Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫތު މިނިސްޓްރީ

އެމްޑީޕީ ކޮންގްރެސް އިން އެކަނި ވެސް ކުލީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ލިބުނު: މަޚްލޫފް

ޔާމީނުގެ ވެރިކަމުގައި ޔޫތު މިނިސްޓްރީއަށް ދިން ބަޖެޓުން އަހަރު ނިމުނުއިރު 200 މިލިއަން ރުފިޔާ ބާކީވުމުން، އޭގެފަހުން ބަޖެޓު ކުޑަ ކުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޯގަސްޓު 2022 | އަންގާރަ 11:00
އަޙްމަދު މަޙްލޫފް

އަޙްމަދު މަޙްލޫފް

ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަންތަން ކުއްޔަށްދޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ރައްދުދެއްވައިފިއެވެ.

އޮންލައިން ނޫހެއްކަމަށްވާ ދިޔަރެސްގައި ބުނެފައިވަނީ ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަަށުގައިވާ ތަންތަން ކުއްޔަށް ދޭން އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ އެ މިނިސްޓްރީއަށް މިއަހަރު ކަނޑައެޅި ފައިސާ ހުސްވުމުން ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު މަޚްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޔޫތު މިނިސްޓްރީއަށް ކަނޑައެޅި ބަޖެޓުން އަހަރު ނިމުނުއިރު 200 މިލިއަން ރުފިޔާ ބާކީވުމުން، އޭގެފަހުން ބަޖެޓު ކުޑަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މަޚްލޫފް ވިދާޅުވީ މިހާރު ޔޫތް މިނިސްޓްރީން އޮތީ ފަތު އަޑުކިޔާފަައި މަސައްކަތުގައިކަމަށެވެ. ހަމައެހެންމެ އެކަމަށް ބޭނުންވާ ބަޖެޓު ހުސްވުމުން، އިތުރަށް ބޭނުންވާ ފައިސާ ވެސް ލިބިފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ސޯޝަލް ސެންޓަރު ކުއްޔަށް ދިނުމުން ކުލީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ލިބުނު ކަމަށެވެ. އެއީ ގޯހެއްތޯ މިނިސްޓަރު ވަނީ އައްސަވާފައެވެ.

މި ސަރުކާރުން އަންނަނީ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާއި، ކުޅިވަރު ކުޅޭ ތަންތަން ތަރައްގީކުރަމުންނެވެ. އަދި އެ ތަންތަން ބަލަހައްޓައި މަރާމާތުކުރެވޭނެ ގޮތަށް އާމްދަނީ ހޯދުމަށް މަސައްކަތް ވެސް ކުރަމުންނެވެ.

ކުޅިވަރާ ބެހޭ ވުޒާރާއަހުމަދު މަހުލޫފު

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި

04 ޑިސެމްބަރު 2025
ޕާޓީ ބަދަލުކުރިތާ މަހެއް ނުވަނީސް މަހުލޫފު ޖަޕާނުގެ ސަފީރަކަށް ހަމަޖައްސައި މަގާމުގެ ފަތްކޮޅު ދީފި
03 ޑިސެމްބަރު 2025

މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު

03 ޑިސެމްބަރު 2025
މި ސަރުކާރަކީ މަގާމުތަކަށް މީހުން އައްޔަނު ކުރާއިރު ކުލަ އަކަށް ނަސަބަކަށް ހަސަބަކަށް ބަލާ ސަރުކާރެއް ނޫން: މެންބަރު ފަލާހު
03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
26 ނޮވެމްބަރު 2025

ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން

26 ނޮވެމްބަރު 2025
ޕީއެންސީއަށް ބަދަލުވުމުން މަހުލޫފަށް ދިން ހަދިޔާއަކީ ޖަޕާން ސަފީރުކަން
08 ސެޕްޓެމްބަރު 2025

ދައުލަތުގެ މަގާމަކަށް ދާން އެމްޑީޕީ މެމްބަރު ކަމުން މަޚްލޫފު ވަކިވެއްޖެ

08 ސެޕްޓެމްބަރު 2025
ދައުލަތުގެ މަގާމަކަށް ދާން އެމްޑީޕީ މެމްބަރު ކަމުން މަޚްލޫފު ވަކިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު