Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަރުލަމާނީ ނިޒާމް

ހެޔޮ ވެރިކަމެއް ނުލިބެނީ ބާރުތައް މަސްހުނިވެފައިވާ ބަރުލަމާނީ ނިޒާމު ނެތިގެނެއްް ނޫން: ނާޒިމް

އަބަދުވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށްކަން ނާޒިމް ފާހަގަ ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 އޯގަސްޓު 2022 | އަންގާރަ 06:59
ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް

ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް

ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާކަމަށް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް އެހެން ވިދާޅުވެފައިވަނީ ކުރިޔަށް އޮތް އެމްޑީޕީ ކޮންގްރެސްއަށް، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެންނާނެ އިސްލާހުތަކާއި ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގާނެ ގޮތް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވާފައިވަނިކޮށެވެ.

އަބަދުވެސް ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށްކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުލިބެނީ ބާރުތައް މަސްހުނިވެފައިވާ ބަރުލަމާނީ ނިޒާމު ނެތިގެނެއްް ނޫން ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، ރިޔާސީ ނިޒާމަކީ ބާރުތައް ޖަވާބުދާރީކޮށް، ސަރުކާރުގެ އެންމެ އިސްވެރިޔާ ހޮވަން ރައްޔިތުންގެ އަތަށް ވޯޓު ކަރުދާސްކޮޅު ލިބޭ ނިޒާމް ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރު ހިންގުމުގެ އެންމެ އިސްފަރާތަކީ ބޮޑުވަޒީރު ކަަމަށެވެ.

ސަރުކާރު އެކުލަވާލާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުންކަމަށާއި، އެއް ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި އިތުރު ޕާޓީއަކާ ނުވަތަ ޕާޓީތަކަކާ ގުޅިގެން ސަރުކާރު އެކުލަވާލުމުގެ ފުރުސަތު، އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަން އޮންނާނެކަން ގާނޫނު އަސާސީގައި ބަޔާންކުރާނެކަމަށެވެ.

އަދި ސަރުކާރު އެކުލަވާލައި އިއުލާންކުރުމަށް ކަނޑައަޅާ މުއްދަތު ގާނޫނު އަސާސީގައި ބަޔާންކުރުމާއި، ސަރުކާރު އެކުލަވާލައި އިއުލާންކުރުމަށް ކަނޑައަޅާ މުއްދަތުގެ ތެރޭގައި ސަރުކާރު އެކުލަވާ ނުލެވިއްޖެނަމަ މަޖިލިސް އުވާލިކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރަންވާނޭ ކަމާއި، އައު އިންތިޚާބަކަށް ދާންޖެހޭނެކަން ގާނޫނުއަސާސީގައި ބަޔާންކުރުން ހިމެނެއެވެ.

ބޮޑުވަޒީރުކަމަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއަކުން ކަނޑައަޅާ މީހެއްކަމަށް ގާނޫނު އަސާސީގައި ބަޔާންކުރުމާއި، ވަޒީރުންގެ މަޖިލިސް އެކުލަވާލާނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ މެންބަރުންގެ ތެރެއިންކަން ގާނޫނު އަސާސީގައި ބަޔާންކުރުން ހިމެނެއެވެ.

ބަރުލަމާނީކާނަލް ނާޒިމް

އިތުރަށް ކިޔާލަން

04 އޮކްޓޯބަރު 2023

އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް

04 އޮކްޓޯބަރު 2023
އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް
03 އޮކްޓޯބަރު 2023

ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު، އަޅުގަނޑުގެ ތާއީދު އޮތީވެސް ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު

03 އޮކްޓޯބަރު 2023
ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު، އަޅުގަނޑުގެ ތާއީދު އޮތީވެސް ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު
03 އޮކްޓޯބަރު 2023

ނިޒާމީ ވޯޓު 30 ގައި ނެގޭނެކަމުގެ އުއްމީދު ކުޑަ، ތާރީހެއް އަންގާނެކަމަށް އީސީން ބުނެފި

03 އޮކްޓޯބަރު 2023
ނިޒާމީ ވޯޓު 30 ގައި ނެގޭނެކަމުގެ އުއްމީދު ކުޑަ، ތާރީހެއް އަންގާނެކަމަށް އީސީން ބުނެފި
03 އޮކްޓޯބަރު 2023

ނިޒާމީ ވޯޓާއި ގުޅޭ މައުޟޫގައި އެމްޑީޕީ ޤައުމީ މަޖިލީހުން މިރޭ ގޮތެއް ނިންމަނީ

03 އޮކްޓޯބަރު 2023
ނިޒާމީ ވޯޓާއި ގުޅޭ މައުޟޫގައި އެމްޑީޕީ ޤައުމީ މަޖިލީހުން މިރޭ ގޮތެއް ނިންމަނީ
21 ސެޕްޓެމްބަރު 2023

ނިޒާމީ ވޯޓާގުޅޭ ޤަރާރާމެދު އީސީން ޤާނޫނީ ލަފާ ހޯދަނީ

21 ސެޕްޓެމްބަރު 2023
ނިޒާމީ ވޯޓާގުޅޭ ޤަރާރާމެދު އީސީން ޤާނޫނީ ލަފާ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު