Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްތުވާތަކެތީގެ މައްސަލަ

ހައްތަހާވެސް މަސްތުވާތަކެތީގެ އައްޑާތަކެވެ.

ކަންބޮޑުވާންޖެހޭ މިންވަރަށް ރާއްޖޭގައި މަސްތުވާތަކެތި ވަނީ އާންމުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2022 | ހޮނިހިރު 12:19
މާލެހިޔާ ފްލެޓްތަކުގެ ފުރަގަހުގައި ހުޅުވި ފްލޫ ކްލިނިކް ހިންގި އިމާރާތުގައި މަސްތުގެ ހާލުގައި ތިބި ބައެއް

މާލެހިޔާ ފްލެޓްތަކުގެ ފުރަގަހުގައި ހުޅުވި ފްލޫ ކްލިނިކް ހިންގި އިމާރާތުގައި މަސްތުގެ ހާލުގައި ތިބި ބައެއް

އާންމުންގެ ތެރޭގައި ފެތުރިގެންދާ ނުރައްކާތެރި ބަލިމަޑުކަމެއް ފަދައިން މަސްތުވާތަކެތީގެ ވަބާވެސް މިހާރު ދަނީ މީހުންގެ ތެރޭގައި ފެތުރި، އާންމުވަމުންނެވެ. ކުޑަކުދިންވެސް ދަނީ މިކަމުގެ ތެރެއަށް ވަދެ ހަލާކުވަމުންނެވެ. އުމުރުން ދޮށީ މީހުންނާއި މެދުއުމުރުގެ މީހުންވެސް މި ވަބާގައި ވަނީ ޖެހިފައެވެ. މިއީ ނުރައްކާތެރި ވަބާއެކެވެ. މިކަމުގައި ޖެހިއްޖެ މީހަކަށް މިކަމުން ސަލާމަތްވެވޭވީ ވަރަށް އުނދަގުލުންނެވެ. ވަރަށް މަސައްކަތުންނެވެ. މިކަމުން ސަލާމަތްވާ މީހުންނަށްވުރެ ގިނައީ އަލުން މިކަމުގެ ތެރެއަށް ވަންނަ މީހުންނެވެ.

މިހާރު މަސްތުވާތަކެތި އާންމުވެފައިމިވަނީ ކަންބޮޑުވާންޖެހޭ މިންވަރަށެވެ. މަސްތުވާތަކެތި ބޭނުންކުރުމަށް ޖެހިލުންވާ ބަޔަކު މިހާރަކު ނޫޅެއެވެ. މަގުމަތީގައިވެސް ބޭނުންކުރަނީއެވެ. ގޭގޭގެ ތެރޭގައާއި، ސިޑިގޮޅީގައާއި، އާންމުން އުޅޭ އެހެނިހެން ތަންތަނުގައިވެސް، އެއްވެސް ހާސްކަމެއް ނެތި މިކަން ކުރަމުންދާ މީހުން އިތުރުވަނީއެވެ. މިއީ މީގެކުރިން މަދުން ނޫނީ ފެންނަ މަންޒަރެއް ނޫނެވެ. އެހެންނަމަވެސް އޭރުވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން މަދެއް ނޫނެވެ. އެމީހުން އެކަން ކުރަނީ އެކަމަށް ޚާއްސަކޮށްފައި ހުންނަ ތަންތަނުގައެވެ. އެހެންކަމުން އޭރު އެކަން ކުރި މީހުން މަދުކަމަށް ދައްކަފާނެއެވެ.

މިފަހަކުން ފުލުހުން ވަނީ މިފަދައިން މަސްތުވާތަކެތި ބޭނުންކުރުމަށް ޚާއްސަ ތަންތަން ދެނެގަނެ، އެމީހުން އެތަންތަނުން ނެރެ، އެތަންތަނުގައި ޑިއުޓީކުރަން ފަށާފައެވެ. އެހެންކަމުން އެތަންތަނުގައި ނިދައި، ކައިބޮއެ، ދިރިއުޅެމުންދިޔަ މީހުން ދިޔައީ މަގުމަތިވެގެންނެވެ. އެމީހުން ވަންނާނެ އިތުރު ތަނެއް ނެތެވެ. އެހިސާބުން ޖެހުނު ކޮންމެ ތަނެއްގައި މަސްތުވާތަކެތި ބޭނުންކުރަން ފެށީއެވެ. ޖެހިލުމެއްނެތިއެވެ. އަދި މާލެ ސަރަހައްދުގައި ހުންނަ ފަޅު ގޯތިތަކާއި، ގޭގޭގެ ސިޑި ގޮޅިތަކާއި، ފަސޭހައިން ވަދެވެން ހުންނަ ގޭގޭގެ އެންމެ ތިރި, އެމީހުންގެ އައްޑާތަކަށް ހަދަން ފެށީއެވެ. މިގޮތުން މިދިޔަ އަހަރުގެތެރޭގައި މީހުން އާބާދުވާން ފެށި ހިޔާ ފްލެޓްތަކަށް ބަލާލާއިރު، ފްލެޓްތަކުގެ ސިޑިމައްޗަކީވެސް އެމީހުންގެ އައްޑާއަށް ވަނީ ހަދާފައެވެ. އެމީހުން އެތަނުގައި ތިބެ، ނިދައި، ކައިބޮއެ، ހަދަމުންދެއެވެ.

މީގެ އިތުރުންވެސް މީހުން ހީނުކުރާ ފަދަ އެތައް ތަނެއް އެމީހުންގެ އައްޑާތަކަށް ދަނީ ހަދަމުންނެވެ. މިގޮތުން މާލެހިޔާ ފްލެޓްތަކުގެ ފުރަގަހުގައި ހުރި ފްލޫ ކްލިނިކް ހިންގި އިމާރާތްވެސް ފާހަގަކޮށްލެވެއެވެ. އެތަނަކީ ޑެލްޓާ ވޭރިއަންޓް ފެތުރެމުންދިޔައިރު އެޗްޕީއޭއިން ފްލޫ ކްލިނިކެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަތަނެކެވެ. އަދި އެތަން ބަންދު ކުރީ އޭރު ކޮވިޑްގެ ހާލަތު ރަނގަޅުވުމުންނެވެ. އެތަން ބަންދުކުރި ހިސާބުން އެތަން ހުރީ ފަޅަށެވެ. އެހެންނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަނީ އެތަންވެސް އެމީހުންގެ އައްޑާއަކަށް ހަދާފައެވެ. ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެތަނުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އޭގެ ކުރިން އެތަނަށް ގޮސް ބެލި ބެލުމުގައި އެތަނުގައި ގިނަ އަދަދެއްގެ ބަނގުރާ ހުސްކުރި ފުޅިތަކާއި، އިންޖެކްޝަނާއި، އަދިވެސް އެހެނިހެން އާލާތްތައް ހުއްޓެވެ. އަދި އެތަނުގައި ބައެއް ޒުވާނުން ނިދާފައިވެސް ތިއްބެވެ.

މިއީ މިއަދު މި ރާއްޖޭގެ ހާލަތެވެ. ވަރަށްވެސް ހިތާމަވެރިއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނަށް ބަލައިލިޔަސް މީގެ ތެރޭގައިވެސް ގިނައީ ކުޑަކުދިންނެވެ. ޅަ އުމުރުގައި މުޅި ދިރިއުޅުން ހަލާކުވެގެން ދިޔައީއެވެ. އަންނަން އޮތް ޖީލަށް ދެން ވާނީ ކިހިނެއް ކަމާމެދު ސުވާލު އުފެދި، ކަންބޮޑުވާ ހިސާބަށް ކަންކަން ދާން ފަށައިފިއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި، ރިހެބިލިޓޭޝަނަށް ދާ މީހުންގެ ތެރެއިންވެސް މަދު ބައެއް ނޫނީ އެހެން މީހުން އަނެއްކާވެސް އަނބުރާ މިކަމުގެ ތެރެއަށް ވަންނަނީއެވެ. މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.

މިހާހިސާބުން, މިކަންތައް މިހާ ގޯސްވެގެން ގޮސްފައިމިވަނީ ނިޒާމުގެ ތެރޭގައި އުޅޭ ކަމެއްގެ ސަބަބުންބާއޭ ހިތަށް އަރައެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުންނަށް ފަރުވާ ދޭއިރު އެކަން އެ ކުރަނީވެސް އެންމެ ރަނގަޅަށްތޯ ސުވާލު އުފެދެއެވެ. އަދި މަސްތުވާތަކެތި ވިއްކުމާއި، ޑީލްތައް ހެދުން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވެނީބާއޭވެސް ހިތަށް އަރައެވެ. މިކަންކަން ނިޒާމީ ގޮތެއްގައި ކުރިއަށްދާނަމަ މި މައްސަލަ މިހާ ބޮޑުވެގެން ހިނގައިދާނެބާއެވެ؟

މޯލްޑިވްސް ޕޮލިސް ސަރވިސްމަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު