Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމިނީ ބަސް ތައާރަފްކުރުން

މިނީ ބަސް ދުއްވިޔަސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުމެއްނެތް!

24 އޯގަސްޓު 2022 | ބުދަ 11:49

މިނީ ބަސް ދުއްވިޔަސް މާލެތެރޭގައި ޓެކްސީ ދަތުރުތައް ލިބޭނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 24 އޯގަސްޓު 2022 | ބުދަ 11:49
މިނީ ބަހާއި ޓެކްސީ

މިނީ ބަހާއި ޓެކްސީ

މާލެތެރޭގައި މިނީ ބަހުގެ ޚިދުމަތްދޭން މަސައްކަތް ފެށުމާއި އެކު ގިނަ ބަޔަކަށް އެޚަބަރުވީ ހިތްހަމަޖެހޭ ޚަބަރަކަށެވެ. ކުޑަ އަގެއްގައި މާލެތެރޭގެ ދަތުރުތައް ކުރެވޭނެތީއެވެ. ސްކޫލް ގަޑިތަކުގައި ދަރިން ގޮވައިގެން ފަސޭހަކަމާއެކު ދަތުރުކުރެވޭނެތީއެވެ. އަދިވެސް މިފަދަ އެތަކެއް ސަބަބުތަކާހުރެއެވެ.

ނަމަވެސް މާލެ ސަރަޙައްދުގައި ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކަށް މިޚަބަރުވީ އަޑުއަހާލަން އެހާ ފަސޭހަ ޚަބަރަކަށް ނޫނެވެ. މިނީ ބަހުގެ ޓެސްޓު ދަތުރުތައް މާލެތެރޭގައި ފެށުމަކީވެސް ޓެކްސީ ޑްރައިވަރުންގެ ހިތްތަކަށް ނުތަނަވަސްކަން ގެނުވި ކަމެކެވެ. އެފަރާތްތަކަށް ލިބޭ ދަތުރު މަދުވެދާނެތީއެވެ. އާމްދަނީ ކުޑަވެދާނެތީއެވެ.

ކޮންމެއަކަސް މިނީ ބަހުގެ ޚިދުމަތަކީ ޓެކްސީ ޑްރައިވަރުންނަށް އެއްވެސް ގޮތަކަށް ކަމުދާ ޚިދުމަތަކަށް ނުވިއެވެ. އެހެންކަމުން މިހާރު ވަނީ އެފަރާތްތަކުގެ ޝަކުވާތައް ގިނަވެފައެވެ. މި ޚިދުމަތާއެކު މަޖީދީމަގު އިތުރަށް ބާރުބޮޑުވާނެކަމަށް ބުނާ ޓެކްސީ ޑްރައިވަރުން ގިނައެވެ. އަދި މާލެ ތެރެއިން އެފަރާތްތަކަށް ލިބޭ ދަތުރުގެ އަދަދު ބޮޑުތަނުން ދަށްވާނެކަމަށްބުނެ ޝަކުވާ ނުކުރާ ޑްރައިވަރެއް މަދެވެ. ނުވިތާކަށް ޕެޓްރޯލްގެ އަގު އިންތިހާއަށް އުފުލިފައިވާ މި ދަނޑިވަޅުގައި މިނީ ބަސް ތައާރަފްކުރުމުން ޑްރައިވަރުން އިނދަޖެހޭނެކަން ސަރުކާރަށް ހަމަ ނުވިސްނެނީތޯވެސް މި ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިއީ މުޅިއަކުން ދޮގު ވާހަކަތަކެއްވެސް ނޫނެވެ. އެކަމަކު، މާލެތެރޭގެ ދަތުރުތައް ނަގަނީ ކިތައް ޓެކްސީ ޑްރައިވަރުންތޯ، މިއީވެސް ކޮށްލަން ރަނގަޅު ސުވާލެކެވެ. މާލެތެރޭގެ ދަތުރުތައް ނުނަގާ، ހަމައެކަނި ހުޅުމާލެއަށް ނުވަތަ އެއަރޕޯޓަށް ޑްރައިވަރުން ދަތުރުނަގާ ވާހަކަވެސް އަބަދުވެސް ފޯރިގަަދަކޮށް ދެކެވެއެވެ. ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް އާންމުން ރައްދުދެމުން އަންނަނީ މިފަދަ ހަގީގަތްތައް ހާމަކުރަމުންނެވެ. މާލެތެރޭގައި ދަތުރުކުރާނެ ޓެކްސީއެއް ނުލިބޭ ވާހަކައިންނެވެ. ބްރިޖު މަތީގައި ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުން ފޫގަޅާފައި ހުންނަ ވާހަކައިންނެވެ.

މިނީ ބަހާއެކު ދަތުރުތަކަށް އަންނާނެ ބަދަލުތަކަށް ވިސްނާލުންވެސް މުހިންމެވެ. ގިނަ ދިވެހީން ބޭނުންވާނީ ސީދާ އެމީހާ ދާންބޭނުންވާ ތަނެއްގެ ދޮރުމައްޗަށް އުޅަނދު މަޑުކޮށްލާށެވެ. ނަމަވެސް މިނީ ބަހުގައި ދަތުރުކުރެވެނީ ވަކި ގަޑިތަކެއްގައި، ވަކި މަގުތަކެއްގައި އެކަންޏެވެ. އެހެންކަމަށް ވާނަމަ ޓެކްސީ ޑްރައިވަރުންނަށް މާލެތެރޭގެ ދަތުރުތައް ލިބޭނެއެވެ. ބަހުގެ ޚިދުމަތާއެކު ޓެކްސީ ޑްރައިވަރުންނަށް ލިބޭ ދަތުރު މަދުވާނަމަ، މާލެ އާއި ހުޅުމާލެއާއި ދެމެދު މިހާރުވެސް ބަސް ދަތުރުކުރާއިރު، ޓެކްސީތަކަށް ދަތުރު ނުލިބޭނެތާއެވެ.

ޓެކްސީ ޑްރައިވަރުންގެ އާމްދަނީއަށް ބަލާއިރު، ހައެއްކަ ގަޑިއިރު ރަނގަޅަށް މަސައްކަތް ކޮށްފިނަމަ، ޕެޓްރޯލު ޚަރަދަށް ކަނޑާފައި ހާހެއްހާ ރުފިޔާ ގެއަށް ގެންދަން ލިބޭކަމަށް ގިނަ ޑްރައިވަރުން ބުނެއެވެ. ދުވާލަކު ހައެއްކަ ގަޑިއިރު މަސައްކަތް ކޮށްގެން 1،000 ރުފިޔާ މަދުތޯވެސް ސުވާލު އުފައްދަންވީ ވަގުތު މިއީއެވެ. މަހެއްގެ މައްޗަށް ގާތްގަނޑަކަށް 30،000 ރުފިޔާ މަދުތޯ ސުވާލު އުފައްދާނެ ރައްޔިތުންވެސް މި ދަނޑިވަޅުގައި މަދެއް ނޫނެވެ.

މި ސަބަބުތަކަށްޓަކާ ގިނަ ބަޔަކު އަންނަނީ މިނީ ބަހަށް ހަނާ އަޅަމުންނެވެ. އަދި ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކަށް ހަތަރެސްފައިން "ހޯހޯ" ގޮވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 މާރިޗު 2018

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

20 މާރިޗު 2018
ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
24 ފެބުރުއަރީ 2018

ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!

24 ފެބުރުއަރީ 2018
ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!
19 ފެބުރުއަރީ 2018

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

19 ފެބުރުއަރީ 2018
އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
22 ޖެނުއަރީ 2018

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

22 ޖެނުއަރީ 2018
ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
19 ނޮވެމްބަރު 2017

ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!

19 ނޮވެމްބަރު 2017
ބަޖެޓާއިމެދު ބަސްބުނުމުގެ ހައްގު 60،000 އެއްހާ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި!
11 ސެޕްޓެމްބަރު 2017

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް
09 އޯގަސްޓު 2017

ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް

09 އޯގަސްޓު 2017
ފިޔާޒްގެ މައްސަލަ: ފުށުއަރާ ތިން ހެކިބަސް. އުއްމީދަކީ ޢަދްލުވެރި ހުކުމެއް
14 މެއި 2017

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
03 މާރިޗު 2017

ސައުދީގެ އެއްބަސްވުން އުވާލެވިދާނެބާ؟

03 މާރިޗު 2017
ސައުދީގެ އެއްބަސްވުން އުވާލެވިދާނެބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް