Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެއިން ދޫކުރާ ގޯތި

ގޯއްޗަށް ނުލެވޭނީ އެހެން ރަށެއްގެ ރަޖިސްޓްރީގައި އޮވެފައި ހިޖުރަކޮށް މާލޭގެ ދަފްތަރަށް ބަދަލުވި ފަރާތްތަކަށް – މިނިސްޓަރު އަސްލަމް

18 އޯގަސްޓު 2022 | ބުރާސްފަތި 07:13

ހިޖުރަކޮށް ދަފްތަރުގައި ޖެހިފައިވާ މީހެއްގެ ދަރިއެއް މާލެއަށް ވިހާ ދަފްތަރުގައި އޮތް ނަމަ ކުރިމަތިލެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޯގަސްޓު 2022 | ބުރާސްފަތި 07:13
ޕްލޭނިންގ މިނިސްޓަރު އަސްލަމް

ޕްލޭނިންގ މިނިސްޓަރު އަސްލަމް

މާލެއިން ބޯހިޔާވަހިކަމަށް ދޫކުރާ ގޯއްޗަށް ކުރިމަތި ނުލެވޭނީ އެހެން ރަށެއްގެ ރަޖިސްޓްރީގައި އޮވެފައި ހިޖުރަކޮށް މާލޭގެ ދަފްތަރަށް ބަދަލުވި ފަރާތްތަކަށް ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރާ އިރުގައި ދަފްތަރުގައި ތިބި ބައެއް މީހުންނަށް ގޯތި ލިބުމުގައި ނުވަތަ ބައިވެރިވުމުގައި މައްސަލަތަކެއް އެބަހުރިކަމަށާއި، އެ ކްރައިޓީރިއާ އިސްލާހުކުރުމަށް ސަރުކާރުން ވިސްނާފައި އެބަހުރިތޯ، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމާއި ގުޅޭ ގޮތުން ސަރުކާރުން ނިންމާފައިވަނީ މާލެއިންދޭ ގޯތި ސަރުކާރުން ދެނީ މާލޭގެ ރައްޔިތުންނަށް ކަމަށެވެ. ރަށަކުން މާލެއަށް ހިޖުރަކޮށް މާލޭގެ ދަފްތަރުގައި ޖެހުނު ރައްޔިތުންނަށް ނޫން ކަމަށާއި، ނަމަވެސް އެއިން މީހެއްގެ ދަރިއެއް މާލެއަށް ވިހާ ދަފްތަރުގައި އޮތް ނަމަ ކުރިމަތިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.  

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ "ގެދޮރުވެރިން" ޕްރޮގްރާމުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލެ އާއި ގުޅީފަޅު އަދި އިތުރު ފަޅެއް ހިއްކައިގެންނެވެ. ސަރުކާރުން މިހާރު އިއުލާންކޮށްފައިވާ 3000 ގޯތި ދޫކުރަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

ގޯތި އިއުލާންކުރި ދުވަހު މިނިސްޓަރު އަސްލަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން 5000 ގޯތި ދޫކުރުމަށް މާލެ ސަރަހައްދުން އިތުރު ތަނެއް ހިއްކައި، ރައްޔިތުންނަށް ގޯތި ދޫކުރާނެކަމަށެވެ. މާލެ ސަރަހައްދުން ގޯތި ދޫނުކުރާތާ ގިނަ އަހަރު ވެފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، މި ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް އަމާޒުހިފާފައިވާކަމަށެވެ.

މިނިސްޓްރީން ވަނީ "ގެދޮރުވެރިން ޕޯޓަލް" ތައާރަފުކޮށްފައެވެ. މިއީ ސަރުކާރުން އިއުލާންކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އޮންލައިންކޮށް ފޯމް ހުށައެޅޭނެ ގޮތް ހަމަޖެއްސުމަށް އިފްތިތާހުކުރި ޕޯޓަލެކެވެ. މިޕޯޓަލްގެ އެންމެ ބޮޑު ބޭނުމަކީ، ކިއުގައި ނުޖެހި ފަސޭހަކަމާއެކު ފޯމް ހުށައެޅުމެވެ. އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހަށް ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

އަދި އެއަށްފަހު ފޯމްތައް އިވެލުއޭޓް ކުރާނެކަމަށާއި، ޕޯޓަލް ކްރޭޝްވިޔަ ނުދިނުމަށް ކަމާގުޅޭ މުއައްސަސާތަކާއެކު މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. މިޕޯޓަލް މެދުމެރިކޮށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ޝަރުތުތަކާއި އަދި އުސޫލުތަކާގުޅޭ މަޢުލޫމާތު ލިބޭނެއެވެ. އަދި ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތައް ފަސޭހަކަމާއެކު ހުށައެޅޭނެއެވެ. ޕޯޓަލަށް ފޯމު ހުށައެޅުމުން އެ މަސައްކަތް ކުރިއަށްދާގޮތުގެ ނޮޓިފިކޭޝަން، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ލިބޭނެ ފީޗަރތައްވެސް މިޕޯޓަލްގައި ހިމެނެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ގެދޮރުވެރިން" ޕްރޮގްރާމްގައި މިހާތަނަށް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައި މިވަނީ 2 ހައުސިން ސްކީމަކަށެވެ. އެއީ މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށްގެންދާ "ބިންވެރިޔާ ސްކީމް" އާއި މާލެ ސަރަހައްދުން ފްލެޓް ދިނުމަށް ޚާއްސަކޮށްފައިވާ "ގެދޮރުވެރިޔާ ސްކީމް" އެވެ.

ގޯތި ގެދޮރުމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް