Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މަނިކުފާނެވެ! އަރިހުގައި ހައްތަހާވެސް ނައިބު ރައީސްކަން ބޭނުންވާ "ބާޒު"ތަކެވެ!

23 އޯގަސްޓު 2022 | އަންގާރަ 11:47

ނައިބު ރައީސްކަމަށް ބޭފުޅަކު އައްޔަންކުރުމާމެދު އަދި ގޮތެއް ނުނިންމަވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 އޯގަސްޓު 2022 | އަންގާރަ 11:47
ކުރީގެ ރައީސް ޔާމީން

ކުރީގެ ރައީސް ޔާމީން

ހަނދާނަށް އަންނަނީ 2019 ވަނަ އަހަރު ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު، ޕީޕިއެމްގެ އޮފީސް ކުރިމަތީގައި މަނިކުފާނު ދެއްކެވި ވާހަކަތަކެވެ. ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތައް އަތުކުރީގައި ހިފައި، ޖަލު ގޮޅިއަށް އިސާހިތަކު ތިމަން މަނިކުފާނު ވަޑައިގަންނަވަންޖެހިދާނެކަން އަންދާޒާކުރެއްވުނު ހިސާބުން، މަނިކުފާނަށް ތާއީދުކުރާ އާއްމުންނާއި، މަނިކުފާނުގެ އިތުބާރުހިފޭ އައުވާނުންނަށް މަނިކުފާނު ކުރެއްވި ވަސިއްޔަތެވެ. ރައްޔިތުންނާ މުޚާތަބުކުރައްވަން ދެން އިތުރު ފުރުސަތެއް ލިބިވަޑައިގަންނަވާނެ ދުވަހެއް އެނގިވަޑައިނުގެންނެވި ހާލު، މަނިކުފާނަށް އެންމެ މުހިންމުވީ އެދުވަހުވެސް މަނިކުފާނު އެ ޕާޓީއެއްގެ ރައީސްކަމުގެ ސަލާމަތާމެދު އާދޭސް ދެންނެވުމެވެ. މަނިކުފާނުގެ ކަންބޮޑުވެވަޑައިގަތުމަކަށްވީ މަނިކުފާނުގެ ޣައިރު ހާޒިރުގައި، މަނިކުފާނު އެހާމެ އުނދަނގުލުން ހޯއްދެވި ޕާޓީ، ބަޔަކު ގެންގޮސްފާނެކަމުގެ ބިރުވެރި އުދާހެވެ. އެ ދުވަހު ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަނުދެއްވުމަށް ޕާޓީގެ އާންމު މެންބަރުންނަށް މަނިކުފާނު އިލްތިމާސްކުރެއްވީމެވެ.

އެއީވެސް ދުވަހެކެވެ. މަނިކުފާނު ޖަލަށް ވަޑައިގެންނެވުމުން ވެރިކަމަށް ފައިނެންގެވި ބޭފުޅުން މަދު ނޫންކަން ޚުދު މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ. އަދި މަނިކުފާނު މިނިވަންކުރުމަށް މަސައްކަތްކުރުމުގެ ތަސްވީރު ބޭރުފުށުން ދެއްކެވިކަމުގައި ވީނަމަވެސް އެކިއެކި ސައްލާތަކުގައި މަނިކުފާނުގެ ޒަޢާމަތު މިހާރު ބޮއްސުންލައިފިކަމަށް ބުނި ބޭފުޅުންވެސް ތިބީ މަދެއްކޮށްނޫނެވެ. އާއިލީ ޖާހަތާއި، މީސްކޮޅު ގިނަ މީހުން، އެވެރިންނަށް ތާޢީދުކުރާ މީހުންގެ މެދުގައި ފެތުރި މީހުން އަދިވެސް ތިބީ ހަމަ މަނިކުފާނުގެ ޕާޓީގެ މަތިފަޑީގައި ނޫންތޯއެވެ؟

މި އަދު މަނިކުފާނު އަނބުރާ ވަޑައިގެން، ވެރިކަމާއި ދިމާއަށް ހުންގާނު އަނބުރާލައްވާފައިވާއިރު، މަނިކުފާނު ވިދާޅުވިފަދަ ބާޒުތަކުގެ މިސްރާބުވެސް ބަދަލުވެފައިވާކަހަލައެވެ. އޭރު ބޭނުންވީ ޕާޓީގެ ހައިބަތާއި އާރާއި ބާރެވެ. ޕާޓީގެ ފަންވަރާއި ނުފޫޒެވެ. ޕާޓީގައި ބަސްވިދާޅުވާނެ ހިތްވަރާއި އާއްމުންގެ ސަމާލުކަމެވެ. ޕާޓީގެ ތައްޕާހުގައި ވިޔަސް މަނިކުފާނުގެ އަރިހުގައި ވިޔަސް މި ބޭބޭފުޅުން ބޭނުމީ ވެރިކަމުގެ ކޮއިލާ ވީހާވެސް ގާތުގައި ތިއްބެވުމެވެ. މަނިކުފާނެވެ! މަނިކުފާނު ޖަލުން މިނިވަންވެ ވަޑައިގެން ހުންނެވުމުން ވެރިކަމަށް ވާދަކުރާ ރިޔާސީ ޓިކެޓްގައި ބޮޑު އަކުރުން ފަވާލެވޭ ނަމަކަށް އެ ބޭބޭފުޅުންގެ ނަންފުޅު ވުމުގެ ހުވަފެން ބިލާހަކަށް ވެއްޖެއެވެ.

އެހެންވީމައި ދެން މިސްރާބު އޮންނާނީ މަނިކުފާނުގެ ރަނިންމޭޓަކަށް ވުން ނޫންތޯއެވެ. މިނިވަންކަމާއެކު މަނިކުފާނު ހިންދެމިލާ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަނިން މޭޓްކަމުން ނުފެންނާނެ ބޭފުޅަކީ އަހުމަދު އަދީބު ކަމަށް ވިދާޅުވިއެވެ. އެކަމަކު މަނިކުފާނުގެ އަރިހުގައި އުޅުއްވައި، އެއް ތަށިން ފަރީއްކުޅުއްވައި އުޅުއްވުމަށްފަހު ހިތްޕުޅުން ނުފިލާވަރުގެ ދިލަ ހޫނު ލޮޓި ލިބިވަޑައިގެންފައިހުރީ ހަމައެކަނި އަދީބުގެ ފަރާތަކުން ނޫނެއް ނޫންތޯއެވެ؟

މަނިކުފާނުގެ ކައިރީގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ގިނައީ އަރިހުގައި ނައިބު ރައީސްކަމާ ހަމައަށް ވަޑައިގަންނަވަން ބޭނުންވާ ބޭފުޅުންނެވެ. ޕާޓީގެ ތެރޭގައި ކިޔާ އުޅޭ އަޑު އިވެނީ، މަނިކުފާނުގެ އާއިލީ ގާތް ގުޅުން އޮތް ބޭފުޅުންވެސް ނިކަން އުންމީދުގައި ތިއްބެވި ވާހަކައެވެ. އަދި ގްރާސްރޫޓާ އޮތް ގުޅުން ބަދަހިކުރައްވައި، އެ ބޭބޭފުޅުންގެ ތާއީދު އިހުނަށްވުރެ ބޮޑަށް ޕާޓީ ތެރޭގައި ފަތުރާލައްވާ ވާހަކައެވެ.

ދެން އޮތީ މަނިކުފާނު ނެތް ތަނުގައި ޕާޓީގެ "ޕޯޑިއަމް"އަކަށް ވެވަޑައިގެންނެވި ބޭފުޅުންނެވެ. މި ބޭބޭފުޅުންގެ ތެރޭގައި މަނިކުފާނުގެ ލޯބިވާ ބޭބޭފުޅު ރައީސް މައުމޫންގެ ފޮޓޯ ޖައްސަވައިގެން މަޖިލީހަށް ހޮވިވަޑައިގަތް ބޭފުޅުންނާއި، އެމަނިކުފާނުގެ ކުޑަ ސިޓީއަކުން ވިދާޅުވި ވިދާޅުވުމަށް ރައްޔިތުން ވޯޓުދެއްވައިގެން ހޮވިވަޑައިގަތް ބޭފުޅުން އެބަ ތިއްބެވިއެވެ. އެހެންވީމާ ބޭބޭފުޅާމެދު ނުބެހެއްޓެވި ޚާލިސްކަމެއް، އިޚުލާސްތެރިކަމެއް މަނިކުފާނަށް ވަކިން އޮންނާނެތޯއެވެ؟ އެދުންފުޅެއްނެތި މި ބޭބޭފުޅުން ވެދުމެއް ނުކުރައްވާކަން ޚުދު މަނިކުފާނަށް މިހާރު ބަހާއި އަމަލުންވެސް ވާނީ ދަސްވެވަޑައިގަންނަވާފައެވެ!

އަދި ނިމުނީކީ ނޫނެވެ! ބައެއް ބޭފުޅުން ނައިބު ރައީސްކަމާ ހަމައަށް ވަޑައިގަންނަވަން ގެންގުޅުއްވަނީ ހިންގުންތެރިކަމުގެ އުކުޅެވެ. އަމަލަށްވުރެ ބަސް ގިނަކުރައްވައި، ތަފާސް ހިސާބުތަކާއި ކުލަ ގަދަ ކުރެހުންތަކުން އެ ބޭފުޅުން ދައްކަވަމުން ގެންދަވަނީ، ތިމަން މަނިކުފާނަށްވުރެ ވަކި ވެރިކަމުގައި މަނިކުފާނާއެކު ބައިވެރިވުމަށް އަރަފޯދިގެންވާ މީހަކު ނެތްކަމެވެ. މިއީ މަނިކުފާނުގެ ޕާޓީގެ އިސް ފައްތަރުގެ ހާލެވެ. ހައްތަހާވެސް މަނިކުފާނަށްވުރެ، މަނިކުފާނަށް އިޚުލާސްތެރިވުމަށްވުރެ ނައިބު ރައީސްކަމުގެ ފޮނިކަން ތަޖުރިބާކުރަން ބޭނުންވާ، މަނިކުފާނުގެ ބަސް ފުޅުން ނަމަ "ބާޒު"ތަކެވެ!

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2022

މަނިކުފާނެވެ! "ޔޯގާ" ވެސް މައްސަލައަކަަށް ވަނީ މަނިކުފާނު ރުހިވަޑައިނުގަންނަވާ ހިސާބުންތޯއެވެ؟

17 އޮކްޓޯބަރު 2022
މަނިކުފާނެވެ! "ޔޯގާ" ވެސް މައްސަލައަކަަށް ވަނީ މަނިކުފާނު ރުހިވަޑައިނުގަންނަވާ ހިސާބުންތޯއެވެ؟
29 ޖެނުއަރީ 2022

ހައްތަހާވެސް މަސްތުވާތަކެތީގެ އައްޑާތަކެވެ.

29 ޖެނުއަރީ 2022
ހައްތަހާވެސް މަސްތުވާތަކެތީގެ އައްޑާތަކެވެ.
11 މެއި 2020

ކައުންސިލްތަކަށް ޤާނޫނީ ހުސްކަން: ޤާނޫނުއަސާސީ އިޞްލާޙު ކުރުން ނޫންގޮތެއް ނެތް: ބަންޑާރަ ނައިބު

11 މެއި 2020
ކައުންސިލްތަކަށް ޤާނޫނީ ހުސްކަން: ޤާނޫނުއަސާސީ އިޞްލާޙު ކުރުން ނޫންގޮތެއް ނެތް: ބަންޑާރަ ނައިބު
29 ނޮވެމްބަރު 2019

ގަދަކަމުން "ފޭރިގަތް" ޕީޕީއެމްގެ ރައީސްކަން ވެސް އެންމެ ފަހުން ގެއްލުނީއެވެ!

29 ނޮވެމްބަރު 2019
ގަދަކަމުން "ފޭރިގަތް" ޕީޕީއެމްގެ ރައީސްކަން ވެސް އެންމެ ފަހުން ގެއްލުނީއެވެ!
08 ޖޫން 2019

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

08 ޖޫން 2019
މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
15 ޖެނުއަރީ 2019

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

15 ޖެނުއަރީ 2019
އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
15 ޖުލައި 2018

ބަންޑާރަ ނައިބުގެ އެންގުން ނަމަކަށް، އަމަލުން ފެނުނު ކަމެއް ނެތް!

15 ޖުލައި 2018
ބަންޑާރަ ނައިބުގެ އެންގުން ނަމަކަށް، އަމަލުން ފެނުނު ކަމެއް ނެތް!
14 ޖުލައި 2018

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު
11 ޖޫން 2018

ދައުލަތް ފެއިލްވުން، ބަންޑާރަ ނައިބު އަނިލްގެ ދައުރު!

11 ޖޫން 2018
ދައުލަތް ފެއިލްވުން، ބަންޑާރަ ނައިބު އަނިލްގެ ދައުރު!
04 އޯގަސްޓު 2017

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް