Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްއޯއެފްގެ އެކައުންޓް ދޫކޮށްލުން

އެސްއޯއެފްގެ އެކައުންޓްތައް އަލުން ފްރީޒްކޮށްދިނުމަށް އެދުމުގެ މަސައްކަތް އޭސީސީން ފަށައިފި

25 އޯގަސްޓު 2022 | ބުރާސްފަތި 07:54

މި މައްސަލަ އޭސީސީން ދަނީ ބަލަމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 އޯގަސްޓު 2022 | ބުރާސްފަތި 07:54
އެސްއޯއެފްގެ އެކައުންޓް ދޫކޮށްލުމަށް ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ މި މަހުގައި

އެސްއޯއެފްގެ އެކައުންޓް ދޫކޮށްލުމަށް ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ މި މަހުގައި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ދައުރުކުރަން ބޭނުންކުރި ސްކޯސް އޮފް ފްލެއަރ (އެސްއޯއެފް)ގެ އެކައުންޓްތައް އަންފްރީޒް ކުރި މައްސަލަ ސަމާލުކަމަށް އައިސްގެން، އެ އެކައުންޓް އަލުން ފްރީޒްކޮށްދިނުމަށް އެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަކީ 2014 އަދި 2015 ވަނަ އަހަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓަށް ފައިސާ އެންމެ ގިނައިން ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކުރާ އެއް އެކައުންޓެވެ. 2018 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓްރީން އެދިގެން އެސްއޯއެފްގެ އެކައުންޓް ފްރީޒް ކުރި އިރު، އެއިރު ސިވިލް ކޯޓުން ނެރުނު އަމުރުގައި އެސްއޯއެފްގެ އިތުރުން އެ ކުންފުނީގެ ހިއްސާދާރުން ކަމުގައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) އަދި އިތުރު ބަޔަކު ހިމެނޭހެން 9 ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކުރިއެވެ.

Advertisement - newsAdvertisement

މި އެކައުންޓް ފްރީޒްކޮށްފައިވަނިކޮށް ދޫކޮށްލަން ސިވލް ކޯޓުން އެންގީ މި މަހުގެ 7 ވަނަ ދުވަހު ނެރުނު އަމުރަކާ ގުޅިގެންނެވެ. ނަމަވެސް އެ އެކައުންޓް ދޫކޮށްލަން ކޯޓުން އަމުރު ކުރީ ކޮން ފަރާތަކުން އެދިގެން ކަމެއް ސާފެއް ނޫނެވެ. މިކަމާއި ގުޅިގެން ރާއްޖެ.އެމްވީ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސީނިއާ ކޮމިއުނިކޭޝަންް އޮފިސަރު ނިޝާން މުހައްމަދު ދީދީ ވިދާޅުވީ އެކައުންޓް ދޫކޮށްލާފަައިވާ ކަމަށާއި، އެކަން ހިނގައިދިޔައީ ކިހިނެއްކަން ކޮމިޝަނުން ބަލަމުން އަންނަކަމަށެވެ. އަދި އެކައުންޓްތައް ދޫކޮށްލަން ސިވިލް ކޯޓުން އަމުރު ނެރުނުކަން ޔަގީންވާކަމަށާއި، ބީއެމްއެލްއަށް އެކަން އަންގާފައިވާ ކަމަށެވެ.

ނިޝާން ވިދާޅުވީ އެކައުންޓްގައި ހުރީ ކިހާ ފައިސާއެއްކަމެއް އަދި ދޫކޮށްލި ފަހުން އެ އެކައުންޓުން މުއާމަލާތްކޮށްފައިވާ ކަމެއް ނުވަތަ ނޫންކަމެއް ޔަގީން ނުވާ ކަމަށެވެ. އެހެންނަމަވެސް މި މައްސަލަ ބަލަމުން އަންނަ ކަމަށާއި، އެކައުންޓް ފްރީޒް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގެ ދަށުން އެކައުންޓް ފްރީޒްކޮށްފައިވާ އަމިއްލަ ދެ މީހުންނަކީ، އެމްއެމްޕީއާރްސީ ޚިޔާނާތުގައި ފައިސާ ދައުރުކުރި، ސްކޯސް އޮފް ފްލެއަރ (އެސްއޯއެފް) ކުންފުނީގެ މުހައްމަދު އައްލާމް ލަތީފާއި އޭނާގެ ބައްޕަ، މ. ސެސްނާ އަބްދުއްލަތީފް އަބޫބަކުރެވެ.

އެކައުންޓް ފްރީޒްކުރި 10 ކުންފުނީގެ ތެރޭގައި ހިމެނެނީ، އެސްއޯއެފް ކުންފުންޏާއި އަދި މި ދެ މީހުންނާ ގުޅުން ހުރި ކުންފުނިތަކެވެ.

މޮހޯ އާއި އޭނާގެ ބައްޕަގެ އިތުރުން 10 ކުންފުނީގެ އެކައުންޓްތަައް ފްރީޒްކޮށްފައި މިވަނީ، އެމްއެމްޕީއާރްސީއަށް އަމިއްލަ މީހަކު ދިން 2.5 މިލިއަން ޑޮލަރުގެ ޗެކެއް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ، އެ ފައިސާ ހޯދަން ދައުވާކުރާ މައްސަލައިގައި އެފަދަ އަމުރަކަށް ދައުލަތުން އެދުމުންނެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ، މި ކުންފުނިތަކާއި މޮހޯ އާއި އޭނާގެ ބައްޕަގެ އެކައުންޓްތައް ފްރީޒްކުރުމުގެ އިތުރުން، އެ ކުންފުނިތަކުގައި އެމީހުންގެ ހިއްސާއެއްވާ ނަމަ ހިއްސާ ބަދަލުކުރުން ނުވަތަ ވިއްކުން ފަދަ ކަމެއް ނުކުރަން އަމުރުކޮށްފައެވެ.

އެސްއޯއެފް ކުންފުނީގައި މަސައްކަތް ކުރި އަލީ އިޝްފާހުގެ އެކައުންޓްތަކާއި އެސެޓްތައް ފްރީޒްކުރަން ވެސް ދައުލަތުން އެދުނެވެ. އެހެންނަމަވެސް، ހޯދަން ދައުވާކޮށްފައިވާ ފައިސާ އާއި އިޝްފާހުއާ ހުރި ގުޅުމެއް ބުނެދެވިފައި ނުވާ ކަމަށް ބުނެ އެފަދަ އަމުރެއް ނެރެދީފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، 160 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް 2017 އަހަރުގެ ސެޕްޓެމްބަރުގައި ސިވިލް ކޯޓުން ވަނީ އެސްއޯއެފްގެ މައްޗަށް ހުކުމް ކޮށްފައެވެ.

ޚިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ ޑޮލަރު އެކައުންޓެއްގެ ސްޓޭޓްމަންޓެއްވެސް މީގެ ކުރިން ލީކުކޮށްލާފައިވެއެވެ. ބޭންކް ސްޓޭޓްމަންޓުގައިވާ ގޮތުން އެސްއޯއެފްގެ އެކައުންޓުން އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ އަބްދުﷲ ރަޝީދު ކިޔާ މީހެއްގެ އެކައުންޓަށެވެ. އޭނާގެ އެކައުންޓަށް 269 ފަހަރު އެ އެކައުންޓުން 4 މިލިއަނަށްވުރެ ގިނަ ޑޮލަރު ޖަމާކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ޑޮލަރު ވަދެފައިވަނީ ޒަރީރު އިބްރާހިމް ކިޔާ މީހެއްގެ އެކައުންޓަށެވެ. އޭނާގެ އެކައުންޓަށް 154 ފަހަރުގެ މަތިން ދެ މިލިއަން ޑޮލަރަށް ވުރެ ގިނައިން ވަނީ ޖަމާކޮށްފައެވެ.

މިލިއަން ޑޮލަރުން އެކައުންޓްތަކަށް ވަދެފައިވަނީ ކަމަށް ބޭންކް ސްޓޭޓްމެންޓްގައިވާ ނަންތަކުގެ ތެރޭގައި އަބްދުއް ރަޝީދު ހަސަން، އަލީ މުޖާހު އަހުމަދު ޖަމީލު ހިމެނެ އެވެ. އަދި ރާއްޖޭގެ މަޝްހޫރު ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ފައިސާ ޖަމާކޮށްފައިވެއެވެ. 

މީގެ އިތުރުން އެސްއޯއެފްގެ އެއް ކުންފުނިން އަނެއް ކުންފުންޏަށް ވެސް ވަނީ ޑޮލަރު ބަދަލުކޮށްފައެވެ. އެގޮތުން އެސްއޯއެފް ޑިވެލޮޕްމެންޓް ޕްރައިވެޓް ލިމިޓެޑަށް 48 ފަހަރެއްގެ މަތިން 7 ލައްކައަށްވުރެ ގިނަ ޑޮލަރު، އެސްއޯއެފް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް 30 ފަހަރު މަތިން ހަތަރު ލައްކައަށްވުރެ ގިނަ ޑޮލަރު، އަދި އެސްއޯއެފް ސްޓޫޑިއޯ އަށް ދެ ފަހަރު މަތިން ތިންހާސް ޑޮލަރު ޖަމާކޮށްފައިވެއެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފާއިސާ 155 މީހެއްގެ އެކައުންޓަށް ވަދެފައިވާ ކަމަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސި) އިންވަނީ ބުނެފައެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް އެއް ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ

23 މާރިޗު 2017
 ސްކޫލުތަކުގެ ކިޔެވުން ފެށޭތީ، ފްލޫ ކްލިނިކް އަލުން އައިޖީއެމްއެޗަށް ބަދަލު ކުރަނީ
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
19 ފެބުރުއަރީ 2017

165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ

19 ފެބުރުއަރީ 2017
165 މިލިއަން ރުފިޔާ ހޯދަން އެސްއޯއެފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް އަލުން ފަށަނީ
16 ފެބުރުއަރީ 2017

"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ

16 ފެބުރުއަރީ 2017
"ހަމަ ކެނޑީ އަލުން ވަނީ" ގެ ނަމުގައި ހަރަކާތެއް ފަށަނީ
08 ފެބުރުއަރީ 2017

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް