Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރު

ބަރުލަމާނީ ނިޒާމަކަށް ވުރެ ބޮޑު ނިކަމެތި ކަމެއް ރައްޔިތުންނަކަށް ނުދެވޭނެ: ގާސިމް

16 ސެޕްޓެމްބަރު 2022 | ހުކުރު 12:22

ބަރުލަމާނީ ނިޒާމަކަށް ގާސިމް ތާއީދު ނުކުރައްވާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ސެޕްޓެމްބަރު 2022 | ހުކުރު 12:22
ގާސިމް ބައެއް ސިޔާސީ ލީޑަރުންނާއި އެކު

ގާސިމް ބައެއް ސިޔާސީ ލީޑަރުންނާއި އެކު

ބަރުލަމާނީ ނިޒާމަކަށް ވުރެ ބޮޑު ނިކަމެތި ކަމެއް ރައްޔިތުންނަކަށް ނުދެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބްރާހިމް އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާކަން ފާހަގަކުރައްވާ ގާސިމް ވަނީ އެއީ ރައްޔިތުންގެ ހައްގުގައި އަމަލުކުރާ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވިދަޅުވެފައެވެ. މިހާރު ވެސް ސަރުކާރުތަކުން ހިޔާނާތްތެރިވުމުގެ ބޮޑެތި ތުހުމަތުތައް ކުރެވެމުން ދާއިރު ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ޒިންމާދާރު ކުރުވުމުގެ ފުރުސަތު ބޮޑުތަނުން ހަނިވެގެން ދާނެ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތާއީދު އޮންނަ ޕާޓީތައް ކައިރި ކައިރީގައި ބަދަލުވެގެން ދާއިރު އެކަމުގެ ސަބަބުން ސަރުކާރު ބަދަލުވުން އަވަސް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. ރާއްޖޭގައި ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފި ނަމަ ދުވާލަކު އެއްފަހަރު ވެރިކަން ބަދަލުކުރާނެ ކަމަށް ވެސް އެނާ ވިދާޅުވިއެވެ. ގާސިމް ވަނީ ބަރުލަމާނީީ ނިޒާމް އޮންނަ ގައުމުތަކުގައި ސިޔާސީ މަސަލަސްކަން ގެއްލިފައިވާ ކަމަށް ވިދަޅުވެފައެވެ. މިގޮތުން ޔޫރަޕްގެ ބައެއް ގައުމުތަކުގައި 5 އަހަރު ތެރޭގައި ތިން ހަތަރު ޕްރައިމް މިނިސްޓަރުން ބަދަލުވާ ކަމަށާއި އެއީ ރާއްޖެ އަށް އެކަށީގެންވާ ގޮތެއް ނޫން ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ފެނޭތޯ ބަލަން އާންމުންގެ ވޯޓެއް ނެގުމާބެހޭ ގަރާރެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިމިދިޔަ އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް މިކަމާބެހޭގޮތުން އަދިވެސް އިތުރަށް މަޝްވަރާ ކުރައްވަން އެ މަނިކުފާނު ނިންމަވާ، ގަރާރުވަނީ އަނބުރާ ގެންދަވާފައެވެ.

ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ހާމަކުރައްވާފައެެވެ. ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ހުށަހަޅާ ގަރާރުގައި ހައްލެއް ފެނިވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްބަރުލަމާނީ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2025

ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!

16 ފެބުރުއަރީ 2025
ސަރުކާރުތަކާ އެއްވަރަށް ޤާސިމްގެ ޒިންމާ ވެސް އެބަ އޮތް!
31 އޮކްޓޯބަރު 2024

ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް

31 އޮކްޓޯބަރު 2024
ބަޖެޓް ހޭދަކުރި ގޮތް ސިއްރު ކުރަން ޤާސިމް އެއްބާރުލުން ދެއްވުމުން ރައީސް ޔާމިންގެ ފާޑުކިޔުން ޤާސިމަށް
28 އޮކްޓޯބަރު 2024

މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް

28 އޮކްޓޯބަރު 2024
މިއަދު ގައުމު ވެއްޓިފައި މިއޮތް ހާލަތަށް ދިއުމުގައި އަޅުގަނޑު ވެސް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް: ޤާސިމް
22 ޖުލައި 2024

ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި

22 ޖުލައި 2024
ދިވެހިންނަށް ގަރުދިޔަ ކާން ޖެއްސީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވުމުން، ގާސިމް އަކީ ވެސް އެ ސަރުކާރުގެ ބައިވެރިއެއްކަން އާންމުން ހަނދާން ކޮށްދީފި
02 ޖުލައި 2024

މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގާސިމް ދެކޮޅު

02 ޖުލައި 2024
މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގާސިމް ދެކޮޅު
10 ޖޫން 2024

ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް

10 ޖޫން 2024
ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް
13 ނޮވެމްބަރު 2023

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އީވާގެ މަސްލަހަތާ ފުށުއަރާ ކަމެއް: ޤާސިމް

13 ނޮވެމްބަރު 2023
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ އީވާގެ މަސްލަހަތާ ފުށުއަރާ ކަމެއް: ޤާސިމް
04 އޮކްޓޯބަރު 2023

އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް

04 އޮކްޓޯބަރު 2023
އެމްޑީޕީން ބަރުލަމާނީއަށް ނޫނެކޭ ބުނުމުން، މުއިއްޒުއަށް ފުރުސަތު ދެއްވުމަށްކަމަށް ވިދާޅުވެ ނަޝީދު ނިޒާމީ މަސައްކަތްޕުޅާ ދުރަށް
03 އޮކްޓޯބަރު 2023

ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު، އަޅުގަނޑުގެ ތާއީދު އޮތީވެސް ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު

03 އޮކްޓޯބަރު 2023
ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު، އަޅުގަނޑުގެ ތާއީދު އޮތީވެސް ރިޔާސީ ނިޒާމަށް: ރައީސް ޞާލިހު
03 އޮކްޓޯބަރު 2023

ނިޒާމީ ވޯޓު 30 ގައި ނެގޭނެކަމުގެ އުއްމީދު ކުޑަ، ތާރީހެއް އަންގާނެކަމަށް އީސީން ބުނެފި

03 އޮކްޓޯބަރު 2023
ނިޒާމީ ވޯޓު 30 ގައި ނެގޭނެކަމުގެ އުއްމީދު ކުޑަ، ތާރީހެއް އަންގާނެކަމަށް އީސީން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް