Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު

އެމްޑީޕީ ކޮންގްރެސްގައި ކުރިޔަށްދާނެ އެންމެ ފަހު ކަމަކަށް ރައީސް ނަޝީދުގެ ޤަރާރާއި މެދު ގޮތެއް ނިންމުން

ރައީސް ނަޝީދު މި ގަރާރު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ނައިބްރައީސް މުހައްމަދު ޝިފާޒުގެ ތާއީދާއިއެކު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 އޯގަސްޓު 2022 | ހުކުރު 02:20
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝިދު

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝިދު

ހުކުރު ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގެ އެޖެންޑާ އާންމުކޮށްފިއެވެ.

އެޖެންޑާއަށް ބަލާއިރު ކޮންގްރެސް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ އޮންނަ ފެށުމުގެ ރަސްމިއްޔާތުންނެވެ. އޭގެފަހުން ހޮނިހިރު ދުވަހު މައިގަނޑު ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މުއައްސަސާ ތަކުން ކޮންގްރެސްގެ ބައިވެރިންނަށް މައުލޫމާތު ދިނުމެވެ. އާދިއްތަ ދުވަހު ދެ ކަމެއް ކުރިޔަށް ގެންދިޔުމަށް އެޖެންޑާ ކޮށްފައިވެއެވެ. އެއީ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމަށް ގައުމީ މަޖިލީހުން ނެގުނު ކޮމިޓީގެ ރިޕޯޓް ހުށަހެޅުމާއި ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ޕާޓީގެ ރައީސް ހުށަހަޅުއްވާ ޤަރާރެވެ. މިގޮތުން ރައީސް މުހައްމަދު ނަޝީދުގެ ޤަރާރާއި ބެހޭގޮތުން މަޝްވަރާ ކޮށް ގޮތެއް ނިންމުން އޮންނާނީ އާދިއްތަ ދުވަހުގެ މެންދުރުގެ ސެޝަންގަ އެވެ.

Advertisement - newsAdvertisement

ކޮންގްރެސްއަށް ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރުގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމް އާއި، އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން، ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީއިން އެ އިންތިހާބު ކާމިޔާބުކޮށް، ސާފު ސާދާ މުތުލަގު ބާރުތަކަކާއި އެކު ސަރުކާރު ހިންގުމަށް އެއް ޕާޓީއަށް އާދެވުމަކީ ނާދިރުކަމަށްވެފައިވާ ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމް އާއި އިންތިޚާބީ އުސޫލުތައް ރޭވިފައި އޮތްގޮތުން، ސަރުކާރުގެ އެންމެ އިސްފަރާތް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި، އެ ޕާޓީ އިން އެހެން ޕާޓީތަކަކާއެކު އިއްތިހާދުވުމުން، ސަރުކާރު ހިންގުން ގަޑުބަޑުވެ، އެ ޕާޓީ އިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާނުދެވި، ސަރުކާރާއި މެދު ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު ކުޑަވަމުންދާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި، ސަރުކާރުގެ އެންމެ އިސް ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބުކުރާ އެ މަޖިލީހުގެ އަގްލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި، އަދި ދައުލަތުގެ އެންމެ މަތީ ވެރިޔާ އަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަކު ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމުގައި ކަނޑައެޅުމަށެވެ. އަދި ދައުލަތުގެ އެންމެ މަތީވެރިޔާގެ ބާރުތަކާއި، ބޮޑުވަޒީރަކު ސަރުކާރު ހިންގާއިރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަނޑައެޅުމަށާއި، އަދި ރައްޔިތުންގެ މަޖިލީހުގައި ދާއިރާތުގެ މެންބަރުން ތަމްސީލުވާނޭ ގޮތްތަކާއި، އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި ޕާޓީއަށް ހާއްސަކުރެވޭ ނެޝަނަލް ލިސްޓް ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ޤަރާރުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދު 87 މެންބަރުންނަށްވުރެ އިތުރު ނުވާނޭ ހަމައަކުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަދަދު ހިފެހެއްޓިފައި އޮތުމާއި، ސަރުކާރު ހިންގާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހަކުން ކަމުގައި ކަނޑައެޅުމަށާއި، އަދި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ 5 ފަނޑިޔާރުން ކަމުގައި ކަނޑައެޅުމަށާއި، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލުތައް ކަނޑައެޅުމަށާއި، އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އަސާސީ ސިފަތައް ގާނޫނު އަސާސީގައި ކަނޑައެޅުމާއެކު، މި ކަންކަން ގާނޫނުއަސާސީގައި ހިމަނައި ބަޔާން ކުުރުމަށް ޤަރާރުގައި އެދި ވަޑައިގެންފައި ވެއެވެ.

ޤަރާރުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށާއި، އެ ވޯޓުގެ ނަތީޖާއަކީ ދިވެހިރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމްއަކީ ބަރުލަމާނީ ނިޒާމު ކަމަށް ފާސްވެއްޖެ ނަމަ، މި ބަދަލުތައް ގާނޫނު އަސާސީއަށް ގެނައުމަށް ޤަރާރުގައި ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މި ޤަރާރު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ނައިބްރައީސް މުހައްމަދު ޝިފާޒުގެ ތާއީދާއި އެކުގައެވެ.

ރައީސް ނަޝީދުގެ ޤަރާރަށް ތާއީދުނުކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ހާމަކުރައްވާފައެވެ.

އެމްޑީޕީއެމް.ޑީ.ޕީ ކޮންގްރެސްރައީސް ނަޝީދުބަރުލަމާނީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު