Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކަށް ވަންނަ ބިދޭސީނ

ސައްހަ ލިޔުމެއް ނެތަސް، ފީ އެއް ނަގަންވީމަ އޯކޭ؟ މިއީ ކޮންކަހަލަ ހަމައެއް؟

އަންނަ މަހު 15 އިން ފެށިގެން ބިދޭސީންގެ އަތުން ފީ ނަގާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ޖޫން 2023 | ހޮނިހިރު 13:14
ހެންވޭރު ލޮނުޒިޔާރަތް ބަގީޗާ

ހެންވޭރު ލޮނުޒިޔާރަތް ބަގީޗާ

ސިޓީ ކައުންސިލަކީ ކޮންމެވެސް ސަބަބަކާއި ހުރެ ވަރަށް ގިނައިން މީޑިއާތަކުންޖާގަ ހޯދާ އިދާރާއެކެވެ. ކަންދިމާކުރާ ގޮތުން މި ބޭބެފުޅުންނަކީ މާ ސިންގާ ސިޓީ އެއްގެ ގިނަ ކަންކަމުގެ ޒިންމާ އުފުލާ ބަޔަކަށް ވުމާއި އެކު ވަރަށް ގިނަ އުސޫލާއި ވަރަށް ގިނަ ކަންކަން ވިލަރެސްކުރުމަކީ މި ބޭފުޅުންގެ ޒިންމާއަކަށް އޮންނަނީ ވެފައެވެ. އުސޫލުތަައް ހެދުމާއި، އާ ކަންކަން އެކުލަވާލުމާއި، އާއްމު ޕާކް ފަދަ ތަންތަން ބެލެހެއްޓުމުގެ ޒިންމާ އެޅިފައި މި އޮންނަނީ ސިޓީ ކައުންސިލުގެ ބޮލުގައެވެ. އެހެންކަމުން ސިޓީ ކައުންސިލަކީ ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ގުޅުން ހުރި ގިނަ ކަންކަމާއި ގުޅުން ހުރި ނިންމުންތައް ނިންމާތަނަކަށް އޮންނަނީ ވެފައެވެ. ބައެއް ފަހަރު މިގޮތަށް ނިންމާ ނިންމުންތަކުން ސިޓީ ކައުންސިލް ހޫނު ފެނަށް ވެއްޓި އާއްމުންގެ ފާޑުކިޔުން އަމާޒުވާ ފަހަރު ވެސް މަދެއް ނޫނެވެ.

ދާދި މިދާކަށް ދުވަހު ވެސް ވެފައި މިއޮތީ ހަމަ މިފަދަ ކަމެކެވެ. މާލެ ސިޓީ ބެލުމުގެ ދަށުން ހިންގާ ދެ ޕާކު ކަމަށްވާ، ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކަށް ވަންނަ ބިދޭސީންގެ އަތުން ނަގާނެ ފީ އެ ކައުންސިލުން ފާސްކުރީ މި ހިނގާ ޖޫން މަހުގެ ތެރޭގައެވެ. ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ބިދޭސީންގެ އަތުން ފީ ނެގުމަށް ހަތަރު ކެޓަގަރީއަކަށް ބަހާލުމަށެވެ. އެގޮތުން، ވޯކް ޕާމިޓް ގެންގުޅޭ ބިދޭސީންނާއި އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީންގެ އިތުރުން ޓޫރިސްޓް ވިސާގައި އުޅޭ ބިދޭސީންނާއި ކެމެރާ ހިފައިގެން އުޅޭ ބިދޭސީންގެ އަތުން ފީ ނެގުމަށް ސިޓީ ކައުންސިލުން ނިންމިއެވެ.

ސިޓީ ކައުންސިލުން މިކަމާއި ގުޅުގޭ ގޮތުން ހާމަ ކުރި މައުލޫމާތުތަކަށް ބަލާއިރު ވޯކްޕާމިޓް އޮންނަ ބިދޭސީއެއް ނަމަ ކޮންމެ ބިދޭސީއެއްގެ އަތުން 15 ރުފިޔާ ނަގާނެކަން އެނގެއެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީއެއް ނަމަ ކޮންމެ މީހެއް އަތުން 50 ރުފިޔާ ނަގާއިރު ޓޫރިސްޓް ވިސާ އޮންނަ ބިދޭސީންގެ އަތުން 75 ރުފިޔާ އަދި ކެމެރާ ހިފައިގެން އުޅޭ ބިދޭސީންގެ އަތުން 500 ރުފިޔާގެ ފީއެއް ނަގާނެއެވެ.

އަންނަ މަހު 15 އިން ފެށިގެން ބިދޭސީންގެ އަތުން ފީ ނެގުމަށް ނިންމާ އެމަގަށް މަސައްކަތް ކުރަމުން ދާއިރު މި އުސޫލު ކިޔާލި އަދި އުސޫލުގެ މައުލޫމާތު އެނގުނު ކޮންމެ މީހެއްގެ ސުވާލަކަށްވީ ލިޔެކިޔުމެއް ނެތް ބިދޭސީންގެ އަތުން ފީއެއް ނަގަން ނިންމި ސަބަބެކެވެ. ޕާކުތަކުން ފީ ނެގުމާއި މެދު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ ޕާކުތަކުން ފީއެއް ނެގުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރާ ކަމެއް ކަމަށެވެ. އެކަމަކު ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީން އަތުން ފީއެއް ނެގުމަށް ފަހު އެހެން މީހުންނާއި އެއް ހަމައަކުން ޕާރކް ފަދަ ތަންތަނުގައި އުޅުމުގެ ހުއްދަ ދެނީ ކޮން ގައުމެއްގައިބާވައެވެ؟

މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ސިޓީ ކައުންސިލުން އެއްވެސް ޖަވާބެއް ނުދެއެވެ. ފަހަރުގައި ހަގީގަތުގައި މިފަދަ ގޯހެއް ހެދިފައި އޮތްކަން މި ފީތަކާއި ގުޅޭގޮތުން ގޮތް ނިންމުމަށް ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އެއްވެސް ބޭފުޅަކަށް ރޭކާ ނުލީ ކަމަށް ވެދާނެއެވެ. މީގެކުރިން ކަން ހިނގާފައިވާ ގޮތް ގޮތަށް ބަލާ އިރު، މިގޮތަށް ހުންނަ ކަންކަމަކީ އިދާރީ އޮޅުމަކުން ހިނގިކަމަށް ބުނުމަށް ފަހު ފަރުޖައްސާލުމަކީ ވެސް ދުރުކަމެއް ނޫނެވެ. އެކަމަކު އެނގޭ ކަމަކީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އަކީ ހައްލު ނުކުރެވި ބޮއްސުންލައިގެން ގޮސްފައިވާ ބޮޑު މައްސަލަ އެއް ކަމެވެ. އަދި ލިޔެކިޔުން ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމަށް އިދާރާތަކުން ގުޅިގެން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމީ އިދާރާތަކުން ހާމަކުރާ މައުލޫމާތުތަކުން އެނގެން އޮތް ހަގީގަތެކެވެ. ކަން މިހެން އޮތް އިރު އެއްކޮޅުން ދައުލަތުގެ މުޢައްސަސާތަކުން ފާރަވެރިވެ، ގަވާއިދާއި ޚިލާފަށް ލިޔެކިޔުން ނެތި އުޅޭ ބިދޭސީން ހޯދަން އަތްފުނާއަޅަން ތައްޔާރުވަނީއެވެ. އަނެއްކޮޅުން ސިޓީ ކައުންސިލުން ފީއެއް ނަގަންވީމަ ލިޔެކިޔުމެއް ނެތް ބިދޭސީންނަށް މަރުޚަބާ ކިޔާ ފީއެެއް ނަގަން ތައްޔާރުވާކަމަށް މި އުސޫލަށް ބަލާލުމުން ދޭހަވެއެވެ. އަދި އެކަން އެހެން އޮތް އޮތުން ސާފުކޮށްދެއްވާކަށް ވެސް ކައުންސިލުން މަސައްކަތެއް ނުކުރައްވައެވެ.

ބިދޭސީންނަށް ދަތުރުފަތުރުކުރުމާއި، އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް އިދާރާތަކުން ކުރަން ޖެހޭ ހުރހާ ކަމެއް ކުރެވެނީ ސައްހަ ލިޔެކިޔުން އޮވެގެންނެވެ. އެހެންނޫންނަމަ އެއީ އެ ބިދޭސީ މީހާ އާއި އޭނާ އަށް ވަޒީފާ ދޭ މީހާ ވެސް ކުށްވެރިވާ ކަމެކެވެ. މިފަދަ ކަންކަން ރަނގަަޅަށް ހިންގުމަށް ވަރަށް ގިނަ އުސޫލުތަކެއް ވެސް ހެދިފައި އެބަހުއްޓެވެ. މިއީ އެންމެންގެ ސަލާމަކަށްޓަކާ އެކުލަވާލާފައިވާ އުސޫލުތަކެވެ. އެހެންވީމަ އެފަދަ ކަންކަމަކީ އާދައިގެ ކަންކަމަށް ބެލޭކަށް ނެތެވެ. މިހާރު އޮތްގޮތުން ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީންގެ މައްސަލަ އަކީ ނިކަން އާދައިގެ ކަމެކޭ ހީވާކަހަލައެވެ. ލިޔެކިޔުން ނެތް ބިދޭސީން ހޯދާ، އެ ބިދޭސީން ޑީޕޯޓް ކުރުމާއި، އަލުން ސައްހަ ލިޔެކިޔުމާއި އެކު އައުމުގެ ފުރުސަތު ލިބޭ ގޮތަށް މަސައްކަތް ކުރަމުންދާ އިރު އަނެއްކޮޅުން ދައުލަތުގެ އިދާރާއަކުން ހާމަކުރާ އުސޫލެއްގައި ލިޔެކިޔުން ނެތް ބިދޭސީންނަށް ފުރުސަތުތަކެއް ހޯދާދިނުމަކީ ހެއްވާކަމެކެވެ. ނޫނީ މިއީ އެފަދަ ބިދޭސީން ހޯދަން ޖަހާ މޮޅު މަޅިއަކަށްވެސް ވެދާނެތޯއްޗެކެވެ.

ބިދޭސީންމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު