Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް

މަޖިލީހުގެ ރިޔާސަތެއް އޮތްތޯ މިހާރު ބަލަން އެބަ ޖެހޭ: ޖާބިރު

18 އޯގަސްޓު 2022 | ބުރާސްފަތި 04:50

ޖާބިރު ވަނީ މީގެ ކުރިން ރައީސް ނަޝީދު މަޖިލީހުގައި މަސައްކަތްކުރައްވާ ގޮތަށް ފާޑުވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 18 އޯގަސްޓު 2022 | ބުރާސްފަތި 04:50
އަބްދުﷲ ޖާބިރު

އަބްދުﷲ ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތެއް އޮތްތޯ މިހާރު ސުވާލު އުފައްދަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްތްރަކްޗަރ މުހައްމަދު އަސްލަމް އާއި ސުވާލުކުރުމަށް މެމްބަރުންނަށް ދެއްވި ފުރުސަތުގައި ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ބޮޑު ވަޒީރުގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މަޖިލީހުގެ ރައީސްގެ ގޮތުގައި ރައީސް ނަޝީދަށް މުޚާތަަބުކުމުގެ ބަދަލުގައި ރައީސް ނަޝީދަށް "ބޮޑުވަޒީރު"ގެ ގޮތުގައި ޖާބިރު މުހާތަބުކުރައްވަން ފެށްޓެވުމުން ރައީސް ނަޝީދު ވަނީ ޖާބިރުގެ ވާހަކަފުޅު ހުއްޓުވާ މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް ރިޔާސަތަށް މުހާތަބުކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސް ނަޝީދު އަށް ނިސްބަތްކޮށް ޖާބިރު "ބޮޑުވަޒީރު"ގެ ގޮތުގައި މުޚާތަބުކުރައްވާ ވާހަކަދައްކަވާފައި މި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު މަސައްކަތްކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ގޮތުން ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ކޮންގްރެސް އަށް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ. އަދި އެ މަސައްކަތް ކާމިޔާބުކުރައްވާނެ ކަމަށް ރައީސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ.

މަޖިލީހުގައި މަޖިލީހުގެ ރިޔާސަތަށް ނިސްބަތްކޮށް "ބޮޑުވަޒީރު"ގެ ގޮތުގައި މުޚާތަބު ނުކުރުމަށް ރައީސް ނަޝީދު ޖާބިރު އަށް ދެންނެވުމުން ޖާބިރު ވަނީ މަޖިލީހުގެ ރިޔާސަތެއް އޮތްތޯ މިހާރު ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް ޖާބިރު އެފަދައިން ވިދާޅުވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މީގެ ކުރިން މަޖިލީހުގައި ތަކުރާރުކޮށް އެކި ފަހަރު މަތިން ޖާބިރު ވަނީ ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ. އަދި އެމަނިކުފާނު މަޖިލީހުގައި ކުރައްވާ މަސައްކަތްތަކަށް ވެސް ފާޑު ވިދާޅުވެފައިވެއެވެ. އެގޮތުން ޖާބިރު ރައީސް ނަޝީދަށް މީގެ ކުރިން ފޮނުއްވި ސިޓީއެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މަޖިލީހުގެ ރައީސްގެ މަގާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާ ކުރެއްވުމުގެ ގާބިލްކަން ނެތް ބޭފުޅެއް ކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

އަބްދުﷲ ޖާބިރުރައްޔިތުންގެ މަޖިލިސްރައީސް ނަޝީދުބަރުލަމާނީ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް