Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯއިން ތެޔޮ އަގުހެޔޮ ކުރުން

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފި

ޑީސަލް ލީޓަރެއް ދެން ވިއްކާނީ 16.32ރ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 އޯގަސްޓު 2022 | ބުރާސްފަތި 02:11
ފިއުލް ޝެޑިއުލް

ފިއުލް ޝެޑިއުލް

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ މާކެޓްގައި މިހާރު ތެލުގެ އަގުތައް ދަށްވަމުން އަންނަ މިދަނޑިވަޅުގައި 18 އޮގަސްޓުން ފެށިގެން އެސްޓީއޯއިން ތެޔޮ ވިއްކާ އަގުތައް ހެޔޮކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެސްޓީއޯއިން އަގަށް ގެނައި ބަދަލަކީ:

ޑީސަލް ލީޓަރެއް 16.77ރ ން16.32ރ ށް

ޕެޓްރޯލް ލީޓަރެއް 16.55ރ ން15.97ރ ށް

އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގު ބޮޑުކޮށްފައިވަނީ ޖޫން މަހުގެ ތެރޭގައެވެ. އޭގެކުރިން މިއަހަރުގެ މަރޗް މަހުގެ ތެރޭގައިވެސް ތެލުގެ އަގު ބޮޑުކޮށްފައިވެއެވެ.

އެސްޓީއޯއިން ބުނީ މުޅި ދުނިޔެ ލޮކްޑައުންކޮށްލި ކޮވިޑް-19 އާއި މިހާރު ހިނގަމުންދާ ރަޝިޔާ ޔޫކްރެއިން ހަނގުރާމަ އާ ގުޅިގެން ދުނިޔޭގެ އިގްތިޞާދަށް އަންނަނީ އެކަމުގެ ނޭދެވޭ އަސަރުކުރަމުންކަމަށެވެ. މިދަނޑިވަޅުގައި ދުނިޔޭގެ ތެލުގެ މާކެޓަށް ގިނަ ލޮޅުންތަކެއް އައިސް ފާއިތުވި 7 އަހަރުގެ ތެރޭގައި ތެލުގެ އަގުތައް މަތިވެފައިނުވާ މިންވަރަށް އަގުތައް ވަނީ އުފުލިފައިކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް މިއައި ބަދަލުތަކުގެ ސަބަބުން އެސްޓީއޯއިން ތެޔޮ ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަމަށް އެކުންފުނިން ބުނެއެވެ. އެހެންނަމަވެސް ސަރުކާރުގެ އެއްބާރުލުމާއެކު ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
20 އޮކްޓޯބަރު 2025

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!
15 އޮކްޓޯބަރު 2025

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި
10 އޮކްޓޯބަރު 2025

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން
27 ސެޕްޓެމްބަރު 2025

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު