Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަރނަލިސްޓެއް އަނބުރާ ފޮނުވާލުން

އެމީ އެވޯޑަށް ނަން ހުށަހެޅިފައިވާ އެމެރިކާގެ ޖަރނަލިސްޓެއް އިންޑިޔާއަށް އެތެރެވިޔަ ނުދީ ފޮނުވާލައިފި

26 އޯގަސްޓު 2022 | ހުކުރު 14:35

އަންގަދު ސިންގަކީ ދުނިޔޭގެ ސަމާލުކަން ހޯދި އެތައް ޑޮކިއުމަންޓްރީއެއް ހަދާފައިވާ ޖަރނަލިސްޓެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 26 އޯގަސްޓު 2022 | ހުކުރު 14:35
ޖަރނަލިސްޓް އަންގަދު ސިންގ

ޖަރނަލިސްޓް އަންގަދު ސިންގ

އެމެރިކާގައި ދެވޭ މަޝްހޫރު އެމީ އެވޯޑަށް ނަން ހުށަހެޅިފައިވާ އިންޑިޔާއަށް އުފަން، އެމެރިކާގެ ޖަރނަލިސްޓް އަންގަދު ސިންގ އިންޑިޔާއަށް އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލައިފިއެވެ. އޭނާގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އަމިއްލަ ދަތުރެއްގައި އަންގަދު ސިންގ ބުދަ ދުވަހުގެ ރޭ ނިއުޔޯކްއިން ފުރައިގެން ގޮސް ދިއްލީގައި ބޯޓު ޖެއްސުމާ އެކު އާއިލާއަށް މެސެޖު ކުރިއެވެ. ނަމަވެސް އޭގެ ފަނަރަވަރަކަށް މިނެޓު ފަހުން އޭނާގެ ޕާސްޕޯޓް އިމިގްރޭޝަން އޮފިޝަލުން ހިފަހައްޓައިފި ކަމަށް ބުނެ އޭނަ މެސެޖު ކުރިއެވެ. އެއަށް ފަހު އޭނާ އަނބުރާ ފޮނުވާލީކަމަށް އޭނާގެ މަންމަ ބުނެފައިވެއެވެ. އޭނާ ފޮނުވާލެވުނު ސަބަބެއް އަންގާފައިނުވާކަމަށް ވެސް ވެއެވެ.

އަންގަދު ސިންގަކީ ވައިސް ނިއުސް ޗެނެލްއަށް ޑޮކިއުމަންޓްރީތައް ހަދާދެމުން އަންނަ ޖަރނަލިސްޓްއެކެވެ. އޭނާ ވަނީ އިންޑިޔާގެ ކޮވިޑް ހާލަތާއި އަދި ދަނޑުވެރިންގެ މުޒާހަރާ ކަވަރުކޮށް ވަރަށް މަޝްހޫރުވި ޑޮކިއުމަންޓްރީތަކެއް ހަދާފައެވެ.

އޭނާގެ އާއިލާއިން ބުނި ގޮތުގައި އަންގަދު ސިންގުގެ ޑޮކިއުމަންޓްރީތަކުން އޭނަ މަސައްކަތް ކުރަނީ އެކި ގައުމުތަކުގެ އާންމު ރައްޔިތުންގެ ޝުއޫރުތައް ހާމަކޮށްދިނުމަށެވެ. މިގޮތުން އޭނާ ވަނީ ސްރީލަންކާ، ހޮންގކޮންގ، މިޔަންމާ، އިންޑިޔާ އަދި ޕާކިސްތާނުގެ އާންމުންގެ އިހްތިޖާޖްތަކާއި ޝުއޫރުތައް ގެނެސްދޭ ޑޮކިއުމެޓްރީތައް ހަދާފައެވެ.

އިންޑިޔާއާއި ބެހޭގޮތުން އޭނަ ހެދި ޑޮކިއުމަންޓްރީތަކުގެ ތެރޭގައި އަލަށް އެކުލަވާލެވުނު އެގްރިކަލްޗަރަލް ގާނޫނާއި ގުޅިގެން ދަނޑުވެރިން ކުރި އިހުތިޖާޖުތަކާއި ބެހޭ ޕްރޮގްރާމަކާއި، އިންޑިޔާގެ ސިޓިޒަންޝިޕް ގާނޫނަށް ގެނައި އިސްލާހުތަކަށް ފަހު އާންމުން ކުރި އިހްތިޖާޖްތަކާ ގުޅިގެން ހެދި ޕްރޮގްރާމެއް ހިމެނެއެވެ. މީގެ އިތުރުން ކޮވިޑް19ގެ ދެވަނަ ރާޅާއި ގުޅިގެން އިންޑިޔާގެ ގިނަ ރައްޔިތުން ތަހައްމަލު ކުރަމުން ދިޔަ ވޭނާއި ކެކުޅުން ދައްކުވާދޭ ޑޮކިއުމަންޓްރީ ހިމެނެއެވެ. އޭނާ އެމީ އެވޯޑަށް ނޮމިނޭޓް ވީވެސް މި ޑޮކިއުމަންޓްރީއިންނެވެ.

އަންގަދު ސިންގ ފޮނުވާލިކަން އެނގުމުން ލިޔެފައިވާ ފޭސްބުކް ޕޯސްޓެއްގައި އޭނާގެ މަންމަ ބުނީ ކުޅަދާނަ ޖަރނަލިސްޓެއްގެ ހައިސިއްޔަތުން އޭނަ ކުރާ މަސައްކަތް ދެކެ އިންޑިޔާ ސަރުކާރުން ބިރުގަންނަނީ ކަމުގައެވެ. އަދި ސިކް ދީނުގެ މީހުންނަށް ތަފާތު ކުރެވޭ ކަމަށާއި، އަމިއްލަ ގައުމު ދެކެ ލޯބިން ވެސް ސިކް ޖަރނަލިސްޓަކަށް ތެދު ހާމަކޮށްދިނުމުގެ މަސައްކަތަކީ ވަރަށް ވެސް ދަތި އުނދަގޫ މަސައްކަތެއް ކަމަށް އޭނާ ބުނެފައިވެއެވެ.  

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް