Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިޒާމީ ވޯޓު

ނިޒާމީ ވޯޓު 30 ގައި ނެގޭނެކަމުގެ އުއްމީދު ކުޑަ، ތާރީހެއް އަންގާނެކަމަށް އީސީން ބުނެފި

އެންމެ އަވަހަށް ވޯޓުނެގުމަށް ކުރިއަށް ގެންދެވޭނެ ތާރީހު މަޖިލީހަށް ފަހުން އަންގާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2023 | އަންގާރަ 08:10
ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހުން ވަނީ ފާސްކޮށްފައި

ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަޖިލީހުން ވަނީ ފާސްކޮށްފައި

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގަރާރު ފާސްކޮށްފައިވީނަމަވެސް، ނިޒާމީ ވޯޓު މި މަހުގެ 30 ގައި ނެގޭނެކަމުގެ އުއްމީދު ކުޑަ ކަމަށާއި، އެކަން ކުރެވޭނެ ތާރީހެއް އަންގާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް މަޖިލީހުން ގަރާރެއް ފާސްކޮށް، އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން، އެ ކޮމިޝަނުން ފޮނުވި ޖަވާބު ސިޓީގައެވެ.

Advertisement - newsAdvertisement

ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭ ގަރާރާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް، އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ރައްޔިތުންނާއި ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަކީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރެއްކަމަށް ވާތީއާއި، މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން ފާސްކޮށްފައިވާ ގަރާރުގައިވާ ގޮތުގެ މަތިން މަޖިލީހުން އެދިފައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އިންތިޒާމް ކުރިއަށް ގެންދިއުމަށް ކޮމިޝަންގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް، އެ ވޯޓު ނަގާ މައުޟޫއާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށާއި، ވޯޓުގައި ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރީ އެކުލަވާލުމާއި، ވޯޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ އިންތިޒާމްތަކާއި ވޯޓުލުމަށް ތައްޔާރުކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާނެތީ އެންމެހާ ކަންކަމަށް ހޭދަވާނެކަމަށް ލަފާކުރެވޭ މުއްދަތުތަކަށް ބަލާއިރު، އެންމެ އަވަހަށް ވޯޓުނެގުމަށް ކުރިއަށް ގެންދެވޭނެ ތާރީހު މަޖިލީހަށް ފަހުން އަންގާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ސިޓީގައި ބުނެފައިވެއެވެ.

ނިޒާމީ ވޯޓު ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވޯޓު ނެގުނުގެ އިންތިޒާމް ކުރިއަށް ގެންދިއުމަށްޓަކައި ދެވަނަ ކަމަކަށް ލިޔުމުން ހިއްސާކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވަނީ:

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ވޯޓު ނެގުމަށް ބައްވާ އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭކަމަށް ލަފާކުރެވޭ ހަރަދުގެ ބަޖެޓް، ކޮމިޝަނުން ހިއްސާކުރުމުން ބަޖެޓުގައިވާ ގޮތުގެ މަތިން ވޯޓު ނެގުމުގެ ކަންކަމަށް ހޭދަވާނެ ފައިސާ ލިބޭނެ އިންތިޒާމް ވެވަޑައިގެންނެވި އެންމެ އަވަހަކަށް ފުރުސަތެއްގެ ތެރޭގައި ހަމަޖައްސައިދެއްވުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ތަފްސީލީ ގާނޫނެއް އަދި ގަވާއިދެއް ވުޖޫދުގައި ނެތް ކަމަށް ފާހަގަކޮށްފައިވެއެެވެ. އެހެންކަމުން އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 32 ވަނަ މާއްދާއިން ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގޮތުން ބާއްވާ އިންތިހާބު ބޭއްވުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދެއް އެކުލަވާލާ، އެ ގަވާއިދު ދެ ދުވަހެއްގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމުގެ މަސައްކަތް ވެސް ކޮމިޝަނުން ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ނިޒާމީ ވޯޓު ރިޔާސީ ނިޒާމުބަރުލަމާނީރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު