Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރު.އޭ.ސީ.އެލްގެ އޭވިއޭޝަން އެކަޑަމީ

ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަރ ސިމިއުލޭޓަރ ހިމެނޭގޮތަށް އޭވިއޭޝަން އެކަޑަމީއެއް އިފްތިތާހުކޮށްފި

ސިމިއުލޭޓަރ އަށް ނަންދީފައި ވަނީ އެ މަސައްކަތުގައި އިސްކޮށް އުޅުއްވި އަލްމަރުޙޫމް އަޙްމަދު ފަޔާޒުގެ ނަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2022 | ހޯމަ 16:46
 ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަރ ސިމިއުލޭޓަރ ހިމެނޭގޮތަށް އޭވިއޭޝަން އެކަޑަމީއެއް އިފްތިތާހުކޮށްފި

ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަރ ސިމިއުލޭޓަރ ހިމެނޭގޮތަށް އޭވިއޭޝަން އެކަޑަމީއެއް އިފްތިތާހުކޮށްފި

ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔަރ ސިމިއުލޭޓަރ ހިމެނޭގޮތަށް ރީޖަނަލް އެއާޕޯރޓްސް ކޮމްޕެނީ (އާރު.އޭ.ސީ.އެލް) އިން އޭވިއޭޝަން އެކަޑަމީއެއް އިފްތިތާޙްކޮށްފިއެވެ.

އެ އޭވިއޭޝަން އެކެޑަމީ އިފްތިތާހުކޮށްފައި ވަނީ އެކަމަށްޓަކާ ހއ.ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހޯމަ ދުވަހުއެވެ. މި އެކަޑަމީގެ ފަޔަރ ޓްރެއިނިންގ ހިންގުމުގައި ބޭނުންކުރުމަށް ތައްޔާރުކުރި ފަޔަރ ސިމިއުލޭޓަރ އުފެއްދުމުގެ ގޮތުން އެ ސިމިއުލޭޓަރގެ ބޭސަލް މަސައްކަތް އިސްނަންގަވައި ދެއްވާފައިވަނީ އާރު.އޭ.ސީ.އެލް ކުރީގެ ފަޔަރ އެންޑް ސޭފްޓީ ޑިރެކްޓަރ، އަލްމަރުޙޫމް އަޙްމަދު ފަޔާޒެވެ. އަދި މިފަޔަރ ސިމިއުލޭޓަރ އުފެއްދުމުގެ ޢަމަލީ މަސައްކަތްފަށްޓަވާ ދެއްވާފައިވަނީ ފަޔާޒް ގެ ސީދާ ބެލުމުގެ ދަށުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

Advertisement - newsAdvertisement

އެހެންކަމުން މި މަޝްރޫޢު ފެށުމުގައި އަލްމަރުޙޫމް އަޙްމަދު ފަޔާޒު ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އާރުސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި މެނޭޖިންގ ޑިރެކްޓަރުން ވަނީ އެ ފަޔަރ ސިމިއުލޭޓަރއަށް "އަޙްމަދު ފަޔާޒް ފަޔަރ ސިމިއުލޭޓަރ"ގެ ނަމުން ނަން ދިނުމަށް ނިންމަވާފައެވެ.

އާރު.އޭ.ސީ.އެލް އޭވިއޭޝަން އެކަޑަމީއަކީ އޭވިއޭޝަން ރެގިއުލޭޓަރީ އޮތޯރިޓީއިން ކުންފުންޏަށް ލާޒިމުކުރާ ހުރިހާ އޭވިއޭޝަންއާއި ގުޅުންހުރި ޕްރޮގްރާމްތަކެއް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ގޮތަށް ތަޢާރަފްކުރާ އެކަޑަމީއެކެވެ. އާރު.އޭ.ސީ.އެލް ޓްރެއިނިންގ އެކަޑަމީއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އިންހައުސް އަދި ރާއްޖޭގެ އެކިއެކި މުއައްސަސާތަކަށް، އޭވިއޭޝަންގެ ދާއިރާއިން ބޭނުންވާ ސިވިލް އޭވިއޭޝަން އެޕްރޫވްޑް ސެޓްފިކެޓް ލެވެލްގެ ކޯސްތަށް ހިންގޭނެ ގާބިލްކަން ލިބިފައިވާ އެކަޑަމީއެއްކަން ފާހަގަކޮށްލެވެއެވެ.

މިގޮތުން މިއެކަޑެމީގައި ސިވިލް އޭވިއޭޝަން އެޕްރޫވަލް ލިބިފަވާ ގާބިލު އަދި ތަޖުރިބާހުރި 20 ޓްރޭނަރުން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އާރުސީއެލް އިން ބުނެއެވެ. އަދި އެ އެކަޑަމީގެ މައިގަނޑު މަޤްޞަދަކީ ސްޓާފުންނާއި އޭވިއޭޝަންގެ އެކިއެކި ދާއިރާތަކުން ޤާބިލު އަދި ޙަރުދަނާ، ބަޔަކު ރާއްޖޭގައި އުފެއްދުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި އެކަޑަމީގައި އެކިއެކި ފެންވަރުގެ ފަޔަރ ޓްރެއިނިންގެ އިތުރުން އޭރޯޑްރޯމް އޮޕަރޭޝަންގެ އެކިއެކި ތަމްރީނުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަޔަރ ސިމިއުލޭޓަރ ފަޔަރ ސިމިއުލޭޓަރ އިން ފަޔަރ ފައިޓަރުންނަށް ނުވަތަ ދަރިވަރުންނަށް އެހީތެރިވެދޭނީ އަލިފާން ފެތުރޭ ސްކޭލް، ތާމަލް ސްޓްރެސް، ފެންނަ ފެނުމާއި ، ބާރުމިން، އަނދަމުންދާ ޖާގައިގެ ޙާލަތަށް އަޞަރުކުރާ ފިނިހޫނުމިން ފަދަ އަލިފާނުގެ ސުލޫކު ވަޒަންކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި އެކަޑަމީ ބިނާކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔަ މުއްދަތުގެ ތެރޭގައި މި މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. މިތަނުގެ ކުރިމަގަކީ އޭޝިއާ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ފަޔަރ ސިމިއުލޭޓަރުގެ ގޮތުގައި ރޭންކް ކުރެވުމެވެ. އެގޮތުގެމަތިން ޖުމްލަ 23 ދަރިވަރުންނާއެކު މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޭސިކް ފަޔަރމަން ކޯހުގެ ތަމްރީނުވަނީ ފަށާފައެވެ. ހަމައެހެންމެ ކައިރި މުސްތަގުބަލް އެއްގައި މި ދާއިރާއިން ވަޒީފާ ޢަދާކުރަން ބޭނުންވާ މުވައްޒަފުންނަށާއި ފަރުދުންނަށް އެއާކްރާފްޓް ރެސްކިއު އެންޑް ފަޔަރފައިޓިންގ (އޭ.އާރު.އެފް.އެފް) އާއި އިމަޖެންސީ މެޑިކަލް ޓްރެއިނިންގ (އީ.އެމް.ޓީ) ޓްރެއިނިން ތައް ފަށާނެ ކަން ފާހަގަކޮށްލެވެއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަކީ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސާލިޙް ގެ ޤަރާރަކުން 30 ސެޕްޓެމްބަރ 2020 ވަނަ އަހަރު އުފެއްދެވި، ސަތޭކަ އިންސައްތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެކެވެ. ދިވެހިރާއްޖޭގެ ސަރަހައްދީ ވައިގެބަނދަރުތަކުންދޭ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އުފައްދަވާފައިވާ އެ ކުންފުނިން މިވަގުތު ހިންގަމުންދަނީ 6 އެއަރޕޯޓެކެވެ. އޭގެ ތެެރޭގައި ހިމެނެނީ ހޯރަފުށި އެއަރޕޯޓް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، ފުނަދޫ އެއަރޕޯޓް، މާވަރުލު އެއަރޕޯޓް އަދި ފުވައްމުލައް އެއަރޕޯޓް އެވެ. އެ ކުންފުނި އުފެދުމުގެ ކުރިން ސަރަހައްދީ ވައިގެބަނދަރުތަކުގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދެވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ރީޖަނަލް އެއަރޕޯޓްސް ސެކްޝަނުންނެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު