Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ފިރިކަލުންނާއި ދަރިކަލުން ވަނީ ދޫނިދޫ ޖަލުގައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 20 މާރިޗު 2018 | އަންގާރަ 13:08
ރައީސް މައުމޫން ކޯޓަށް ހާޒިރު ކުރެވޭތީ މެޑަމް ނަސްރީނާ ކޯޓު ދޮށުގައި

ރައީސް މައުމޫން ކޯޓަށް ހާޒިރު ކުރެވޭތީ މެޑަމް ނަސްރީނާ ކޯޓު ދޮށުގައި

ކުލަބޮކިން ހުޅުދާން ކޮށް އެތައް ބައެއްގެ ޙާޒިރުގައި ހަފްލާތައް ބާއްވަމުން ވަޑައިގެންނެވި ރައީސް މައުމޫން އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ބަޔަކު ޖަހައިގަނެ ޕާޓީ އޮފީހަށް ނުވަދެވި ޝީ ބިލްޑިންގގެ ކޮޓަރި ގަނޑެއްގައި އަހަރީ ކޭކް ފަޅުއްވަން ޖެހިވަޑައިގެންނެވި ދުވަހަކީ އަސަރުގަދަ ދުވަހެކެވެ. އަމިއްލަ އަތުން އަމިއްލަ އަތުގައި ވަޅި އެޅިއްޖެއޭ ނޫންނަމަ އަމިއްލަ ގަޔަށް ހަރާނެ ވަޅި އަމިއްލައަށް ތޫނުކޮށް ދެވިއްޖެ ކަމުގެ އިހްސާސަކާއެކު ރައީސް ޔާމީނަށް ދެއްވާފައިވާ ތާއީދު އެރޭ އަނބުރާ ގެންނެވީ އެނޫން ގޮތެއް ނެތިގެންނެވެ. ނޫސްވެރިންނާ އެތަނަށް އެއްވެފައިވާ މަދު މީސްކޮޅަކާއެކު އެމަނިކުފާނު މަސައްކަތް ކުރެއްވީ ވަރަށް ވަރުގަދަ ހިތްވަރެއް ދެއްކެވޭތޯއެވެ.

އެކަމަކު އެމަންޒަރު ބަލަން ހުރި އަޅުގަނޑަށް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އެމަނިކުފާނަށް ކޮށްފައިވާ އަސަރުން ފެންކަޅިވިތަނެވެ. ހަމަރަނގަޅަށް ވެސް ކީރިތި ކުރެއްވުނު ތަނެވެ. އެވަގުތު ގާތުގައި އިންނެވީ އެމަނިކުފާނުގެ އަނބިކަބަލުން މެޑަމް ނަސްރީނާ އިބްރާހީމެވެ. އެހެން މީހުންނަށް އެމަނިކުފާނުގެ އެހާލަތު ނުދައްކުވާން ނަސްރީނާ އެވަގުތު ކުރެއްވީ އާދައިގެ މަސައްކަތެއް ނޫނެވެ. ހަމަގައިމު ވެސް އެކަމަނާއަކަށް ވެސް އެއީ ފަސޭހަފުޅު ވަގުތަކަށް ނުވާނެއެވެ. އެހެން ނަމަވެސް މުޅި މަންޒަރުގައި އަތްއެޅުއްވީ އެކަމަނާ ޖައްސަވާލެއްވި މަޑުމައިތިރި ހިނިގަނޑުންނެވެ. ރައީސް މައުމޫން ގާތަށް ލަފާލާ އެޖައްސަވާލި ސަކައިންނެވެ. ހިސާބަކަށް ނަމަވެސް ރައީސް މައުމޫނު ހަމަޔަކަށް އަޅުވާލާ އެހަފްލާ ޚަރާބުވިޔަ ނުދިން މޭސްތިރިއަކީ އެކަމަނާއެވެ. މެޑަމް ނަސްރީނާއެވެ.

މިއަދު މިއީ އޭގެ އެތައް ދުވަހެއްގެ ފަހެވެ. ލޯބިވާ ދަރިފުޅު ފާރިސް މައުމޫން އެއޮންނެވީ ދޫނިދޫ ކުޑަގޮޅީގައެވެ. އެދަރިފުޅު ނިންދެވި މަޑު ތަންމަތި އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނީ އެކަމަނާއެވެ. މިއަދު އެދަރިފުޅު އެއޮންނެވީ ގާ އައްޓެއްގެ މަތީގައެވެ. ބާލީހަކަށް ބޯދަށުގައި އަތް ބާއްވާލައިގެންނެވެ. ކުރިން އުފަލުން ހީހީ އޮއްވާ ނިދުނު ފާރިސްގެ ނިއްކުރި މަތީގައި އެއޮތީ ކުރުކޮށްލެވިފައިވާ އަނެއް އަތެވެ. އެކަން ވެސް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނީ އެދަރިފުޅުގެ ލޯބިވާ މަންމަ ނަސްރީނާއެވެ. ކޮޓަރީގެ އަލި ފަނޑުކޮށްލާ ނިދާ ބޮކި ދިއްލާލަދީ ފިނިހޫނުމިން ހެޔޮވަރުކޮށްލުމަށް އޭސީގެ ރިމޯޓާ އެންމެފަހަށް ކުޅެލާނީ އެކަމަނާއެވެ. މިއަދު އެދަރިފުޅު އެއޮންނެވީ އެއްވެސް އަލިކަމެއް ނެތް އަމުދުން ހޫނުވާތީ ގަޔަށް ވިހެލާނެ ބޯކަރުދާސް ގަނޑެއްވެސް ލިބެން ނެތް ކުޑަގޮޅިއެއްގެ ތެރޭގައެވެ. އެކަމުގެ އިހްސާސް ފާރިސްއަށް ވުރެ ބޮޑަށް ކުރެވޭނެ ފަރާތަކީ މައިމީހާ ނަސްރީނާއެވެ. ހިއްޕަވަން ޖެހިވަޑައިގެންފައިވާ އިސްކުރު ފެނާއި ފާޚާނާ ނިޒާމްގެ ވާހަކަ އިތުރަށް ދައްކާކަށް ކުޅަދާނައެއް ނޫނެވެ. އެވާހަކައިން ވެސް އެންމެބޮޑު އަސަރެއް ކުރާނީ ހަމަ އެކަމަނާއަށެވެ.

ފާރިސްގެ ވާހަކަ ދޫކޮށްލާފައި އެނބުރިލާއިރު އެކަމަނާއަށް ކުރާ އަސަރު އެއަށްވުރެ މާފުނެވެ. ލޯބިވާ ފިރިމީހާ ޒުވާން ދުވަސްވަރުން ފެށިގެން ވެސް ހުވަފެނުގައި ވެސް އުޅުއްވާނޭ ކަމަށް ހީވެސް ނުކުރައްވާ ވަރުގެ ހާލަތެއްގައި އޮންނެވީތީއެވެ. އުމުރުން ދުވަސްވެ އަމިއްލަ ހާލައިގެން ވެސް ރަނގަޅަށް އުޅުއްވޭވަރަށްވުރެ ދުވަސް ވެފައިވަނިކޮށް ކުށެއްނެތި ޖަލުގެ ތޭރިތަކުގެ ފަހަތަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެކަން އެކަމަނާއަށް ޤަބޫލް ކުރެއްވޭނީ ކިހިނެއް ހެއްޔެވެ. އެކަމަކު ރައީސް މައުމޫނު މިއަދު އެއޮންނެވީ އެއަށްވުރެ ނިކަމެތި ހާލެއްގައެވެ. އަރިހުގައި އުޅުނު އެއްވެސް މީހަކު މިއަދު އެގޮޅިތެރެއަކު ނެތެވެ. ރައީސް ޔާމީންގެ ޖަލުތައް ރައީސް މައުމޫނަށްޓަކައި އިސްތިސްނާއެއް ނުކުރިއެވެ. ހަމަ އެ ގާއެނދެވެ. ބާލިދީގައި ގެނެވޭ މޮޑުނު ބަތްގަނޑެވެ. ބައްލަވަން ޖެހޭ ފެނުގެ ރަހަޔާއި ކުލައެވެ. މިނިވަންކަމެއްނެތް އެކަހެރިވެފައެވެ. ރެއެއް ދުވާލަކަށް ބެލުމެއްނެތި އެއްތަނުން އަނެއްތަނަށް ބަދަލު ކުރެވޭ ކުރެވުމެވެ. މިއީކީ ބޮލަށް ވައްޓާލި ލިބާހާއެކު އެކުއުޅެމުން އައި އަނބިމީހާއަށް ކެތްކުރަން ކުޅަދާނަ ހާލަތެއް ނޫނެވެ. ތަހައްމަލް ކުރަން ފަސޭހަ އިހްސާސްތަކެއް ނޫނެވެ.

މިކަންކަމުގައި ހިތްވަރު ދެއްވާން ތިބީ ގާތުގައި ތިބި 3 ދަރިންނެވެ. ޣައްސާން މައުމޫނާއި ދުންޔާ މައުމޫން އަދި ޔުމްނާ މައުމޫނެވެ. އޭގެ ތެރެއިން ދެދަރިންނަކީ މިހާލަތުގައި ނެތްފަދަ ބައެކެވެ. ކޮއްކޮއާއި ބައްޕާފުޅަށް މިހާލު ޖެހުނުއިރު ޣައްސާނާއި ދުންޔާ އެވަނީ އެހީތެރިކަމެއް ފޯރުކޮށްދެވޭވަރަށް ވުރެ މާ ބޮޑަށް ފިތިފައެވެ. އެދެބައިފައިން ތިބި ހާލަތަށް ވެއްޓިދާނެ ކަމުގެ ބިރުކަމެއް ނުވަތަ ދިމާވެފައިވަނީ އެހެން ކޮންކަމެއްކަން ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.

ދެން ހުންނެވީ ޔުމްނާ މައުމޫނެވެ. ހާރަކަށް ވެސް ތަރާވީހަކަށް ވެސް ހުންނެވީ އެކަމަނާއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ހާލުގެ ގޮތުން ބަލާނަމަ މަންމާފުޅަށް ވުރެ އެކަމަނާގެ ހާލު މާދެރައެވެ. ކޮއްކޯފުޅާއި ބައްޕާފުޅުގެ އިތުރުން އެކަމަނާގެ ފިރިކަލުން ވެސް މިއަދު އެއޮތީ ހަމަ އެހުރަގޭގެ ކުޑަގޮޅީގައެވެ. އެއަނިޔާވެރިކަމުގައެވެ. އެހީތެރިކަމެއް ބޭނުންވި ވަގުތު އެފަދަ އަތެއް ދިއްކޮށްލެވެންނެތިއެވެ.

މިދަނޑިވަޅުގައި ވެސް އެނުކުންނެވީ މެޑަމް ނަސރީނާ އިބްރާހީމެވެ. މިފަހަރު ވެސް އެކަމަނާ އެދައްކަވާ ލެއްވީ އާދައިގެ ހިތްވަރެއް ނޫނެވެ. މީގެ ކުރިން ދުވަހަކު ވެސް އެކަމަނާ ނުކުރައްވާ ކަމެއް އެވަނީ ކުރައްވާފައެވެ. ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ވެސް އަދި އޭގެފަހުން ވެސް މީޑިޔާތަކުގެ ކުރިމައްޗަށް އަރުއްވާ އިންޓަރވިއު ދެއްވިތަނެއް އަޅުގަނޑެއް ނުދެކެވެ. އެކަމަކު މިއަދު އެކަނާ އެވަނީ ކުރައްވާފައެވެ.

ކޮންމެއަކަސް މި ޚައްސާސީ ދަނޑިވަޅުގައި އެކަމަނާ އެކުރެއްވީ އާދައިގެ ކަމެއް ނޫނެވެ. ފިރިކަލުންނާއި ދަރިކަލުން އަދި ދަނބިދަރިކަލުންނަށް ޖެހިފައިވާ ނިކަމެތި ހާލުގެ ސަބަބުން މޯޅިވެފައިވާ އާއިލާއަށް އެކަމަނާ އެދެއްވީ އާދައިގެ ހިތްވަރެއް ނޫނެވެ. އަމުދުން މުޅި އިސްލާހީ މަސައްކަތައް ވެސް އެދެއްވީ އިތުރު ފޯރިއެކެވެ. ހިނިފުޅު ވަޑުވައިގެން ހުންނަވާ މީޑިޔާތަކަށް އެވިދާޅުވި ބަސްފުޅުން އެތައް ބަޔަކަށް އާރޯކަން ލިބިއްޖެއެވެ. އެވާހަކަފުޅުން އެކަމަނާ ހުންނެވީ ކެތްތެރިކަމާއެކުކަން ހާމަވެއްޖެއެވެ. އެކަމަކު އެބަސްފުޅުން އެހެން އެންމެން މީހުން ފެންކަޅިކޮށްލައިފިއެވެ. ހަމަ ރަނގަޅަށް ވެސް ރޮއްވާލައިފިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިޕާ ވައިރަސް ޖެހިގެން މަރުވި ހިތްވަރުގަދަ ނަރުސް މީހާގެ ވާހަކަ

ނިޕާ ވައިރަސް ޖެހިގެން މަރުވި ހިތްވަރުގަދަ ނަރުސް މީހާގެ ވާހަކަ

23 މެއި 2018
އެންމެ ފޮޓޯއަކުން މެޑަމް ހޫނު ފެނަށް

އެންމެ ފޮޓޯއަކުން މެޑަމް ހޫނު ފެނަށް

07 މެއި 2018
ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

08 ފެބުރުއަރީ 2018
ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

02 ފެބުރުއަރީ 2018
އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

31 ޖުލައި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު