Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

ފަހަތުން އަރައި ސައުތެމްޓަންއިން ޗެލްސީ އަތްދަށުލައިފި

ސައުތެމްޓަން މޮޅުވީ ޗެލްސީން ލަނޑެއް ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2022 | ބުދަ 03:05
ޕްރިމިއަރ ލީގުގައި ކުޅުނު މެޗުގެ ތެރެއިން

ޕްރިމިއަރ ލީގުގައި ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު ފުޓުބޯޅަ މެޗުން ޗެލްސީ ބަލިވެއްޖެއެވެ.

ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ ޗެލްސީން ލަނޑެއް ޖަހާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. މިއީ މިފަހަރުގެ ސީޒަންގައި ޗެލްސީގެ ދެ ވަނަ ބައްޔެވެ.

މެޗު ފަށައިގެން 23 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ރަހީމް ސްޓާލިންއެވެ. ލަނޑަށްފަހު އިތުރު ލަނޑެއް ޖެހުމަށް ޗެލްސީން މަސައްކަތް ކުރަމުން ދަނިކޮށް ސައުތެމްޓަން އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮމެއޫ ލަވިއާއެވެ.

މެޗުން ސައުތެމްޓަން މޮޅުކޮށްދިން ލަނޑު ޖެހީ އާދަމް އާމްސްޓްރޯންގްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި އެއް މިނެޓުގެ ތެރޭގައެވެ.

ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން ޗެލްސީން މޮޅުވެފައިވަނީ ދެ މެޗުންނެވެ. އެއް މެޗުން އެއްވަރުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. ރަނގަޅު ފޯމެއްގައި ސީޒަން ފެށި ޗެލްސީ މިހާރު އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދައިގެން ތާވަލްގެ އަށް ވަނަ މަގާމުގައެވެ. ސައުތެމްޓަން އަށް ވެސް ފަސް މެޗުން ހަތް ޕޮއިންޓް ލިބޭއިރު، އެ ޓީމަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ސައުތެމްޓަން އޮތީ ހަތް ވަނަ މަގާމުގައެވެ.

ލީގުގައި ދެން ކުޅުނު އެހެން މެޗުތަަކަށް ބަލާއިރު، ކްރިސްޓަލް ޕެލެސް އާއި ބްރެންޓްފޯޑު ބައްދަލުކުރި މެޗުން ނިމުނީ 1-1 އިން އެއްވަރުގެންނެވެ. ފުލްހަމާއި ބްރައިޓަން ބައްދަލުކުރި މެޗު 2-1 އިން ފުލްހަމް ކާމިޔާބުކުރިއިރު، ލީޑްސް ޔުނައިޓެޑާ އެވަޓަންގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ޕްރިމިއަރ ލީގުޗެލްސީސައުތެމްޓަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު