Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިންގެ މިނިވަން ދުވަސް

މިނިވަން ދުވަހާއި ދިމާކޮށް ދޭ ހަމަލާއަކަށް ވަރުގަދަޔަށް ރައްދު ދޭނަން: ޒެލެންސްކީ

24 އޯގަސްޓު 2022 | ބުދަ 03:45

މިނިވަން ދުވަހުގެ ރަސްމީ އިހުތިފާލްތައް ވަނީ ކެންސަލްކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 24 އޯގަސްޓު 2022 | ބުދަ 03:45
ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ

ޔޫކްރެއިންގައި ބުދަ ދުވަހު ފާހަގަކުރާ އެޤައުމުގެ މިނިވަން ދުވަހާއި ދިމާކޮށް ރަޝިޔާއިން ދެމުންދާ ހަމަލާތައް އިތުރުކޮށްފި ނަމަ ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވިދާޅުވެއެޖެ އެވެ. މިއަދަކީ ސޯވިއެޓް ވެރިކަމުން ޔޫކްރެއިން މިނިވަންވިތާ 31 އަހަރު ފުރޭ މިނިވަން ދުވަހެވެ. އަދި ހަމަ މިއަދަކީ ޔޫކްރެއިން ހަނގުރާމަ ފެށުނުތާ ހަމަސް ފުރޭ ދުވަސް ވެސް މެއެވެ.

މިހަފްތާގެ ކުރީކޮޅު ޒެލެންސްކީ ވަނީ ބުދަދުވަހުގެ ޚާއްސަ މުނާސަބަތާ ދިމާކޮށް ރަޝިޔާއިން "ހުތުރު ކަމެއް" ކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުންވެސް ވަނީ ޔޫކްރެއިންގެ އާންމުން ދިރިއުޅޭ އިމާރާތްތަކަކަށް އައު ހަމަލާތަކެއް ދޭން ރަޝިޔާއިން ރާވަމުންދާކަމަށް ބުނެ ސަމާލުވުމަށް އަންގާފައެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމަށް އެއްވެސް ޚާއްސަ ހަރަކާތެއް ބޭއްވުން ކިއީވްއިން ވަނީ މަނާ ވެސް ކޮށްފައެވެ.

އިތުރު ހަމަލާތައް އައިސްފާނެ ކަމަށް ލިބޭ ޚަބަރުތަކާ ގުޅިގެން ޔޫކްރެއިންގެ ބައެއް ސިޓީތަކުގައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަ ކުރެވިފައެވެ. ނަމަވެސް މިނިވަން ދުވަސް ފާހަގަ ކުރުމަށް އާންމުކޮށް ސަރުކާރުން ބާއްވާ ރަސްމިއްޔާތުތައް ވަނީ ކެންސަލް ކޮށްފައެވެ.

ރަޝިޔާއިން ހިސޯރުކޮށްފައިވާ ކްރައިމިއާގައި މިހަފްތާގެ ކުރީކޮޅު ބާރުގަދަ ގޮވުންތަކެއް ގޮވުމާއި، އަދި ރަޝިޔާގެ ރައީސް ޕުޓިންގެ އަރިސް ބޭފުޅެއްގެ ދަރިކަނބަލުން ކާރުބޮމެއް ގޮއްވާލައިގެން އަވަހާރަ ކޮށްލެވުނު ހާދިސާ އާއި ގުޅިގެން އަނެއްކާވެސް ވަނީ ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ހަނގުރާމައިގެ ނުތަނަވަސްކަން އިތުރުވެގެން ގޮސްފައެވެ.

ކާރު ބޮމެއް ގޮއްވާލައިގެން އަވަހާރަކޮށްލެވުނު ރަޝިޔާގެ ޖަރނަލިސްޓް ދަރްޔާ ދުގީނާގެ ހަންދާން އައު ކުރުމުގެ އިޙްތިފާލެއް ރަޝިޔާއިން ވަނީ ބާއްވާފައެވެ. ރަޝިޔާއިން ބުނެފައިވަނީ އޭނަ އަވަހާރަކޮށްލީ ޔޫކްރެއިނުން ކަމަށެވެ. ނަމަވެސް ޔޫކްރެއިނުން ވަނީ އެކަން ދޮގު ކޮށްފައެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރުގެއި ލަވްރޯވް ވެސް ވަނީ ދުގީނާގެ ގާތިލުންނަށް އެއްވެސް ގޮތަކަށް ހަމްދަރުދީވުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ޔޫކްރެއިންގެ މިނިވަން ދުވަހާއި ދިމާކޮށް އެމެރިކާއިން ވަނީ 6 ބިލިއަން ޑޮލަރުގެ އެހީގެ ޕެކެޖެއް އިއުލާނުކޮށްފައެވެ. އެއީ އެމެރިކާއިން މިހާތަނަށް ޔޫކްރެއިނަށް ދިން އެންމެ ބޮޑު އެހީގެ ޕެކޭޖެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 މެއި 2017

އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

11 މެއި 2017
އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި
01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
10 އެޕްރީލު 2017

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ

10 އެޕްރީލު 2017
ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިނިވަންވެއްޖެ
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
24 މާރިޗު 2017

ހުސްނީ މުބާރަކް މިނިވަން ކޮށްފި

24 މާރިޗު 2017
ހުސްނީ މުބާރަކް މިނިވަން ކޮށްފި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
05 މާރިޗު 2017

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް