Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް

މުބާރާތް ނިމުމަކާގާތަށް، އެންމެ ގިނަ މެޑަލް ތިނަދޫއަށް

ތިނަދޫގެ ސްކޫލްތަކުން މިހާތަނަށް 36 މެޑަލް ހޯދާފައިވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2022 | ބުދަ 14:21
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ތިނަދޫ ސްޓޭޑިއަމްގައި

ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ތިނަދޫ ސްޓޭޑިއަމްގައި

ހުވަދުއަތޮޅު ތިނަދޫގައި މިހާރު ކުރިއަށް ގެންދާ "ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް"ގައި 24 ޓީމަކުން ވާދަކުރެއެވެ. މީގެތެރޭގައި މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް ހިމެނެއެވެ. 300ށްވުރެ ގިނަ އެތުލީޓުންނާއެކު ކުރިއަށްގެންދާ މި މުބާރާތް ނިމޭނީ ބުރާސްފަތި ދުވަހުއެވެ.

މުބާރާތުގެ މިހާތަނަށް ގިނަ އިވެންޓުތަކެއް ނިމިފައިވާއިރު, އެންމެ ގިނަ މެޑަލް މިހާތަނަށް ހޯދާފައިވަނީ މުބާރާތް ބާއްވާ ތިނަދޫއިންނެވެ. ތިނަދޫގެ ސްކޫލްތަކުން މިހާތަނަށް 36 މެޑަލް ހޯދާފައިވެއެވެ.

އޭގެތެރެއިން ތިނަދޫގައި ހުންނަ ގދ އަތޮޅު ތައުލީމީ މަރުކަޒުން މިހާތަނަށް މި މުބާރާތުގައި 21 މެޑަލް ވަނީ ހޯދާފައެވެ. އޭގެތެރޭގައި ހިމެނެނީ 9 ރަން މެޑަލްއާއި 6 ރިހި މެޑަލްގެ އިތުރުން 6 ލޯ މެޑަލްއެވެ.

އަތޮޅު ތައުލީމީ މަރުކަޒުގެ އަމާޒަކީ، މުބާރާތުގައި އެސްކޫލުން ވާދަކުރާ ދެ އުމުރުފުރާގެ ހަތަރު ތަށިވެސް ކާމިޔާބު ކުރުމެވެ. އަދި މުޅި މުބާރާތުގެ ރަންވަނަ ހޯދުމަށް މުޅި ޓީމު އޮތީ އެކުގައި އަޒުމު ކަނޑައަޅައިގެންނެވެ.

ގދ އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން, ތިނަދޫ ސްކޫލްއިން ވަނީ 8 މެޑަލް ހޯދާފައެވެ. އަދި ތިިނަދޫގެ އަބޫބަކުރު ސްކޫލުން 7 މެޑަލް މިހާތަނަށް ހޯދާފައިވެއެވެ.

އެންމެ ގިނަ މެޑަލް މިހާތަނަށް ހޯދާފައިވާ ނާހިލް ނިޒާރަކީ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެކެވެ. ނާހިލް ވަނީ މިހާތަނަށް މުބާރާތުގައި 4 މެޑަލް ހާސިލްކޮށްފައެވެ. އެތުލެޓިކްސްގައި ނާހިލް ވިދާލީ މިއަހަރު އޮތް އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައެވެ. ނާހިލް ވަނީ އޭނާ ބައިވެރިވި ހުރިހާ އިވެންޓެއްގެ ރެކޯޑު އެމުބާރާތުގައި މުގުރާލާފައެވެ.

ތިނަދޫ ފިޔަވާ މުބާރާތުގައި އެންމެ ގިނަ މެޑަލް ކާމިޔާބުކޮށްފައިވަނީ ފުވައްމުލަކުގެ ސްކޫލުތަކުންނެވެ. އެއީ 4 ރަން މެޑަލް އާއި 6 ރިހި މެޑަލްގެ އިތުރުން 13 ލޯ މެޑަލްއެވެ. ތިންވަނައަށް އެންމެ ގިނަ މެޑަލް ހޯދި މުހައްމަދު ޖަމާލުއްދީން ސްކޫލުން ވަނީ 6 ރަން މެޑަލް އާއި 6 ރިހި މެޑަލްގެ އިތުރުން 3 ލޯ މެޑަލް ހާސިލްކޮށްފައެވެ.

ޓީމު އިވެންޓުތަކަށް ބަލާއިރު، އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ ގދ އަތޮޅު ތައުލީމީ މަރުކަޒުންނެވެ. ގދ އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 4x200 މީޓަރު ދުވުމުގައި 17 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުން އެއްވަނަ، އަދި އަންހެން ޑިވިޝަނުން ދެވަނަ ހޯދާފައެވެ. މީގެ އިތުރުން މެޑްލޭ ރިލޭ 15 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ޑިވިޝަނުން އެއްވަނަ އަދި އަންހެން ޑިވިޝަނުން ދެވަނަ ހޯދާފައިވެއެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023
އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

19 ޖުލައި 2023
200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

18 ޖުލައި 2023
ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

26 ޖޫން 2023

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު