Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނިޒާމު ބަދަލުކުރުމުގެ ޤަރާރު

ޤާނޫނީ ހަމަތަކުން، މިހާރު އޮތް ޤަރާރު ޤަރާރެއްގެ ސިފައިގައި ފާސްކުރެވޭނެކަމަށް ނަޝީދުވެސް ދެކިވަޑައިނުގަންނަވާ

މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ފަށައި، ބަހުސް ފަށާފައިވަނީ ބުދަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2023 | ބުދަ 07:47
ރައްޔިތުންގެ މަޖިލިސް ޖަލްސާ

ރައްޔިތުންގެ މަޖިލިސް ޖަލްސާ

ދިވެހި ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާގުޅޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް މިހާރު ހުށައެޅިފައި އޮތް ޤަރާރު ޤަރާރެއްގެ ސިފައިގައި ފާސްކުރެވޭނެކަމަށް ދެކިވަޑައިނުގަންނަވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ފާހަގަ ކުރައްވައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ ޑިމޮކްރަޓްސް މެމްބަރު އިލްޔާސް ލަބީބެވެ. މިގަރާރު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުން އަންގާރަ ދުވަހު ވަނީ، ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފާސްވެފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ޖަލްސާގައި މި ގަރާރު ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވުމުން މުޅި މަޖިލީހުގެ ކޮމިޓީގެ މަސައްކަތް ފަށައި، ބަހުސް ފަށާފައިވަނީ ބުދަ ދުވަހުގެ ޖަލްސާގައެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިއުމުގެ ކުރިން، މަޖިލީހުން ގެންނަން ފެންނަ ބަދަލު ބިލެއްގެ ގޮތުގައި ފާސްކޮށް، އެ ބިލާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދެވިދާނެ ކަމަށެވެ.

މިއީ ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި ބުނާ ޒާތުގެ މައްސަލައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިއީ އެ މާއްދާގައި ބުނާފަދަ، ޤައުމަށް ދިމާވި މުހިއްމު ކަމަކާއި ގުޅިގެން ރައްޔިތުންގެ ވޯޓަކަށް ދިއުމާ މުޅިން ތަފާތު މައްސަލައެއްކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

ވުމާއެކު، މިހާރު އޮތް ޤަރާރު އޮތްގޮތަށް ޕަބްލިކް ރެފަރެންޑަމަކަށް ފޮނުވިދާނެކަމަށް ޤަބޫލު ނުކުރައްވާކަމަށް މެމްބަރު ޝަރީފް ވިދާޅުވިއެވެ.

މަޖިލިސް ރިޔާސަތުގައި އިންނެވި މުޙައްމަދު ނަޝީދުވެސް ވަނީ މެމްބަރު ޝަރީފް އެ ވިދާޅުވެދެއްވީ މިކަމުގެ ޙަޤީޤަތް އޮތް ގޮތްކަމަށް ޤަބޫލު ކުރައްވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިތުރަށް އިސްލާޙު ކުރަންޖެހޭ މާއްދާތައް ފާހަގަވާން ޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެކަމަށްޓަކައި ޤާނޫނުއަސާސީގެ 262 ވަނަ މާއްދާ އިސްލާޙު ކުރެވިދާނެ ކަމަށެވެ.

އޭރުން 262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާ އެއްވެސް ބިލެއް" ގެ ބަދަލުގައި، ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުން ހިޔާލު ހޯދާފައި އެކުލަވާލާފައިވާ ބިލެއްނަމަ، އަނެއްކާ ރައީސަށް އެ ބިލު ތަސްދީޤު ކުރައްވަން ޖެހިވަޑައިނުގަންނަވާ ގޮތަށް 262 ވަނަ މާއްދާ އިސްލާޙު ކުރެވިދާނެކަމަށް ނަޝީދު ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީއަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ޤާނޫނަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީޤު ކުރެއްވުމުން ކަމަށެވެ.

އަދި އެ މާއްދާގެ (ށ) ގައި އޮންނަނީ، (ހ) ގައި އެހެން އޮތް ނަމަވެސް، ވަކި މާއްދާތަކަކަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރަންވާނީ އެ އިސްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި އެ އިސްލާޙު ގެނައުމަށް ވޯޓު ދިން މީޙުންގެ އަޢުލަބިއްޔަތު ލިބިއްޖެނަމަ ކަމަށެވެ. އެ އަޢުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލުވާނެކަމަށް އެ މާއްދާގައި އޮވެއެވެ.

އެއީ ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ މާއްދާތަކާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ މާއްދާއާއި، ރިޔާސަތުގެ ދައުރާއި، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތާއި ގުޅޭ މާއްދާތަކެވެ.

މި މައްސަލައަށް ވާހަކަ ދެއްކެވި ބައެއް އިތުރު މެމްބަރުންވެސް ވަނީ ރައްޔިތުންނާ ހިސާބަށް ނިޒާމު ބަދަލު ކުރުމުގެ ވާހަކަ ދާއިރު، ނިޒާމު ބަދަލުވެގެންދާ ގޮތް ރައްޔިތުންނާއި ހަމައަށް ތަފްސީލުވެގެންދާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި ރައްޔިތުންނަށް އެކަމާ ގުޅޭ މައުލޫމާތު ލިބުމަށްވެސް އެކަށީގެންވާ މުއްދަތެއް ބޭނުންވާނެކަމަށް ބައެއް މެމްބަރުން ފާހަގަ ކުރައްވާފައިވެއެވެ.

ބަރުލަމާނީރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު