Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުފަތުރުވެރިންގެ ތަފާސްހިސާބު

އޮގަސްޓު 30ގެ ނިޔަލަށް 1،075،637 ފަތުރުވެރިން އަތުވެއްޖެ

31 އޯގަސްޓު 2022 | ބުދަ 11:04

2021 ވަނަ އަހަރާ އަޅާ ބަލާއިރު މިއަހަރު އައި ފަތުރުވެރިން 42.9 އިންސައްތަ އިތުރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 31 އޯގަސްޓު 2022 | ބުދަ 11:04
މިއަހަރު އައި 1 މިލިއަން ވަނަ ފަތުރުވެރިޔާ

މިއަހަރު އައި 1 މިލިއަން ވަނަ ފަތުރުވެރިޔާ

އޮގަސްޓު 30ގެ ނިޔަލަށް މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1،075،637 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން، މިއީ ފާއިތުވި 2021 ވަނަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންނަށްވުރެ 42.9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 752،705 ފަތުރުވެރިންނެވެ. 2020 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 391،991 ފަތުރުވެރިންނެވެ. އެހެންނަމަވެސް 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއަހަރު އައި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. 4.9 އިންސައްތައިން ދަށްވެފައިވާއިރު 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،131،199 ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓު މަހުގެ 1ން 30ށް ރާއްޖެ އައިސްފައިވަނީ 128،865 ފަތުރުވެރިންނެވެ. މި އަދަދަކީ ކޮވިޑް-19ގެ ކުރިން 2019ގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 5.6 އިންސައްތަ ދަށް އަދަދެކެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި 136،466 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 4،296 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. އަދި 8 ދުވަހު ރާއްޖޭގައި މަޑުކޮށްފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. ޓޮޕް މާރކެޓްގެ ގޮތުގައި އިންޑިއާ އޮތްއިރު، އިންޑިއާއިން އަންނަ ފަތުރުވެރިން 14.2 އިންސައްތަ ހިއްސާކުރެއެވެ. 2019 ވަނަ އަހަރު މި މުއްދަތުގައި އިންޑިއާ މާކެޓު އޮތީ ދެވަނައަށް ޓޮޕް މާރކެޓްގެ ގޮތުގައެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން އައި ފަތުރުވެރިން 11.4 އިންސައްތަ ހިއްސާކުރާއިރު، 2019 ވަނަ އަހަރު އިނގިރޭސިވިލާތު އޮތީ 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާރކެޓްގެ ގޮތުގައެވެ.

ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު އައީ ރަޝިއާއިންނެވެ. ރަޝިއާއިން އައި ފަތުރުވެރިން 11.4 އިންސައްތަ ހިއްސާކުރާއިރު، 2019 ވަނަ އަހަރު ރަޝިއާ މާރކެޓް އޮތީ 6 ވަނައިގައެވެ. މީގެ އިތުރުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާރކެޓްތަކުގެ ތެރޭގައި ހިމެނެނީ ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން، ސައޫދީ އަރަބިއްޔާ އަދި ސްވިޒަރލޭންޑެވެ.

ޓޫރިސްޓް އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން 1،178 ފެސިލިޓީއެއް ޚިދުމަތަށް ވަނީ ހުޅުވާލާފައެވެ. މި ފެސިލިޓީތަކުގައި 58،369 ބެޑް ކެޕޭސިޓީ އެބަހުރި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މި ފެސިލިޓީތަކުގެ ތެރޭގައި ހިމެނެނީ 164 ރިސޯޓާއި، 843 ގެސްޓްހައުސްއާއި، 156 ސަފާރީ އަދި 13 ހޮޓަލެވެ.

ކޮވިޑް-19އާ ގުޅިގެން 2020 އަދި 2021 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. މިއަހަރުވެސް ރަޝިއާއާއި ޔޫކްރެއިންގެ ހަމަނުޖެހުންތަކާ ގުޅިގެން، އަހަރުގެ ކުރީކޮޅު ފަތުރުވެރިކަމަށް އަސަރުކުރިނަމަވެސް އެ ގައުމުން އަލުން ދަތުރުތައް ފެށުމާއެކު އަދަދުތައް އަންނަނީ ރަނގަޅު ވަމުންނެވެ. މި އަހަރު ނިމޭއިރު 2019ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އޮތްވަރަށް މާރކެޓް ރަނގަޅުކުރެވޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން އުންމީދު ކުރެއެވެ. އަދި މިއަހަރު 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒު ހިފާފައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްރާއްޖޭގެ ފަތުރުވެރިކަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
09 ޑިސެމްބަރު 2024

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ޑިސެމްބަރު 2024

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް