Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސް އަބްދުﷲ ޔާމީން

އިންޑިއާއިން ރައީސް ޔާމީނު ޖަލަށް ލާން އެންގިކަމަށް ބުނެ ފަތުރަނީ ޚިޔާލީ ވާހަކައެއް

އެއީ ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން ލިޔުނު ޚަބަރެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 އޯގަސްޓު 2022 | ހޯމަ 08:37
ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ޔާމީން ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

އަވަށްޓެރި އިންޑިއާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލަށް ލާން އެންގިކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން އެހެން ބުނެފައިވަނީ އޮންލައިން ނޫސް ދިޔަރެސްގައި ޝާއިއުކުރި ޚަބަރަކާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

"އިންޑިއާއިން އެންގީ ރައީސް ޔާމީން ޖަލަށްލުމަށް" މި ސުރުޙީގެ ދަށުން އެ ނޫހުގައި ޝާއިއު ކޮށްފައިވާ ޚަބަރުގައި ބުނެފައިވަނީ ވެރިކަން ކުރާ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ޖައިޝަންކަރު އެ ދެބޭފުޅުންނާއި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އަދި އެ ބައްދަލުވުމުގައި ވީޑިއޯ ކޯލްގެ ޒަރީއާއިން ރައީސް ސާލިހްވެސް ބައިވެރިވެވަޑައިގެންނެވިކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ދިޔަރެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ޑރ.ޖައިޝަންކަރު ވަނީ ރައީސް ޔާމީން ޖަލަށްލާން ޖެހޭކަމަށް ތަކުރާރުކޮށް ރައީސް ސާލިހަށް ދަންނަވާފައެވެ. އެގޮތަށް ރިޕޯޓުކޮށްފައިވަނީ ރައީސް ސާލިހް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަގުތު އަރިހުގައި ހުންނެވި ފަރާތާއި ޙަވާލާދީ ކަމަށް ބުނެއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިންޑިއާއިން ހަރަދުކުރިޔަސް އެމްޑީޕީއަށް މޮޅުވުމުގެ ފުރުސަތެއް އޮތީ ރައީސް ޔާމީން ޖަލަށް ލައިގެން ކަމަށް ޖައިޝަންކަރު އެ ބައްދަލުވުމުގައި ވިދާޅުވިކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، ރައީސް ޔާމީން ޖަލަށްލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބޭރު ޤައުމެއްގެ ބޭފުޅަކު އެންގެވިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ޚަބަރެއް ކަމަށެވެ.

އެއީ ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން، ނޫސްވެރިކަމުގެ ހަމަތަކާއި ޚިލާފަށް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ ލިޔެފައިވާ ޚިޔާލީ ވާހަކައެއްކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ވަނީ ދިވެހިރާއްޖެ އާއި ބޭރުގެ ޤައުމުތަކާއި ގުޅޭ ގޮތުން މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ.

ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަޙަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލު މަޖިލީހަށް ވަނީ ހުށައަޅާފައެވެ. އެ ބިލުގައި ވަނީ އެހެން ގައުމަކާމެދު ނުވަތަ އެހެން ގައުމެއްގެ ރައްޔިތުންނާމެދު އާންމުންގެ މެދުގައި ހިތްހަމަނުޖެހުމާއި ނަފުރަތާއި ރުޅިވެރިކަން އުފެދިދާނެފަދަ ލިޔެކިޔުން ނުވަތަ ފޮޓޯ ނުވަތަ ވީޑިއޯ ނުވަތަ އޯޑިއޯ އާންމުކުރުމާއި، އެހެން ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި ދިވެހިރާއްޖެއާމެދު ނަފުރަތު އުފެދިދާނެ، އަދި އެކަމުގެ ސަބަބުން އެފަދަ ގައުމެއްގައި ދިރިއުޅޭ ދިވެހިންނަށް ނުރައްކަލެއް ނުވަތަ ދަތިތަކެއް ކުރިމަތިވެދާނެފަދަ އަމަލެއް ކުރުމާއި އެފަދަ އަމަލެއް ކުރަން އުޅުން ފަދަ ކަންކަމަކީ ކުށަކަށް ހެދުމަށް ހިމަނާފައެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު