Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިލަންދޫގެ ފެނާއި ނަރުދަމާގެ މައްސަލަ

ފ.ނިލަންދޫގެ ފެނާއި ނަރުދަމާ ހަލާކުވެ ގިނަދުވަސްތަކެއްވެފައިވާތީ ގަރާރެއް ހުށައަޅައިފި

24 އޯގަސްޓު 2022 | ބުދަ 11:54

ގަރާރު ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 އޯގަސްޓު 2022 | ބުދަ 11:54
ފ. ނިލަންދޫ

ފ. ނިލަންދޫ

ފ.ނިލަންދޫގެ ނަރުދަމާގެ ނިޒާމު ހަލާކުވެ، އެ މައްސަލަ ޙައްލުނުވެ ގިނަ ދުވަސްތަކެއްވެފައިވާތީ، އެ މައްސަލަ ޙައްލުކޮށްދެއްވުމަށް އެދި ސަރުކާރަށް ގޮވާލައި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދު ގަރާރެއް ހުށައަޅުއްވައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް ގަރާރު ހުށައަޅުއްވަމުން މުހުސިން ވިދާޅުވީ ނިލަންދޫގައި ގާއިމުކުރެވިފައިވާ ނަރުދަމާގެ ނިޒާމު ހަލާކުވެ އެމައްސަލަ ހައްލުނުވެ ގިނަ ދުވަސްތަކެއްވެ ރަށުތެރެއަށް ނަޖިސްފެންތައް ދައުރުވެ މިކަމުގެ ސަބަބުން ބަލިމަޑުކަމާއި ކުރިމަތިލާންޖެހިދާނެކަމުގެ ބިރު ހީވެފައިވާކަމަށެވެ. ކޮންމެ ރަށެއްގައިވެސް އެރަށަކާ އެކަށީގެންވާ މިންވަރުގެ ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަކީ އަސާސީ ހައްގެއްގެ ގޮތުގައި ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށާ، އަދި އެކަމަކީ ކަމާގުޅޭ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިންވެސް ފުރިހަމައަށް ރައްޔިތުންނަށް ލިބެދޭންޖެހޭ އަސާސީ ހައްގެއްކަމަށް މުހުސިން ވިދާޅުވިއެވެ.

މިހާރު ނިލަންދޫގައި ގާއިމުކުރެވިފައިވާ ނަރުދަމާގެ މައްސަލައަކީ އެޚިދުމަތެއް ރައްޔިތުން ހޯދަމުން ދިއުމުގައި ނަރުދަމާއަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން އިޖުތިމާއީ އަދި ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވަމުންދާކަމެއްކަމަށް މުހުސިން ވިދާޅުވިއެވެ.

އެހެންކަމުން ނިލަންދޫ ރައްޔިތުންގެ ނަރުދަމާއަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލުގެ ހާލަތުން ވީހާވެސް އަވަހަކަށް މިންޖުކޮށް ނިލަންދޫގެ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ނަރުދަމާގެ ޚިދުމަތް ލިބޭނެގޮތް ހަދައިދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މިގަރާރު ހުށައަޅުއްވާކަމަށް މުހުސިން ވިދާޅުވިއެވެ.

ގަރާރަށް ބަހުސްކުރައްވަމުން މެމްބަރުން ވަނީ ގަރާރަށް ތާއީދުކުރައްވާ މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

22 ޖޫން 2017

ތިން ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

22 ޖޫން 2017
ތިން ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
19 ޖޫން 2017

ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

19 ޖޫން 2017
ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި
10 ޖޫން 2017

ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން ފެނާއި ގޭސް ޑެލިވަރީ ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި

10 ޖޫން 2017
ޓްރެފިކަށް ލުޔެއް ދިނުމުގެ ގޮތުން ފެނާއި ގޭސް ޑެލިވަރީ ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި
09 ޖޫން 2017

ބޯޓުގެ ހުރިހާ މުދާތަކެއް ވަނީ ހަލާކުވެފައި، ތިން މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް: ދަނބިދޫ ކައުންސިލް

09 ޖޫން 2017
ބޯޓުގެ ހުރިހާ މުދާތަކެއް ވަނީ ހަލާކުވެފައި، ތިން މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް: ދަނބިދޫ ކައުންސިލް
01 ޖޫން 2017

ކޮޅިގަނޑުގައި ވައިކަރަދޫގެ ދަނޑުތައް ހަލާކުވެއްޖެ

01 ޖޫން 2017
ކޮޅިގަނޑުގައި ވައިކަރަދޫގެ ދަނޑުތައް ހަލާކުވެއްޖެ
21 މެއި 2017

މާލެއަށް ކުރި ވިއްސާރައިގައި ބޮޑު ދިދަ ހަލާކުވެ، ދިދަ ބާލައިފި

21 މެއި 2017
މާލެއަށް ކުރި ވިއްސާރައިގައި ބޮޑު ދިދަ ހަލާކުވެ، ދިދަ ބާލައިފި
04 މެއި 2017

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

04 މެއި 2017
ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް