Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައިކޯޓުގެ ފަނޑިޔާރުން

ހައި ކޯޓުގެ ފަނޑިޔާރުން އަދަދު 11 އަށް އިތުރުކުރާ އިސްލާހު ތަސްދީގުކުރައްވައިފިި

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިވަގުތު 9 ފަނޑިޔާރުން ހިމެނޭ، ނަމަވެސް މިވަގުތު މަގާމުގައި ތިއްބެވީ 7 ފަނޑިޔާރުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 ޖޫން 2017 | އާދީއްތަ 07:56
ހައި ކޯޓް

ހައި ކޯޓް

ހައި ކޯޓު ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައި ގެޒެޓްކޮށްފި އެވެ.

ކޯޓްތަކާ ބެހޭ ގާނޫނުގެ 27 ވަނަ މާއްދާ އަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ ހައި ކޯޓް އެކުލެވިގެން ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރާއި އެކޯޓަށް އައްޔަން ކުރެވޭ އިތުރު 10 ފަނޑިޔާރުންނާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.

މީގެއިތުރުން 27 ވަނަ މާއްދާގެ (ށ) އަށް ފަލާހު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައވާ ގޮތުގައި ގާނޫނަށް މިބަދަލު ގެނައި ނަމަވެސް މިހާރު ހައި ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ފަނޑިޔާރުން އެ މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އިތުރަށް އައްޔަން ކުރަން ޖެހޭ ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކޮށް ރައީސުލްޖުމްހޫރީއްޔާ ތަސްދީގު ކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަސް ތެރޭގައި އައްޔަން ކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.

އެހެންކަމުން ބިލް ރައީސް ތަސްދީގު ކުރެއްވުމާ އެކު މިއަދުން ފެށިގެން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަންޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފައި ވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 43 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެބިލް ފާސް ކުރުމަށް ނުފެންނަ ކަމަށް 29 މެމްބަރުން ވޯޓް ދެއްވާފައި ވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިވަގުތު 9 ފަނޑިޔާރުން ހިމެނޭ، ނަމަވެސް 2 ފަނޑިޔާރުން އިސްތިއުފާ ދެއްވުމާއި ގުޅިގެން 7 މިވަގުތު މަގާމުގައި ތިއްބެވީ ފަނޑިޔާރުންނެވެ.

ގާނޫނަށް ގެނައި އިސްލާހު އޮތް ގޮތުން ފަނޑިޔާރުންގެ އަދަދު އިތުރުވިޔަސް ފަނޑިޔާރުން އިތުރު ވާނީ މާލޭގެ ހައި ކޯޓަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
15 ޖެނުއަރީ 2017

ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި

15 ޖެނުއަރީ 2017
ކެންޑިޑެސީ ބާތިލްކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު