Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް

މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ނާހިލްއާއި ޒާރާ

މުބާރާތުގައި 24 ސްކޫލަކުން 800ށްވުރެ ގިނަ އެތުލީޓުން ވާދަކުރި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 15 ސެޕްޓެމްބަރު 2022 | ބުރާސްފަތި 15:26
މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓާއި ފިރިހެން އެތުލީޓު

މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓާއި ފިރިހެން އެތުލީޓު

ބުރާސްފަތި ދުވަހު ނިމުނު "ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް"ގެ އެންމެ މޮޅު އެތުލީޓުންނަށް އިބްރާހިމް ނާހިލް ނިޒާރުއާއި ޒާރާ އާދަމް ހޮވިއްޖެއެވެ.

މުބާރާތުގައި ނާހިލް ވަނީ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދާފައެވެ. އެންމެ މޮޅު އަންހެން އެތުލީތަކަށް ހޮވުނީ ޒާރާއެވެ. މި ދެއެތުލީޓުންނަކީވެސް ގދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. މުބާރާތުގެ އެއްވަނަ ސްކޫލަކަށް ހޮވުނީ ގދ އަތޮޅު ތައުލީމީ މަރުކަޒެވެ.

މި މުބާރާތުގައި ނާހިލްއާއި ޒާރާ ވަނީ ބައިވެރިވި ހުރިހާ އިންޑިވިޖުއަލް އިވެންޓެއްގެ އެއްވަނަ ހޯދާފައެވެ.

ލިބުނު ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަމުން ނާހިލް ބުނީ، މިއީ އޭނާ ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި ކުރިއަށް އޮތް މުބާރާތްތަކުގައިވެސް ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާކަން ނާހިލް ފާހަގަކުރިއެވެ.

ރާއްޖެޓީވީއަށް ދިން އިންޓަރވިއުއެއްގައި ޒާރާ ބުނީ މިއީ އަދި އޭނާގެ ފެށުމެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެތުލެޓިކްސް ފީލްޑުގައި ގިނަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާކަމަށް ޒާރާ ބުންޏެވެ. މި ކާމިޔާބީ ހޯދުމުގައި ޒާރާއަށް އެންމެ ބޮޑަށް އެހީތެރިވީ އޭނާގެ ކޯޗުންނެވެ.

މި މުބާރާތުގައި 24 ސްކޫލަކުން 800ށްވުރެ ގިނަ އެތުލީޓުން ވާދަކުރިއެވެ. މުބާރާތް ބާއްވާފައިވަނީ ގދ. ތިނަދޫގައެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

01 މާރިޗު 2025

އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް

01 މާރިޗު 2025
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު އިރުފާނަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް
19 ޖުލައި 2023

އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

19 ޖުލައި 2023
އައިއޯއައިޖީ އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި
18 ޖުލައި 2023

200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި

18 ޖުލައި 2023
200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހްނާ އައުކޮށްފި
26 ޖޫން 2023

ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި

26 ޖޫން 2023
ޖޫން މަހު ދެވަނަ ފަހަރަށް ހިމްނާ 400 މީޓަރުގެ ރެކޯޑް އައު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު