Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުލީ އެއަރޕޯޓް

ރައީސް މުލީ އެއަރޕޯޓުގެ މަސައްކަތްދާ ގޮތް ބައްލަވާލައްވައިފި

ކުރިއަށް އޮތް އަހަރުގެ މެދުތެރޭގައި އެ ތަނުގެ ޚިދުމަތް ދެވޭ ވަރު ވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އޯގަސްޓު 2022 | ހޯމަ 08:15
މުލީ އެއަރޕޯޓް ތަރައްގީކުރާ ސަރަހައްދަށް ވަޑައިގެން ރައީސް ވަނީ މަސައްކަތް ބައްލަވާލައްވާފައި

މުލީ އެއަރޕޯޓް ތަރައްގީކުރާ ސަރަހައްދަށް ވަޑައިގެން ރައީސް ވަނީ މަސައްކަތް ބައްލަވާލައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު މުލީ އެއަރޕޯޓުގެ މަސައްކަތް ބައްލަވާލައްވައިފިއެވެ.

ރައީސް މުލީ އެއަރޕޯޓުގެ މަސައްކަތް ބައްލަވާލައްވާފައިވަނީ އެމަނިކުފާނު މުލަކަތޮޅުގެ 5 ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހުގެ ހެނދުނު، އެއަރޕޯޓުގެ މަސައްކަތްކުރާ ސަރަހައްދަށް ވަޑައިގެންނެވެ. އެމަނިކުފާނު ވަނީ އެއަރޕޯޓުގެ މަސައްކަތްތައްދާގޮތާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބައްލަވާލައްވާ ކަންކަން އޮޅުން ފިލުއްވާފައެވެ.

Advertisement - newsAdvertisement

އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މުލީ އެއަރޕޯޓުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މިއީ މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މުލަކަތޮޅުގެ މުލީ އެއަރޕޯޓް ހުޅުވޭވަރަށް ތަރައްޤީކޮށް ނިންމާ، ކުރިއަށް އޮތް އަހަރުގެ މެދުތެރޭގައި އެ ތަނުގެ ޚިދުމަތް ދެވޭ ވަރު ވާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެ އާޕޯޓަކީ މުޅި މުލަކަތޮޅު ރައްޔިތުން އިންތިޒާރުކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެ އެއާޕޯޓް ނިމުމަކީ އެ ސަރަހައްދުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްޓީސީސީއާއި ހަވާލު ކުރެވުނު މި މަޝްރޫއުގެ ދަށުން އެއަރޕޯޓް މަސައްކަތައް މިހާރު ހިއްކާފައިވާ ބިމުގެ އިތުރަށް ބޭނުންވާ ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމާއި، 1200 މީޓަރުގެ ރަންވޭއެއް ހެދުމާއި، ޓަރމިނަލް ބިލްޑިންގ ހެދުމުގެ އިތުރުން އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.

221,733,478.22 (ދުއިސައްތަ އެކާވިސް މިލިއަން ހަތް ލައްކަ ތިރީސް ތިންހާސް ހަތަރު ސަތޭކަ ހަތްދިހަ އަށެއް) ރުފިޔާގެ މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު