Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސިއްހީ ޚިދުމަތް

ވެއިޓިން ލިސްޓެއްގައި އޮތް ސިއްހީ ޚިދުމަތް

ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އަވަސް އެޕޮއިންޓްމެންޓެއް ހޯދުމަކީ އަދިވެސް ދަތި ކަމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 31 އޯގަސްޓު 2022 | ބުދަ 00:49
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

މަޑުމަޑުން ތަރައްގީވަމުންދާ މި ކުޑަ ކުޑަ ރާއްޖޭގައި އެއް ތަނެއްގައި ތިބެ ހޯދަން ބޭނުންވާ ހުރިހާ ޚިދުމަތެއް ހޯދަމަކީ އަދިވެސް ދަތި ކަމެކެވެ. ވަކިން ޚާއްސަކޮށް ބޭނުންވާ ހުރިހާ ޚިދުމަތެއް އަތޮޅުތެރެއިން ހޯދުން ދައްޗެވެ. ނުލިބޭ ޚިދުމަތެއް ހޯދުމަށް އަންނަންޖެހެނީ މާލެއަށެވެ. އެތައް ޚަރަދަކާއި، އެތައް ދަތުރެއް ކޮށް މާލެ އަންނަ ބައެއް މީހުންނަކީ ސިއްހީ ޚިދުމަތްތައް ހޯދުމަށް މާލެ އަންނަ މީހުންނެވެ. އެ ބައްޔަކަށް ޚާއްސަ ޑޮކްޓަރަކަށް ދައްކާނަމަ އަންނަންޖެހެނީ މާލެއަށެވެ. އަތޮޅުތެރެއިން ހެދެން ނެތް ޓެސްޓެއް ހަދަންޖެހިއްޖެނަމަ އަންނަންޖެހެނީ މާލެއަށެވެ.

އެހެންނަމަވެސް މިފަދަ ޚިދުމަތްތައް ހޯދުމަށް މާލެ އަންނަ މީހުންގެ ވަރަށް ބޮޑު ޝަކުވާއެއް އޮވެއެވެ. އެއީ ރަނގަޅު ޚިދުމަތެއް ހޯދަން މާލެ އައިސްވެސް އެތައް ދުވަހެއް ވަންދެން ޚިދުމަތް ލިބުން ލަސްވެފައި ތިިބެންޖެހުމުގެ ޝަކުވާއެވެ. ޑޮކްޓަރަކަށް އެޕޮއިންޓްމެންޓެއް ނުލިބި މީހާގެ ބަލި ހާލަތު އިތުރަށް ގޯސްވެގެންދާއިރު، ފަރުވާއެއް ނުލިބިފައި ތިބެންޖެހުމުގެ ޝަކުވާއެވެ. މިއީ މިއަދު ނޫނީ އިއްޔެއަކު ރައްޔިތުން ކުރަން ފެށި ޝަކުވާއެއް ނޫނެވެ. ހައްލެއް ނުލިބި ޒަމާންތަކަކަށް ދިގުދެމިގެންގޮސްފައިވާ ޝަކުވާއެކެވެ.

މާލެ ސަރަހައްދުގައި ގިނަ ކްލިނިކްތަކަކާއި، ހޮސްޕިޓާތައް ހުރިއިރުވެސް އެ ހުރިހާ ތަނެއްވެސް ފެނިގެންދަނީ ބާރުބޮޑު ތަންތަނުގެ ގޮތުގައެވެ. ސްޕެޝަލިސްޓަކަށް އެޕޮއިންޓްމެންޓެއް ހައްދަން ބޭނުންނަމަ ދިގު ވެއިޓިން ލިސްޓެއްގައި ޖެހެން ޖެހިދާނެކަމުގެ ބިރު އިންތިހާއަށް ބޮޑެވެ. ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން އެޕޮއިންޓްމެންޓެއް ހައްދަން މަސައްކަތްކުރިކަމުގައިވިޔަސް އެތައް ހަފްތާއެއް ވަންދެން މި ކިޔޫގައި މަޑުކުރަންޖެހެއެވެ.

ތަރައްގީ އަންނަމުންދާ މިންވަރަކުން ހޮސްޕިޓާތަކުގެ ޖާގަ އިތުރުކުރުމާއި، އިތުރު ވަސީލަތްތައް ގާއިމްކުރެވިގެންދާއިރު، ރާއްޖޭގެ މި ކުޑަ އާބާދީއަށް ފަސޭހައިން އަދި އަވަސް ސިއްހީ ޚިދުމަތެއް ލިބޭނެ ގޮތެއް ފަހިވެގެން ނުދަނީ ކީއްވެގެން ކަމާއިމެދު ރައްޔިތުން ސުވާލު އުފައްދައެވެ. އެފަދަ ޖާގަތަކަކީ މިފަދަ ކަންކަމަށް ހައްލު ހޯދުމަށް ބޭނުންކުރަންޖެހޭނެ ޖާގަތައް ކަމުގައި ރައްޔިތުން ގަބޫލުކުރެއެވެ.

ދެން އޮތީ ޑޮކްޓަރަށް ދައްކަން ގޮސް އެތައް ގަޑިއިރެއް ވަންދެން އެތަނުގައި ތިބެން ޖެހުމުން ރައްޔިތުން ކުރާ ޝަކުވާއެވެ. ބަލި މީހުން ބަލަން އިންނަ ޑޮކްޓަރު ކުއްލި ގޮތަކަށް އޮޕަރޭޝަންއަކަށް ވަންނަންޖެހުމުން ނުވަތަ އެނޫންވެސް ކަމެއް ދިމާވުމުން އެ ދިމާލަކަށް ދެއެވެ. އެއަށްފަހު އެ ޑޮކްޓަރަށް އެޕޮއިންޓްމެންޓް ހައްދައިގެން ހޮސްޕިތަލް އަށް ގޮސް ތިބި ބަލި މީހުން މުޅި ދުވަހު ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ ފަހަރުވެސް މަދެއް ނޫނެވެ. އެދުވަހުގެ ބާކީ އެޕޮއިންތްމަންޓް ތައް ކެންސަލް ކުރާ ފަހަރުތައްވެސް މަދެއްނޫނެވެ. މިހެން ދިމާވުމުން އަތޮޅުތެރެއިންނާއި، އެކި ތަންތަނުން ޚިދުމަތް ހޯދުމަށް އައިސް ތިބޭ މީހުންނަށް އޭގެ ގެއްލުން ވަރަށް ބޮޑަށް ދައްކައެވެ. ސިއްހީ ގޮތުން އޭނާގެ ހާލަތު އިތުރަށް ގޯސްވުމާއި، ޚަރަދުގެ ގޮތުން ބެލިޔަސް ލިބޭ ގެއްލުން ބޮޑެވެ.

މިއިން ކޮންމެ ކަމަކީވެސް އެއިރެއްގައި އޮތް ސަރުކާރަކުން ހައްލުކޮށްދޭންޖެހޭނެ ކަންކަން ކަމުގައި ރައްޔިތުން ގަބޫލުކުރެއެވެ. އަދި ކަމެއް ގޯސްކޮށް ދާނަމަ ރައްޔިތުން އިނގިލި ދިއްކުރާނީވެސް ސަރުކާރަށެވެ. މިފަދަ ކަންކަން ހިނގަނީ ރާއްޖޭގައި އުޅޭ ސްޕެޝަލިސްޓް ޑޮކްޓަރުން މަދުވުމުންބާއެވެ؟ ނޫނީ ވަސީލަތްތައް މަދުވުމުންބާއެވެ؟ ކޮންމެ ސަބަބަކާހުރެ މިކަންކަން ދިމާވިޔަސް ރައްޔިތުން އެދެނީ މިކަމަށް އަަވަސް ހައްލެކެވެ.

ސިއްހީ ޚިދުމަތްތައް ފީޗަރ ރިޕޯޓް

އިތުރަށް ކިޔާލަން

09 މެއި 2024

ސިއްހީ ޚިދުމަތްތަކާމެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާންމުކުރުން ކުށްވެރިކޮށްފި

09 މެއި 2024
ސިއްހީ ޚިދުމަތްތަކާމެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާންމުކުރުން ކުށްވެރިކޮށްފި
16 ސެޕްޓެމްބަރު 2023

"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"

16 ސެޕްޓެމްބަރު 2023
"ނުހަނު ގަދަ ހިތްވަރާއި އަޒުމާއެކީ ޖެއްސެވި އުންޑައަކުން، ނުހަނު ބޮޑު ޕޯޗުގީޒުގެ ލަޝްކަރެއް ދިޔައީ ބުރައިގެންތާ"
08 އޯގަސްޓު 2023

ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު ގެނައުމަށް އިންވެސްޓްކުރުން މުހިންމު - ފައިސަލް

08 އޯގަސްޓު 2023
ދިރިއުޅުމުގެ ވައްޓަފާޅި އަށް ބަދަލު ގެނައުމަށް އިންވެސްޓްކުރުން މުހިންމު - ފައިސަލް
18 ޖުލައި 2023

އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!

18 ޖުލައި 2023
އުއްމީދުކުރިވަރަށްވުރެ އަވަހަށް އެއްމިލިއަން ފަތުރުވެރިން ހަމަވުން، ރަނގަޅު ފާލެއް!
30 ޖޫން 2023

ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި

30 ޖޫން 2023
ޕްލާސްޓިކް ކޮތަޅުން ފީ ނެގުން: ރަނގަޅު ތަފާތެއް ފެންނަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު