ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 10:14
ގްރީންޓެކްސް ނަގަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން
ގްރީންޓެކްސް ނަގަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން
ރާއްޖެއެމްވީ
ގްރީން ޓެކްސް ނެގުން
ޖެނުއަރީގެ ކުރިން ގްރީން ޓެކްސް ނެގެމުންދާނެކަން ގާނޫނުގައި ކަނޑައަޅަން ފަތުރުވެރިކަމާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި
 
ޖުލައިން ފެށިގެން ގްރީން ޓެކްސް ނަގާފައިވާނަމަ އެ ޓެކްސް ދައުލަތަށް ދައްކަންޖެހޭނެކަމަށް ބުނެފައިވޭ
 
12 ވަނަ އިސްލާހުގައި 22 ޖުލައިން ފެށިގެން ގްރީން ޓެކްސް ނެގޭނެ ގޮތް ބަޔާންކޮށްފައިވޭ
 
ޓުއަރިޒަމް ގާނޫނުގެ 11 ވަނަ އިސްލާހާއެކު ގްރީން ޓެކްސް ނެގުން ސަސްޕެންޑްވެގެން ދިޔަ

ޓުއަރިޒަމް ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގެ ދަށުން ގްރީން ޓެކްސް ނެގުން މަޑުޖެހިފައިވާތީ އެކަން ހައްލުކުރުމަށް އަލުން އެގާނޫނަށް އިސްލާހުހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅަނީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފެވެ. ބިލު ހުށަހަޅާ ބޭނުމަކީ ޓުއަރިޒަމާބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ގްރީންޓެކްސް ނެގުމަށް ކަނޑައެޅިފައިވާ އުސޫލު އިތުރަށް ސާފުކޮށްދިނުމަށްޓަކައި މި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި، އެ ގާނޫނުގެ ދަށުން 1 ޖެނުއަރީ 2023 އިން ފެށިގެން ނެގުމަށް ކަނޑައެޅިފައިވާ ގްރީން ޓެކްސް ނަގަން ފަށަންދެން، 3 ޖުލައި 2022 ގެ ކުރިން އެ ގާނޫނުގެ ދަށުން ނަގަމުންދިޔަ ގްރީން ޓެކްސް ނެގެމުންދާނެކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށްޓަކައި، މި ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ގާނޫނުގެ 35 ވަނަ މާއްދާފެ (ކ) އަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. މި އިސްލާހުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓްތަކާއި، ރިސޯޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި އެ ނޫންވެސް އަފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސްގެ ގޮތުގައި 1 ޖެނުއަރީ 2023ން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެއެވެ.

35 ވަނަ މާއްދާގެ (އ) އަށް ގެނައި އިސްލާހަކީ 1 ޖެނުއަރީ 2023ން ފެށިގެން ގްރީން ޓެކްސް ނަގަން އޮތް ނަމަވެސް، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއީން ކޮންމެ މީހަކު އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މީހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސްގެ ގޮތުގައި، 1 ޖެނުއަރީ 2023ން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

ޓުއަރިޒަމާއި ބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ (ވ) ގެ ފަހަތަށް 4 އަކުރު އިތުރުކުރުމަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. 35 ވަނަ މާއްދާގެ (މ) ގެ ގޮތުގައި ހިމަނަން ބުނެފައިވަނީ ގްރީން ޓެކްސް 1 ޖެނުއަރީ 2023 ގައި ނަގަން ފެށުމާއި ހަމައަށް، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެ ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 އެެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

މި މާއްދާގެ (ފ) ގައި ހިމަނަން ބުނެފައިވަނީ ގްރީން ޓެކްސް 1 ޖެނުއަރީ 2023 ގައި ނަގަން ފެށުމާ ހަމައަށް، ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެއިން ކޮންމެ މީހަކު އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 އެމެރިކާ ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޓެކްސް ނެގޭނެ ކަަމަށެވެ.

35 ވަނަ މާއްދާގެ (ދ) ގައި ބުނެފައިވަނީ ގްރީން ޓެކްސް، އެ މާއްދާތަކުގައި ބަޔާންކުރާ ޓޫރިސްޓުންގެ އަތުން ނަގައި، ދައުލަތަށް ދެއްކުމަކީ، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ.

35 ވަނަ މާއްދާއަށް އިތުރުކުރަން ބިލުގައި ހުށަހަޅާފައިވާ ފަހު އަކުރު (ތ) ގައި ބުނެފައިވަނީ 3 ޖުލައި 2022ން ފެށިގެން ޓުއަރިޒަމާ ބެހޭ ގާނޫނަށް 12 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަން ވާނެކަމަށެވެ.

މީގެ އިތުރުން މި ގާނޫނުގެ 36 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ. 36 ވަނަ މާއްދާގެ (ނ) ގެ ގޮތުގައި އިތުރުކުރުމަށް ބުނެފައިވާ އަކުރުގައި ވަނީ، މި ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ ގްރީން ޓެކްސް، މި ގާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ އަދަދަށްވުރެ އިތުރަށް އެއްޗެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެ ފަރާތަަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތައް ދައްކަންވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް