Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނައިބު ރައީސް ފައިސަލް ނަސީމް

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

އަޝްރަފްގެ ޖަނާޒާގައި ވެސް ނައިބު ބައިވެރިވެވަޑައިގެންނެވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ޖޫން 2019 | ހޮނިހިރު 08:58
އަޝްރަފް ކާރަށް އަރުވާއިރު، ނައިބު ރައީސް ފައިސަލް އިރުޝާދު ދެއްވަނީ

އަޝްރަފް ކާރަށް އަރުވާއިރު، ނައިބު ރައީސް ފައިސަލް އިރުޝާދު ދެއްވަނީ

ހެލްކަޕްޓަރަށް އަރާވަޑައިގެންނެވުމަށް ފަހު، އަނބުރާ ވަޑައިގެން ބޮޑީގާޑު އަރިހުން މައާފަށް އެދިވަޑައިގެނެވިއެވެ. އެއީ ހެލްކަޕްޓަރަށް ވަޑައިގެންނެވި އިރު ބޮޑީގާޑު ސެލިއުޓް ކުރުމުން އެ ކަމަށް ސަމާލުކަން ނުދެއްވުނީތީއެވެ. މި މަންޒަރު ބަލަން އެވަގުތު އެތައް ބަޔަކު ތިއްބެއެވެ. ވަގުތުން ޚަބަރުތަކުގެ ފަލަސުރުހީތަކަށާއި، މުޅި ސޯޝަލް މީޑިއާ ފުރާލީ މިވާހަކައިންނެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ރިވެތި އުސޫލުތަކާ ރައްޔިތުންނާ ބާއްވާ ގާތްގުޅުމުގެ ވާހަކައެވެ. އެގޮތުން މިފަދަ ރިވެތި މިސާލެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވެސް މިވަނީ ދައްކުވައިދީފައެވެ. ހާދިސާ ތަފާތުވި ނަމަވެސް ފައިސަލްގެ އަމަލުތަކުގެ ސަބަބުން މުޅި ގައުމު އެމަނިކުފާނަށް ތައުރީފު އޮއްސަނީއެވެ.

އެއީ ހުކުރު ދުވަހު ހުކުރު ނަމާދުގެ ވަގުތެވެ. ސަރުކާރުގެ ރަސްމީ ގެކޮޅު ހިލާލީގެ ކައިރީގައި ހުންނަ ޒިޔާރަތް މިސްކިތުގައި ނަމާދަށް ހުއްޓައި ސ. ހިތަދޫ މޫންލައިޓްވިލާ އުމުރުން 44 އަހަރުގެ އަޝްރަފް ސައީދު، (އަސޯ) ހޭނެތިގެން ވެއްޓުމުން އެންމެ ފުރަތަމަ އެހީތެރިން ފޯރުކޮށްދެއްވީ ނައިބު ރައީސް ފައިސަލްއާ އެމަނިކުފާނުގެ ބޮޑީގާޑުންނެވެ.

އަޝްރަފް އައިޖީއެމްއެޗްއަށް ގެންދިއައީ ނައިބު ރައީސް ފައިސަލްގެ ބޮޑީގާޑުން ދަތުރުކުރާ ސެކިއުރިޓީ ކާރުކޮޅުގައެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަތާ ގާތްގަނޑަށް ދެ ގަޑިއެއްހާއިރު ފަހުން އަޝްރަފް ނިޔާވެފައިވާ ކަން ޑޮކްޓަރުން ޔަގީންކޮށްދިނެވެ.

އަޝްރަފް ކުއްލި ގޮތަކަށް ނިޔާވުމުން އެންމެންގެ ސަމާލުކަން ހުއްޓުނީ އޭނާގެ ފަހު ވަގުތު އެހީވެދިން ނައިބު ރައީސް ފައިސަލް މިސްކިތުން ދިމާވާތީ އެކަމާ ބެހޭ ގޮތުން ޓްވީޓާގައި އޭނާގެ އެކުވެރިއަކާ އެކު ކުރިން ދައްކާފައިވާ ވާހަކަތަކަށެވެ. އެގޮތުން މެއި 12 ވަނަ ދުވަހު ފައިސަލް މިސްކިތުގައި އިންނެވި ފޮޓޯއެއް އޭނާ ވަނީ ހިއްސާކޮށްފައެވެ.

މިފޮޓޯ ޓްވީޓް ކުރަމުން އަޝްރަފް ބުނެފައިވަނީ ފަތިސް ނަމާދު ވަގުތު ފައިސަލް ނަސީމް ފެނިއްޖެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުކުރު މިސްކިތުން ފެނުނުތޯ ރަހުމަތްތެރިއަކާ އޭނާ ސުވާލު ވެސް ކުރިއެވެ. މީގެ އިތުރުން ފައިސަލް މިސްކިތުން ނުފެނިގެން ހޯދާފައިވާކަން ވެސް އެކުވެރިންނާ އެކު ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

އަޝްރަފް ނަމާދަށް ދާއިރު، ނައިބު ފައިސަލް އެ މިސްކިތުން ފެންނާތީ އޭނާ ވަނީ ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. އަދި އަޝްރަފްގެ ފަހު ވަގުތު ފައިސަލްގެ އެހީތެރިކަން މިވަނީ ލިބިގެން ގޮސްފައެވެ. ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރާ ފަރާތްތަކުން ވަނީ މިއީ ކިހާ ބޮޑު އިއްތިފާގެއްތޯ ސުވާލުކޮށްފައެވެ. އަދި މިއީ ބަޔަކަށް ވަރަށް ބޮޑު އިބުރަތެއް ކަމަށް އެއް ބަޔަކު ދަނީ ބުނަމުންނެވެ.

ދެ ދަރިންނާއި އަންތްބަކު ހުރި އަޝްރަފް ނިޔާވުމާ ގުޅިގެން އެހިތާމާގައި ބައިވެރިވެޑައިގެން ޖަނާޒާގައި ވެސް ނައިބު ރައީސް ފައިސަލް ބައިވެރިވަޑައިގަތެވެ.

އައިޓީ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އަޝްރަފްއާ މެދު ނައިބު ފައިސަލް އަމަލުކުރެއްވި ގޮތުން އެމަނިކުފާނަށް ސެލިއުޓްކޮށް އާންމު މީހަކު ބުނީ ރައްޔިތުންގެ ވެރިކަމެއްގެ އިހުސާސްތައް މި ސަރުކާރުގައި ވަރަށް ފުރިހަމައަށް ފެނިގެންދާ ކަމަށެވެ. އަދި ހިތްހެޔޮ ދިވެހި ރައީސުންނަކީ ރައްޔިތުންގެ އިހުސާސްތަކާއި، މަސްލަހަތު އިސްކުރާ ވެރިން ކަމަށެވެ.

އިންސާނިއްޔަތު ރީތި މިސާލު ދައްކުވައިދިން ނައިބު ފައިސަލްއަކީ ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވިއިރު ވެސް ޚާއްސައެހީއަށް ބޭނުންވާ ކުދިންނާއި، އެކަނިވެރިން މައިންނަށް މާލީ ގޮތުން އެހީވެދެއްވައި، ތަފާތު ކޭންޕްތައް ހިންގެވި ބޭފުޅެކެވެ. އަދި ''ފައިސަލް ފައުންޑޭޝަނުން'' ތައުލީމު ހާސިލް ކުރަމުންދާ އެތައް ދަރިވަރުންނަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ހާއްސަކޮށް އުފަން ރަށް ފުވައްމުލަކަށް ފައިސަލް ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ވެރިންގެ ތެރެއިން ނައިބު ފައިސަލްއަކީ މުޖުތަމައުގެ ތަރައްގީއަށާއި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމޫނާއެކެވެ. ނައިބު ފައިސަލްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުވި ކުޑަކުއްޖަކާ ސަމާސަ ކުރައްވާ ވާހަކަފުޅު ދައްކަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެގެން ގޮސްފައެވެ.

ނައިބު ރައީސްގެ މި އަމަލުފުޅުގެ ސަބަބުން އާންމުންގެ ހިތްތައް މިވަނީ ވަރަށް ބޮޑަށް ފަތަހަކޮށްފައެވެ. އެތައް ބައެއްގެ އިހުތިރާމް ހޯއްދަވާފައިވާއިރު، ރައީސް އަދި ނައިބު ރައީސް ވެސް ނަމާދަށް މިސްކިތަށް ވަޑައިގަންނަވާ ގިނަ ބަޔަކާ ސަލާމްކުރައްވާ ރައްޔިތުންނާ ގާތްގުޅުން ބާއްވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު