޓައިން ކޮމެޑީ ފެސްޓިވަލް

ފަލަސްތީނުގެ ރައްޔިތުންނަށްވެސް ހިނިތުންވާން އެނގޭކަން އަންގައިދިނުމުގެ އެންމެ ކުރީގައި ޒަހްރު!

މި އިވެންޓްގެ ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުންނަކީވެސް ހީނ ސަމާސާ ކުރުމާ، ފަންނުވެރިކަމާއި، ދިރިއުޅުމަށް ލޯބިކުރާ ބައެއްކަން ދުނިޔެއަށް ކަށަވަރުކޮށްދިނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2022 | ބުރާސްފަތި 06:25
 ދިރިއުޅެން ޖެހިފައިވާ ހާސް ކަމާއި ނުތަނަވަސްކަމުގެ ތެރެއިން، ހީނ ސަމާސާކޮށްލާނެ ވަގުތުކޮޅެއް ހޯދާދިން ޝޯއަކަށް މި ޝޯވ ވަނީ ވެގެން ގޮސްފައި

ދިރިއުޅެން ޖެހިފައިވާ ހާސް ކަމާއި ނުތަނަވަސްކަމުގެ ތެރެއިން، ހީނ ސަމާސާކޮށްލާނެ ވަގުތުކޮޅެއް ހޯދާދިން ޝޯއަކަށް މި ޝޯވ ވަނީ ވެގެން ގޮސްފައި

ފަލަސްތީނުގެ އެމެރިކާ ދަރިކޮޅަށް ނިސްބަތްވާ އާމިރް ޒަހްރުގެ އަމާޒު، ފިސާރި ވަރުގަދައެވެ. އޭނާ އަމާޒު ހިފާފައި ހުރީ ހިނިތުންވުމާއި އުފާވެރިކަމުގެ ތެރެއިން ތަސައްލީ ހޯދާދިނުމުގެ މިޝަން ކާމިޔާބު ކުރުމަށެވެ.

އެއީ 2015 ވަނަ އަހަރެވެ. އެމެރިކާގައި ދިރިއުޅޭ އަރަބި ދަރިކޮޅުގެ ކޮމީޑިއަނުން، ނާބުލުސްއާއި ރާމައްލާ ފަދަ ފަލަސްތީނުގެ ސިޓީތަކަށް ގެނެސް، ފަލަސްތީނުގެ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޯދާދެވޭ ތޯ ޒަހްރު މަސައްކަތް ފެށިއެވެ.

7 އަހަރު ދުވަސް ފަހެވެ. ޒަހްރު، 45، ތަޢާރަފު ކުރި "ޕަލަސްޓައިން ކޮމެޑީ ފެސްޓިވަލް" އަދިވެސް ދަނީ ވަރުގަދަ ރޫހެއްގައި ކުރިއަށެވެ. އެފަދަ ދެވަނައެއް ނެތް، އަހަރީ ހަރަކާތެއްގެ ގޮތުގައެވެ.

ޤުދުސްގައި ކުރިއަށް ދިޔަ އިވެންޓްގައި ޒަހްރާއެކު އިތުރު 7 ކޮމީޑިއަންއަކު މިފަހަރު ހުށަހެޅުންތައް ހުށަހަޅައިދިނެވެ. 350 ޓިކެޓްގެ އިވެންޓްގެ ހުރިހާ ޓިކެއްޓެއް ވިކި ހުސްވިއެވެ. މާލަމުގައި ކޮމީޑިއަނުން ވަނީ ބޯޑަރުގައި ޔަހޫދީ އިޒްރޭލުގެ ގާޑުންގެ އަމަލުތަކަށް ހަޖޫ ޖަހާ، އޯޑިއަންސް ހެއްވާފައެވެ. ޝޯގެ ތެރެއިން މުޅިންވެސް އަޑު އިވިގެން ދިޔައީ އެފަދަ ޖޯކުތަކެވެ. އާންމު ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ ޙަޤީޤީ ނުތަނަވަސްކަމުން އުފާވެރިކަން ގެނެސްދެނިވި ވާހަކަތަކެއްގެ ގޮތުގައެވެ. އެފަދަ އެއް ޖޯކަކަށް ވީ، ޢަރަބި މައިން ދަރިން ކިޔަމަން ކުރުމުގައި ފައިވާން ކިބައިގެ ހަތިޔާރު ނަގާ ނެގުމުގެ ވާހަކައެވެ. ޝޯ ބަލަން ދިޔަ ކުޑަކުދިންނަށްވެސް އެންމެ ކަމުދިޔަ އެއް ޖޯކަށް، އެ ޖޯކު ވިއެވެ.

އުމުރުން ދުވަސްވީ މީހުންގެ މެދުގައިވެސް ކޮމީޑިއަނުންގެ ޝޯ ވަރަށް މަޤުބޫލެވެ. އެއީ ދިރިއުޅެން ޖެހިފައިވާ ހާސް ކަމާއި ނުތަނަވަސްކަމުގެ ތެރެއިން، ހީނ ސަމާސާކޮށްލާނެ ވަގުތުކޮޅެއް ހޯދާދިން ޝޯއަކަށް ވީތީއެވެ.

މި އަހަރުގެ ޝޯތައް ދެމުންދާ ހުރިހާ ކޮމީޑިއަނުންނަކީވެސް ފަލަސްތީނުގެ ރައްޔިތުންނެވެ. ޒަހްރު، އޭނާގެ ހުރިހާ ހުށަހެޅުމެއްވެސް ހުށަހަޅާ ދިނީ، ކަޅުކުލައިގެ ޓީ-ޝަރޓެއްގައި "ޕްރެސް" ޖަހައިގެން ހުރެއެވެ. އެއީ، އިޒްރޭލުގެ އުދުވާންތަކުގައި މަރާލި ފަލަސްތީނުގެ އެމެރިކާ ދަރިކޮޅުގެ ތަޖުރިބާކާރު ނޫސްވެރިޔާ ޝީރީން އަބޫ އަޤުލީގެ ހަނދާނުގައެވެ.

ޕަލަސްޓައިން ކޮމެޑީ ފެސްޓިވަލްފަލަސްތީނު

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު