Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސްޓާރސް ބާސްކެޓްބޯޅަ އެކަޑެމީ

ސްޓާރސް ބާސްކެޓްބޯޅަ އެކަޑެމީ އާ ވިސްނުންތަކާއެކު ކުރިއަށް!

ސްޓާރސް އެކަޑެމީގެ ވިސްނުމަކީ އަތޮޅުތެރެއަށް ފުޅާކުރުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 25 އޯގަސްޓު 2022 | ބުރާސްފަތި 02:47
ސްޓާރސް ބަސްކެޓް އެކަޑެމީގެ ކުޅުންތެރިންނަށް ބޭރު ކޯޗެއް އިރުޝާދު ދެނީ: ފޮޓޯ-ސްޓާރސް އެކަޑެމީ

ސްޓާރސް ބަސްކެޓް އެކަޑެމީގެ ކުޅުންތެރިންނަށް ބޭރު ކޯޗެއް އިރުޝާދު ދެނީ: ފޮޓޯ-ސްޓާރސް އެކަޑެމީ

ރާއްޖޭގެ ކުޅިވަރުގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ވަރުގަދަވަމުން އަންނަ މަންޒަރު ކޮންމެވެސް ވަރަކަށް ފެންނަން ފަށައިފިއެވެ. ޔަޤީނުންވެސް ތުއްތުއިރުން ފެށިގެން ތަފާތު ކުޅިވަރުގެ ތެރޭގައި ބައިވެރި, ހަރަކާތްރެރިވުމުގެ ފުރުޞަތު ފުޅާކޮށް އެބައޮތެވެ. އެއީ ފުޓްބޯޅަކަމުގައި ވިޔަސް, ބެޑްމިންޓަން ކަމުގައިވިޔަސް, ޓޭބަލް ޓެނިސް ކަމުގައިވިޔަސް އަދި ބާސްކެޓް ކަމުގައި ވިޔަސްމެއެވެ.

ގިނަ ކުޅިވަރުތަކުގައި އެއް އެކަޑެމީއަށްވުރެ ގިނަ އެކަޑެމީތައް އެތުލީޓުން ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކްލަބްތަކުންނެވެ. އެކި ދުވަސްވަރު އެކުޅިވަރުތަކުގައި ހަރަކާތްތެރިވި, ކުޅުނު ކުޅުންތެރިންނެވެ. ސްޓާރސް ބާސްކެޓްބޯޅަ އެކަޑެމީއަކީ މީގެތެރެއިން ނަމޫނާ އެއް އެކަޑެމީއެވެ. 6-15 އަހަރުގެ ކުދިންނަށް އަމާޒުކޮށްފައިވާ އެކަޑެމީން މާލޭގެ އިތުރުން ހުޅުމާލޭގައި ސެޝަންތައް ކުރިއަށް ގެންދެއެވެ. ކޮންމެ ގްރޫޕަކަށްވެސް ތިން ދުވަހު ޕްރެކްޓިސް ކުރުމުގެ ފުރުޞަތު ލިބޭގޮތަށް އެކަޑެމީގެ ސެޝަންތައް ރާވާލާފައިވީނަމަވެސް އެކަށީގެންވާ މިންވަރަށް ވަޞީލަތާ އެކު ވަގުތު ނެތުމަކީ އޮތް ގޮންޖެހުމެކެވެ. ބާސްކެޓް ކޯޓުތައް ލިބެން އޮތް މިންވަރުން ކުދިންގެ އަދަދު އިތުރު ކުުރުމަކީ ޗެލެންޖެކެވެ.

ސްޓާރސް ބާސްކެޓްބޯޅަ އެކަޑެމީގެ ފައުންޑަރ އަދި ކޯޗު ހުސެއިން ޒަމީލް (ޒަމްބެ) ބުނީ އެކަށީގެންވާ ވަގުތު ނުލިބޭކަމަށެވެ. މާލެއިން ދުވާލަކަށް ލިބޭ ތިން ގަޑިއިރާއި, ހުޅުމާލެއިން ދުވާލަކަށް ލިބޭ އެއް ގަޑިއިރަށް ފައްތާލައިގެން ތަމްރީނުތައް ކުރިއަށް ގެންދަނީ ސެޝަނެއްގައި ޢާއްމުކޮށް ހަތަރު ކޯޗުން ތިބެގެންނެވެ. ސެޝަނެއްގައި ޢާއްމުކޮށް ތަމްރީނު ހޯދަނީ 25 ކުދިންނެވެ. ހުޅުމާލޭގައި އޮތް ކޯޓް ދެ އެކަޑެމީއަކުން ހިއްސާކުރަމުންދާތީ ހުޅުމާލެއިން ލިބެން އޮތް ފުރުޞަތު މަދެވެ. މިގޮންޖެހުންތަކާއެކު ވެސް ނަތީޖާއަކާ ހަމައަށް ދިއުމަށް ކުރެވޭ މަސައްކަތްތަކުން އުއްމީދު ލިބޭކަން ޒަމްބެ ފާހަގަކުރިއެވެ. އެކަޑެމީގެ މެއިން ފޯކަސްއަކީ ތަފާތު އެތުލީޓުންތަކެއް އުފެއްދުމެވެ. އެ އުފެއްދުމުގެ ތެރޭގައި ބޭރުގެ ކޯޗުން ގެނެސްގެން އެކަޑެމީގެ ތަމްރީނުތައް ކުރިއަށް ގެންދެއެވެ. އެގޮތުން ސްރީލަންކާއާއި, އެމެރިކާގެ ކޯޗުންވެސް ރައްޖެ އައިސް ސެޝަންތައް ނަގައިދީފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބޭރު ކޯޗުން ގެންނާނެކަމަށް ޒަމްބެ ބުންޏެވެ.

ސްޓާރސް އެކަޑެމީން އެންމެ ފަހުން ބޭއްވި ކޭމްޕްވެސް 80 ކުދިން ފުރިހަމަކުރިއެވެ. އޭގެތެރެއިން ދެޖިންސް ހިމެނޭ ގޮތަށް 10 ކުޅުންތެރިން އެކަޑެމީން ވަނީ ފާހަގަކޮށްފައެވެ. މަސައްކަތްކުރަމުން ދަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއިން ބޭރުން އެ ކުޅުންތެރިންނަށް ސްކޮލަރޝިޕް ހޯދައިދިނުމަށެވެ. އެކަޑެމީއަށް އަންނަ ބައެއް ކުދިންނަކީ އިންޑިވިޖުއަލް ތަމްރީނުތައްވެސް ހޯދާ ކުޅުންތެރިންނެވެ. އެކުޅުންތެރިން ތަފާތުކަން ފާހަގަކުރަމުން ޒަމްބެ ބުނީ ބާސްކެޓްބޯޅައިގެ ހުނަރު ފާހަގަވާކަމަށާއި, އުއްމިދީ ކުރިމަގެއް އެބައޮތްކަމަށެވެ. ބާސްކެޓްބޯޅައިގެ ހުނަރުގެ އިތުރުން އެކަޑެމީގެ ތެރެއިން ކުދިން ދިރިއުޅުމުގެ ހުނަރުތައް ދަސްކުރެއެވެ. އެކަމަށް އެކަޑެމީއިން ބޮޑު ސަމާލުކަމެއް ވެސް ދޭކަން ޒަމްބެ ފާހަގަކުރިއެވެ.

މިއަހަރުގެ ބާކީ އޮތް މުއްދަތަށްވެސް އެކަޑެމީގެ ޕްރޮގްރާމްތައް ގިނައެވެ. ރާއްޖެއިން ބޭރުން ވިއެޓްނާމުން ރަނގަޅު ފުރުޞަތެއް ވަނީ ލިބިފައެވެ. ވިއެޓްނާމަށް ގޮސް ތަޖުރިބާ ހޯދުމުގެ ފުރުޞަތާއި, ސްރީލަންކާގެ ބާސްކެޓް ކުޅުންތެރިއެއްކަމަށްވާ ޕްރަނީތް އެކަޑެމީގެ 15 ކުޅުންތެރިން ރާއްޖެ އައިސް މެޗުތަކެއް ކުޅުން ނުވަތަ މުބާރާތެއް ކުޅުމުގެ ފުރުޞަތެވެ. އަދި އޭގެފަހުން ސްރީލަންކާއަށް ސްޓާރސް އެކަޑެމީގެ ކުޅުންތެރިން ދިއުމުގެ ފުރުޞަތުވެސް އޮތީ ފަހިވެފައެވެ. މީގެކުރިންވެސް ސްރީލަންކާއާއި ތައިލެންޑްގައި ވެސް ސްޓާރސް އެކަޑެމީން ތަޖުރިބާ ހޯދާފައިވެއެވެ.

އެކަޑެމީގެ ސެޝަންތަކުގެ އިތުރުން ބައެއް ސްކޫލްތަކާއެކު ޕާރޓްނަޝިޕް އެއްބަސްވުން ހަދައިގެން އެސްކޫލްތަކުގައި ބާސްކެޓްބޯޅައިގެ ހުނަރު ކުރިއަށް ގެންދަންވެސް ސްޓާރސް އެކަޑެމީން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޣާޒީ ސްކޫލާއި ބިލަބޮންގ އިންޓަރނޭޝަނަލް ހައި ސްކޫލަކީ ސްޓާރސް އެކަޑެމީގެ ޕާރޓްނަރޝިޕް ސްކޫލްތަކެވެ. މީގެއިތުރުން ވަރަށް އަވަހަށް ހިރިޔާ ސްކޫލްވެސް ވެގެންދާނީ އެކަޑެމީގެ ޕާރޓްނަރ ސްކޫލަކަށެވެ. އެސްކޫލްތަކުގެ މެދުގައި މުބާރާތެއް ބޭއްވުމުގެ ވިސްނުންވެސް ގެންގުޅޭކަމަށް ޒަމްބެ ބުންޏެވެ.

އަތޮޅުތަކަށް އެކަޑެމީ ފުޅާކުރުމާއި, އަތޮޅުތަކުގައި ސެޝަންތައް ކުރިއަށް ގެންދިއުމަކީ ވެސް އެކަޑެމީގެ ކައިރި މުސްތަޤްބަލްގެ ވިސްނުންތަކެވެ. އެންމެބޮޑު ފޯކަސްއެއް އޮތީ ހދ.ކުޅުދުއްފުއްޓަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2019

ނެޓްބޯޅަ އެސޯސިއޭޝަންގެ އަޑުމަޑުވެ، މުބާރާތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް!

02 ފެބުރުއަރީ 2019
ނެޓްބޯޅަ އެސޯސިއޭޝަންގެ އަޑުމަޑުވެ، މުބާރާތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް!
21 ޖެނުއަރީ 2019

ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!

21 ޖެނުއަރީ 2019
ހިޔާ މަޝްރޫއު: ޕްލޭނެއް ނެތި ކުރިއަށް؟!
17 ޖެނުއަރީ 2019

2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ކުއާޓަލީ ބިޒްނަސް ސާވޭގެ އުސްއަލިތައް

17 ޖެނުއަރީ 2019
2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއެމްއޭ އިން ކުރިއަށް ގެންދިޔަ ކުއާޓަލީ ބިޒްނަސް ސާވޭގެ އުސްއަލިތައް
04 ޖެނުއަރީ 2019

މިއަހަރު ވެސް ބޮލީވުޑްގެ ތަފާތު ގިނަ ފިލްމްތަކެއް ކުރިއަށް

04 ޖެނުއަރީ 2019
މިއަހަރު ވެސް ބޮލީވުޑްގެ ތަފާތު ގިނަ ފިލްމްތަކެއް ކުރިއަށް
06 އޮކްޓޯބަރު 2018

އިންތިހާބީ ރައީސް ސޯލިހަށް ކުރިއަށް އޮތީ އުދަނގޫ ދުވަސްތަކެއް!

06 އޮކްޓޯބަރު 2018
އިންތިހާބީ ރައީސް ސޯލިހަށް ކުރިއަށް އޮތީ އުދަނގޫ ދުވަސްތަކެއް!
23 އޯގަސްޓު 2018

ބެރަށް ފައި ހަމަކޮށް، ކުރިއަށްގެންދާ ގަމު ކޯޑި ކުޅިވަރު

23 އޯގަސްޓު 2018
ބެރަށް ފައި ހަމަކޮށް، ކުރިއަށްގެންދާ ގަމު ކޯޑި ކުޅިވަރު
26 ޖުލައި 2018

ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން

26 ޖުލައި 2018
ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން
02 ފެބުރުއަރީ 2018

މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟

02 ފެބުރުއަރީ 2018
މަސީހުގެ އިތުބާރު ނެތްކަމުގެ އަލުން ކުރިއަށް ގެންދަންޖެހޭނެތަ؟
24 އޯގަސްޓު 2017

ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

24 އޯގަސްޓު 2017
ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!
24 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު